21 މާޗް 2021
މެޑްރިޑް (މާޗް 21) - ސްޕެނިޝް ލީގުގައި ރޭ ކަރިމް ބެންޒެމާގެ ދެ ގޯލާ އެކު 3-1 އިން ސެލްޓަ ވީގޯ ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
މެޑްރިޑް (މާޗް 21) - ސްޕެނިޝް ލީގުގައި ރޭ ކަރިމް ބެންޒެމާގެ ދެ ގޯލާ އެކު 3-1 އިން ސެލްޓަ ވީގޯ ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
ރޭގެ ނަތީޖާއާ އެކު ރެއާލް ވަނީ އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން އެ ޓީމާ ތިން ޕޮއިންޓާ ގާތަށް ޖެހިލައިފަ އެވެ. އެތުލެޓިކޯ އެއް ވަނައިގައި އޮތީ 27 މެޗުން 63 ޕޮއިންޓް ހޯދައިގެންނެވެ. ރޭގެ ނަތީޖާ އަށް ފަހު ރެއާލް ދެ ވަނަ އަށް އެރީ 28 މެޗުން 60 ޕޮއިންޓް ހަމަކޮށްގެންނެވެ. ތިން ވަނައިގައި އޮތް ބާސެލޯނާ އަށް 27 މެޗުން ވަނީ 59 ޕޮއިންޓް ލިބިފަ އެވެ. ބާސެލޯނާ މިރޭ ކުޅޭ މެޗުން އެއްވަރުކޮށްލައިގެން ވެސް އަލުން ދެ ވަނަ މަގާމަށް އެރޭނެ އެވެ.
ސެލްޓާ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 30 މިނިޓް ތެރޭގައި ބެންޒެމާ ވަނީ ދެ ގޯލު ޖަހައިފަ އެވެ. ފަަހަކަށް އައިސް ރަނގަޅު ލަނޑު ޖެހުމުގެ ރެކޯޑެއް ދަމަހައްޓަމުން އަންނަ ބެންޒެމާ ވަނީ މި ސީޒަނުގައި މިހާތަނަށް ހުރިހާ މުބާރާތެއްގައި 23 ގޯލު ޖަހައިފަ އެވެ. ލީގުގެ ރޭހުގައި ރެއާލް ދެމި އޮތުމުގައި ބެންޒެމާގެ ގޯލުތައް މުހިއްމު ދައުރެއް އަދާކުރެ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ސެލްޓަ އިން ވަނީ ލަނޑެއް ޖަހައިފަ އެވެ. މެޗުގެ 40 ވަނަ މިނިޓްގައި ޑެނިސް ސުއާރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ސެލްޓަގެ ގޯލު ޖެހީ ސަންޓީ މިނާ ބޮލުންނެވެ.
ރެއާލުން މެޗުގެ ތިން ޕޮއިންޓް ކަށަވަރުކުރި ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގައި މާކޯ އަސެންސިއޯ އެވެ. މިއީ ބެންޒެމާ ތަނަވަސްކޮށްދިން ފުރުސަތަކުން އަސެންސިއޯ ޖެހި ގޯލެކެވެ.
ލީގުގެ ހަތަރު ވަނައިގައި އޮތް ސެވިއްޔާ ވަނީ ރޭ ކުޅުނު މެޗުން ފަހު ވަގުތު ރެއާލް ވަލޮޑޮލިޑާ 1-1 އިން އެއްވަރުވެފަ އެވެ. ފަބިއަން އޮރެލާނާގެ ޕެނަލްޓީން ރެއާލް ވަލޮޑޮލިޑުން ފުރަތަމަ ހާފުގައި ލީޑުނެގި އެވެ. މެޗުގެ އިތުރު ވަގުތުގައި ސެވިއްޔާ އިން އެއްވަރުކުރި ގޯލު ޖެހީ އެ ޓީމުގެ ކީޕަރު ޔާސިން ބޯނޯ އެވެ. ކޯނަރެއްގައި އޭރިއާތެރެއިން ލިބުނު ބޯޅަ ބޯނޯ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
އެމްބާޕޭ ރައްދު ދިނީ "ވަރަށް ނުރައްކާ"ކޮށް
ރެއާލަށް އުފަލެއް ނެތް، އަނިޔާގެ ވޭން ބޮޑުވެއްޖެ
މޮޅުކޮށްދިނުމަށްފަހު ރޮޑްރިގޯ ދެއްކީ އެމްބާޕޭގެ ވާހަކަ
ގޯލެއްނުޖެހި އެއްވަރުވެގެން ރެއާލަށް އެއްވަނަ ގެއްލިއްޖެ
ބާސާއަށް ބޮޑު ލީޑެއް، ޕެނަލްޓީ ނުޖެހި ރެއާލް ވީ ބަލި
ފަހު ވަގުތު ސެވިއްޔާ ބަލިކޮށް ރެއާލް ހަމަޖެހިލައިފި
ރެއާލް ރޭހުގެ ކުރީގައި، ބާސާވެސް ފަހަތުގައި ވިއްދައިފި
ކަސެމީރޯ ނެތަސް މޮޅުވުމުގެ ރޭހުގައި ރެއާލް ކުރިއަށް
އެތުލެޓިކޯއާ އެއްވަރުކޮށް ސެވިއްޔާ ޗެމްޕިއަންސް ލީގަށް
ނަތީޖާ އަނބުރާލި ގޮތުން އަންޗެލޮޓީ ހައިރާންވެއްޖެ