Roadha Mihaaru
ސެވިއްޔާ ބަލިކޮށް ރެއާލުން އެއްވަނައިގައި ލީޑުފުޅާކޮށްފި

ފަހަތުން އަރައި ސެވިއްޔާ ބަލިކޮށް ރެއާލުން ހަތަރު ޕޮއިންޓުގެ ލީޑެއް ހޯދައިފި

29 ނޮވެމްބަރ 2021

މެޑްރިޑް (ނޮވެމްބަރު 29) - ރޭއާލް މެޑްރިޑާއި ސެވިއްޔާ ރޭ ލަ ލީގާގައި ބައްދަލުކުރި މެޗު ފަހަތުން އަރައި ކާމިޔާބުކޮށް ރެއާލް މެޑްރިޑުން ލީގު ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެޑްރިޑް (ނޮވެމްބަރު 29) - ރޭއާލް މެޑްރިޑާއި ސެވިއްޔާ ރޭ ލަ ލީގާގައި ބައްދަލުކުރި މެޗު ފަހަތުން އަރައި ކާމިޔާބުކޮށް ރެއާލް މެޑްރިޑުން ލީގު ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ސެވިއްޔާ އިން ލަނޑެއް ޖަހާފައިވަނިކޮށް ރެއާލުން މެޗުގައި ތިން ޕޮއިންޓު ނެގީ 2-1 އިން މެޗު ކާމިޔާބު ކޮށްގެންނެވެ.

މެޗުގެ 12 ވަނަ މިނިޓުގައި ރަފާ މިރު، ސެވިއްޔާ އަށް ލީޑު ނަގައިދީފައިވަނިކޮށް ރެއާލަށް އެއްވަރު ކޮށްދިނީ 32 ވަނަ މިނިޓުގައި ކަރީމް ބެންޒެމާ އެވެ. އަދި މޮޅުވި ލަނޑު 87 ވަނަ މިނިޓުގައި ޖަހައިދިނީ ވިނީޝަސް ޖޫނިއާ އެވެ.

މި ނަތީޖާއާ އެކު ރެއާލް ވަނީ ކުޅުނު 14 މެޗުން 33 ޕޮއިންޓް ހަމަކޮށްފަ އެވެ. މެޗުން ބަލިވުމާ އެކު ސެވިއްޔާ ވަނީ ޓޭބަލްގެ ހަތަރުވަނައަށް ވެއްޓިފަ އެވެ. ރެއާލް ސޮސިއެޑާޑް ވެސް ވަނީ ރޭ 1-0 އިން އެސްޕަނިޔޯލް އަތްދަށުވެ ތިންވަނައަށް ވެއްޓިފަ އެވެ.

އެތުލެޓިކޯ މެޑްރިޑް ދެވަނައިގައި އޮތީ ރޭ 4-1 އިން ކާޑީޒް ބަލިކޮށް 29 ޕޮއިންޓް ހޯދައިގެންނެވެ. މި މެޗުގައި ފެނުނު ފަސް ލަނޑު ވެސް ޖެހީ ފަހު ހާފުގަ އެވެ. މި ހާފުގައި އެތުލެޓިކޯގެ ލަނޑުތައް ޖަހައިދިނީ ތޯމަސް ލެމާ އާއި އެންޓޮއިން ގްރީޒްމަން އާއި އަންހެލް ކޮރެއާ އަދި މެތިއަސް ކޫންޔާ އެވެ. ކާޑީޒްގެ ހަމައެކަނި ލަނޑު ޖަހައިދިނީ އެންތަނީ ލޮޒާނޯ އެވެ.

ރެއާލުން ދެން އެންމެ އަވަހަށް ލީގުގައި ނުކުންނާނީ ޓޭބަލްގެ އަށް ވަނައިގައި އޮތް އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް، އަންނަ ބުރާސްފަތި ދުވަހުގެ ރެ އެވެ. އަދި އާދިއްތަ ދުވަހުގެ ރޭ ނުކުންނާނީ ރެއާލް ސޮސިއެޑާޑާ ދެކޮޅަށެވެ.