Roadha Mihaaru
އަންނަ އަހަރު ދަތުރުކުރާނީ ރީތި ބަސްތަކެއްގައި: އާޒިމް

ދެކުނުގެ ރައްޔިތުން އަންނަ އަހަރު ދަތުރުކުރާނީ ހިތްގައިމު ބަސްތަކެއްގައި: އާޒިމް

15 ނޮވެމްބަރ 2021

މުޅި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް ހިންގުމަށް ސަރުކާރާ އެކު އެމްޓީސީސީން 50 އަހަރުގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށާއި އެކަމަށް އިންވެސްޓް ކުރުމަށް އެމްޓީސީސީ އަށް މިހާރު ބިރެއް ނެތް ކަމަށް އެ ކުންފުނީގެ ސީއީއޯ/ އެމްޑީ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

މުޅި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް ހިންގުމަށް ސަރުކާރާ އެކު އެމްޓީސީސީން 50 އަހަރުގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށާއި އެކަމަށް އިންވެސްޓް ކުރުމަށް އެމްޓީސީސީ އަށް މިހާރު ބިރެއް ނެތް ކަމަށް އެ ކުންފުނީގެ ސީއީއޯ/ އެމްޑީ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

"އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ޖޫން ހިސާބަށް އަޅުގަނޑުމެން މި ބަލަނީ ބަސްތައް ގެނެސް ދަތުރުތައް ފެށޭތޯ. އަންނަ އަހަރު ނިމެންވާ އިރަށް އަޅުގަނޑުމެން ހިދުމަތްދޭ ސަރަހައްދުތަކުގައި [ލ. ފުވައްމުލަކު އަދި އައްޑު އާއި މާލެ ރީޖަން] ގައި ރައްޔިތުން ދަތުރުކުރާނީ ހިތްގައިމު ރީތި ބަސްތަކެއްގައި،" އާޒިމް ވިދާޅުވި އެވެ.

"ފަންޑިން އާއި މި ހުރިހާ ކަމަކަށް ވަގުތު ނަގާނެ. އެކަމަކު އެ މަސައްކަތް އެބަ ކުރަން."

އާޒިމް ވިދާޅުވީ އެމްޓީސީސީގައި ހައްލު ނުވެ އޮތް، ނުވަތަ ހައްލުކުރަން އެންމެ ދަތިވި ކަމަކީ ވެސް ދަތުރުފަތުރުގެ ނިޒާމްގެ ކަންތައްތަކެވެ. އެހެން އެވީ، އޭނާ ވިދާޅުވި ގޮތުގައި، މި ހުރިހާ ދުވަހަކު އެ ކުންފުންޏާ އެކު ސަރުކާރުން އެއްވެސް އެއްބަސްވުމެއް ހަދައިފައި ނެތީމަ އެވެ.

އެމްޓީސީސީގެ ބަހެއް: އާންމު ދަތުރުފަތުރަށް ރަނގަޅު ބަސްތަކެއް ގެންނާނެ -- ފައިލް ފޮޓޯ: މިހާރު

އެމްޓީސީސީގެ ބަހެއް: އާންމު ދަތުރުފަތުރަށް ރަނގަޅު ބަސްތަކެއް ގެންނާނެ -- ފައިލް ފޮޓޯ: މިހާރު

"ކޮންމެ ސީއީއޯއަކު ވެސް ބަލާނެ ކުންފުނި ހަރަދު ކުޑަކޮށް ހިންގަން. އެގޮތަށް ހިންގައިފައި އޮތީ ވެސް. އަޅުގަނޑު އައިސް މި ކުރި ކަމަކީ ސަރުކާރާ އެކު 50 އަހަރުގެ އެއްބަސްވުމެއް ހެދީ. ކޮންޓްރެކްޓެއް ނެތިގެން، މާދަމާ ވާނެ ގޮތް ނޭނގޭތީ މިކަން ހަރުދަނާކޮށް ވަރުގަދަ ކުރަން ޖެހިލުންވާން ފުރުސަތެއް ނޯންނާނެ ދެން އަންނަ ބަޔަކަށް ވެސް،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މެރިން ޓްރާންސްޕޯޓްގެ ހިދުމަތް ރަނގަޅުކުރަން ސްޕީޑް ފެރީ ވެސް ތައާރަފު ކުރަނީ އެ ކޮންޓްރެކްޓަށް ފަހު ކަމަށެވެ.

އެ ކޮންޓްރެކްޓްގެ ދަށުން ގްރޭޓާ މާލެ ސަރަހައްދާއި ލ. އާއި ފުވައްމުލަކާއި އައްޑޫގެ ކަނޑާއި އެއްގަމުގެގެ ދަތުރުފަތުރުގެ ނިޒާމުގެ ހުރިހާ ކަމެއް މިހާރު އޮތީ އެމްޓީސީސީގެ ބެލުމުގެ ދަށުގައި ކަމަށް އާޒިމް ވިދާޅުވި އެވެެ. އޭނާ ވިދާޅުވީ އެ ކޮންޓްރެކްޓްގެ ދަށުން އާ ބަސްތައް ގެނެސް ފެރީތައް ރަނގަޅުކޮށް، ބަސްތައް މަރާމާތު ކުރާ ތަންތަން ވެސް ހަދާނެ ކަމަށެވެ.

"ހިނގަހިނގައި ހުންނަ އެއްވެސް ނިޒާމަކުން ނޫން މިހާރު ބަސްތައް ވެސް މަރާމާތު މި ކުރެވެނީ. މަގުމަތީގައި ބާއްވައިގެން ވެސް އެކަން މިހާރު އެބަ ކުރޭ،" އޭނާ ވިދާޅުވި އެވެ.