Roadha Mihaaru
ސްޓޭޓް ޝިޕިންގެ ބޯޓުން ވަޒީފާގެ ފުރުސަތު ހުޅުވާލައިފި

އެސްޓީއޯގެ ޝިޕިން ލައިންގެ ބޯޓުން ވަޒީފާގެ ފުރުސަތު، ޗީފް އިންޖިނޭރަށް 107،000ރ.

06 އޮކްޓޯބަރ 2021

އެސްޓީއޯގެ ޝިޕިންލައިން "މޯލްޑިވްސް ސްޓޭޓް ޝިޕިން" (އެމްއެސްއެސް) ގެ ބޯޓުގެ ވަޒީފާތަކަށް އިއުލާނު ކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެސްޓީއޯގެ ޝިޕިންލައިން "މޯލްޑިވްސް ސްޓޭޓް ޝިޕިން" (އެމްއެސްއެސް) ގެ ބޯޓުގެ ވަޒީފާތަކަށް އިއުލާނު ކޮށްފި އެވެ.

މިއީ އެ ބޯޓުގެ ވަޒީފާތަކަށް އިއުލާނުކުރި ފުރަތަމަ ފަހަރު ކަމަށް ވާއިރު، މީގެ ކުރިން އެ ކުންފުނިން ބޭނުން ކުރި އައިބީރިއާގެ ބޯޓުގެ އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރަމުން އައީ ބޭރުގެ ފަޅުވެރިންނެވެ.

ކުރިން ގެންގުޅުނު ބޯޓުގެ އެއްބަސްވުން ހަމަވުމުން އެމްއެސްއެސް އިން މިހާރު ވަނީ އެ ބޯޓު އަނބުރާ ހަވާލުކޮށްފަ އެވެ. އެއީ 700 ކޮންޓެއިނަރުގެ ބޯޓެއް ނަމަވެސް މިހާރު ގެންގުޅެނީ 400 ކޮންޓެއިނަރުގެ ބޯޓެކެވެ.

މިހާރު ގެންގުޅޭ ބޯޓުގެ ހުރިހާ މަގާމެއްގައި އެމްއެސްއެސް އިން ބޭނުންވަނީ ދިވެހިންނެވެ. އެހެންވެ 14 ވަޒީފާގެ ފުރުސަތު އެމްއެސްއެސް ވަނީ ހުޅުވާލައިފަ އެވެ.

އެމްއެސްއެސް އިން ހުޅުވާލި ވަޒީފާތައް:

- ޗީފް އިންޖިނޭރު 1: މުސާރަ 107،940ރ.

- ސެކަންޑް އިންޖިނިއަރު 1: މުސާރަ 92،520ރ.

- ޗީފް އޮފިސަރު 1: މުސާރަ 92،520ރ.

- ސެކަންޑް އޮފިސަރު 1: މުސާރަ 53،970ރ.

- އިލެކްޓްރިޝަން 1: މުސާރަ 53،970ރ.

- ވެލްޑަރު 1: މުސާރަ 19،620ރ

- ބޯސަން 1: މުސާރަ 18،504ރ.

- ޗީފް ކުކް 1: މުސާރަ 19،000ރ.

- އޭބަލް ސީމަން 3: މުސާރަ 15،400ރ.

- މެސް ބޯއި 1: މުސާރަ 13،560ރ.

- އޮއިލާ 2: މުސާރަ، 15،400ރ.

މި ވަޒީފާތަކަށް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ހޮނިހިރު ދުވަހުގެ މެންދުރު 12:30 އެވެ. ވަޒީފާތަކާ ބެހޭ އިތުރު މައުލުމާތު sto.mv/career އިން ލިބޭނެ އެވެ.