02 ނޮވެމްބަރ 2021
ބ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރު ކުރުމަށް އެމްޓީސީސީން ދެމުން ގެންދާ ފެރީގެ ހިދުމަތް އެކަށީގެންވާ ގޮތަކަށް ނުލިބޭތީ، އެ އަތޮޅު ކައުންސިލުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ބ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރު ކުރުމަށް އެމްޓީސީސީން ދެމުން ގެންދާ ފެރީގެ ހިދުމަތް އެކަށީގެންވާ ގޮތަކަށް ނުލިބޭތީ، އެ އަތޮޅު ކައުންސިލުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، އެ އަތޮޅު ތެރޭގެ ފެރީ ހިދުމަތަށް ބޭނުންކުރާ ދެ އުޅަނދު ތެރެއިން އެއް އުޅަނދެއްގެ އިންޖީނަށް ތަކުރާރުކޮށް އެކި މައްސަލަތައް ދިމާވެ ދަތުރު ނުކުރެވޭ ހާލަތަށް ގޮސްފައިވާ ކަމަށެވެ.
އެކަމުގެ ކަންބޮޑުވުންތައް ބ. އަތޮޅުގެ މީހުންގެ ފަރާތުން އެތައް ފަހަރެއްގެ މަތިން ކައުންސިލަށް ލިބިފައިވާ ކަމަށާއި އެ މައްސަލަތަކުގެ މައުލޫމާތު ސީދާ އެމްޓީސީސީން ކައުންސިލާ ހިއްސާ ނުކުރާތީ، އެކި މީސްމީހުން ބަނދަރު ސަރަހައްދަށް ނުކުންނަ ފަހުން ވެސް ނުފުރިގެން ދަތުރު ކެންސަލް ކުރަން ޖެހޭ ކަމަށް އަތޮޅު ކައުންސިލުން ބުންޏެވެ. އަދި ދިމާވާ މައްސަލަތަކުގެ ސަބަބުން ބައެއް ރަށްރަށުގެ ރައްޔިތުންނަށް ދެ ހަފުތާއެއްހާ ދުވަހަށް ވެސް ހިދުމަތް އެކީ ނުލިބި ގޮސްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
އެ މައްސަލަތައް ތަކުރާރުވާތީ، އެމްޓީސީސީއާއެކު ތަފާތު ފޯރަމްތަކުގައި މަޝްވަރާ ކޮށްފައިވާނެ ކަމަށާއި އެކަމަކު މިއަދާ ހަމައަށް އެއްވެސް ހައްލެއް ލިބިފައި ނެތް ކަމަށް އެ ކައުންސިލުން ބުނެ އެވެ.
"...ފެރީގެ ހިދުމަތް ފޯރުކޮށްދެމުންދާ ކުންފުނީގެ ފަރާތުން ހިދުމަތް ފުރިހަމަ ކޮށްދިނުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް ގަވައިދުން އަޅަމުން ނުދާކަން ފާހަގަކޮށް، އެކަން މި ކައުންސިލުން ކުށްވެރި ކުރަން،" ބ. އަތޮޅު ކައުންސިލްގެ ބަޔާނުގައި ވެ އެވެ.
އަތޮޅު ފެރީ ހިދުމަތް ފެށީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ހުންނެވި ދުވަސްވަރު ކަމަށް ވާއިރު، މި ސަރުކާރުން ވެސް ވަނީ ފެރީ ނިޒާމު އިތުރަށް ތަރައްގީކޮށް، އަވަސް ހިދުމަތްތަކެއް ދިނުމަށް ބޮޑު މަޝްރޫއެއް ފަށައިފަ އެވެ.
ނ، ރ. ބ. ގައި އާރުޓީއެލް ފެރީ ހިދުމަތް ފަށަނީ
ކައުންސިލްގެ ނިންމުމާ ހިލާފަށް ރިސޯޓު ހަދާތީ ކަންބޮޑުވޭ
ޅ. އަތޮޅު ފެރީ ހިދުމަތުން އަގު ނަގަން ފަށަނީ
ޅ. ފެރީ ދަތުރުތައް ހިލޭ ކުރެވޭ މުއްދަތު އިތުރުކޮށްފި
އާރްޓީއެލް ސްޕީޑް ފެރީ ހިދުމަތް ޅ. އަތޮޅުގައި ފަށަނީ
ދަތުރުފަތުރުގެ އިންގިލާބީ ބަދަލު އިފްތިތާހްކޮށްދެއްވައިފި
އާރްޓީއެލް ލޯންޗުތައް ބަނުން އަލް ޝާލީ މެރިން އަށް
ފެރީ/ބަހުގެ ހިދުމަތް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި
ހއ. އަށް އާރުޓީއެލް ފެރީތައް މާދަމާ ފަށަނީ
އާރްޓީއެލް ފެރީ އާދިއްތަ ދުވަހު ހއ. ގައި ފަށަނީ