Roadha Mihaaru
އެމްއެސްއެސް އިން އާ ބޯޓެއް ގަނެފި

އެމްއެސްއެސް އިން އާ ބޯޓެއް ގަނެފި

30 އޮކްޓޯބަރ 2021

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ގަތް ބޯޓް މިއަދު ރާއްޖެ ގެނެސްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ގަތް ބޯޓް މިއަދު ރާއްޖެ ގެނެސްފި އެވެ.

މިއީ ރާއްޖޭގައި ބޯޓު ދަތުރުކުރުމުގެ ދާއިރާ ވަޅުޖެހިފައި ވަނިކޮށް، އެސްޓީއޯ އިން އިސްވެ 2020 ގައި އަހަރު އުފެއްދި ޝިޕިން ކުންފުނިން ގަނެގެން ގެނައި ފުރަތަމަ ބޯޓެވެ. އެ ކުންފުނިން ޗާޓަރުކޮށްގެން ގެނައި ފުރަތަމަ ބޯޓް ގެނެސްފައި ވަނީ އޭޕްރީލް 2020 ގަ އެވެ.

އެސްޓީއޯ އިން ބުނީ ލަންކާ އަށް ގެންގޮސް، 680 ކޮންޓެއިނަރުގެ ބޯޓްގެ ބްރޭންޑިން މަސައްކަތްތައް ނިންމުމަށް ފަހު، ބޯޓު ބޭނުން ކުރާނީ ލަންކާ އާއި ރާއްޖެއާ ދެމެދުގައި ދަތުރުކުރުމަށެވެ. އަދި މި ބޯޓުގެ ކުރޫއިންގެ 99 ޕަސެންޓަކީ ދިވެހިންނެވެ.

އެސްޓީއޯ އިން ވަނީ އެ ބޯޓުގެ ވަޒީފާތަކަށް ދިވެހިން ހޯދުމަށް މިހާރު އިއުލާނުކޮށްފަ އެވެ. އެމްއެސްއެސް އުފެދުނީއްސުރެ ލަންކާ އާއި މާލެއާ ދެމެދު ކުރަމުންދާ ދަތުރުތައް މެދުކެނޑުމެއް ނެތި އެ ކުންފުނިން ކުރަމުން ގެންދެ އެވެ.