01 ޑިސެމްބަރ 2021
އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޝެންޑަލް މޮރިޝަސް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި އެޕާޓްމެންޓްތަކެއް އެޅުމަށް "ސޮލަޓެއާ"ގެ ނަމުގައި ޕްރޮޖެކްޓެއް ލޯންޗުކޮށްފި އެވެ.
އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޝެންޑަލް މޮރިޝަސް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި އެޕާޓްމެންޓްތަކެއް އެޅުމަށް "ސޮލަޓެއާ"ގެ ނަމުގައި ޕްރޮޖެކްޓެއް ލޯންޗުކޮށްފި އެވެ.
ސެންޑަލް މޮރިޝަސްގެ މައި ކުންފުނި ކަމަށްވާ އެސޯޓެކް ރެއަލްޓީގެ ބާނީ ނީރާޖު ގުލާޓީ ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ކުރާ ކޮންމެ ކަމެއްގައި ވެސް ކޮލިޓީ ޔަގީން ކުރުން ކަމަށާއި އެޕާޓްމަންޓް ގަނެ، އެ ތަންތަނަށް ދިރިއުޅުން ބަދަލުކުރާ މީހުންނަށް ވީހާ ވެސް ރައްކާތެރި، ހިތްފަސޭހަ އަދި އުފާވެރި މާހައުލެއް ޔަގީންކޮށްދިނުން ކަމަށެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގެ އުތުރުގައި ޒަމާނީ ފެންވަރަށް އިމާރާތް ކުރާ ދިހަ ބުރީގެ އެ އެޕާޓްމަންޓްތަކުގެ ބުކިން ހައްދަން މިހާރު ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. ސޮލަޓެއާގެ އެންމެ ތިރީ ދެ ފްލޯ ހާއްސަ ކުރަނީ ވިޔަފާރިތަކަށެވެ. އެޕާޓްމެންޓުތައް ހުންނާނީ އަށް ފްލޯގަ އަށެވެ.
ހުޅުމާލޭގައި އަޅާ ފްލެޓްގެ ތްރީޑީ ކޮޕީއެއް.
މި ޕްރޮޖެކްޓްގެ މަސައްކަތް އަންނަ އަހަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާއިރު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެޕާޓްމެންޓުތަކުގައި މީހުންނަށް ދިރިއުޅެވޭވަރު ވާނެކަމަށް އެ ކުންފުނިން ބުނެ އެވެ.
އެޕާޓްމެންޓުތަކުގެ އިތުރުން އެ އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް ޒަމާނީ ގިނަ ހިދުމަތްތަކެއް ލިބެން ހުންނާނެ އެވެ. މި ފްލެޓް އިމާރާތުގައި ޖިމާއި ޕޫލާއި ޕްލޭ އޭރިއާގެ އިތުރުން ކްލަބް ހައުސް ހުންނާނެ އެވެ. އަދި އޯޕެން ޑެކަކާއި ސައިކަލު އަދި ކާރު ޕާކިން އޭރިއާއެއް އޮންނާނެ އެވެ.
ޖާގަ ތަނަވަސް މި އެޕާޓްމެންޓުތަކުގެ އަގު އުޅެނީ 3.5 މިލިއަނާއި 9.7 މިލިއަނާ ދެމެދުގަ އެވެ. ތިން ކޮޓަރީގެ އިތުރުން މެއިޑްރޫމެއް ހިމެނޭ މި ފްލެޓުތަކުގައި 1,200 އަކަފޫޓާއި 2,300 އަކަފޫޓުގެ އެޕާޓްމަންޓްތައް ހުރެ އެވެ. މޮރިޝަސްގައި ރަޖިސްޓްރީކޮށްފައިވާ އިންޑިއާގެ، ސެންޑަލް މޮރިޝަސް އިން ވަނީ މި މަޝްރޫއުގެ އިތުރުން "ވަން ސެންޓްރަލް" ގެ ނަމުގައި މެދުފަންތި އާއި މަތީ ފަންތީގެ ކެޓަގަރީ އަށް ހާއްސަ ފްލެޓެއްގެ މަސައްކަތް ވެސް ފަށައިފަ އެވެ.
މި މަސައްކަތުގެ ކޮންޓްރެކްޓަރަކީ އާރްސީއެންސީ އެވެ.
"ނޯޓިސް ދިނީ ފައިސާ ނުދައްކާ މީހުންނަށް އެކަނި"
ފްލެޓް މަޝްރޫއު ހިންގީ އެމްޕީއެލްއަށް ގެއްލުންވާ ގޮތަށް
"ފްލެޓް ގަތީ ފަސް އަހަރު ކުރިން ލޯނެއް ނަގައިގެން"
ހެލްތު މިނިސްޓަރު ހަލީލް ފްލެޓެއް ބައްލަވައިގެންފި
އިންޑިއާގެ އެހީގައި އިތުރު 4،000 ފްލެޓް އަޅަނީ
ފްލެޓްތަކަށް ކުލި ނުދައްކާތީ ފިޔަވަޅު އަޅަން އިންޒާރު
ހުޅުމާލޭގައި ރެސިޑެންޝިއަލް 10 ޓަވަރު އަޅަނީ
ފްލެޓުތައް ނިމުމުގެ ކުރިން މައްސަލަތައް ބަލާ ނިންމަނީ
އެންމެ އަވަަހަށް ނިންމާ 4 ޓަވަރުގައި ލިފްޓު ހަރުކުރަނީ
ރަޖިސްޓަރީ ދޫކުރުން ބާރަށް ކުރިއަށް އެބަދޭ: ރައީސް