27 މެއި 2022
އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން މެލޭޝިއާ އާއި ސިންގަޕޫރާ ދެމެދު ސީދާ ދަތުރުތައް ފަށަން ނިންމައިފި އެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން މެލޭޝިއާ އާއި ސިންގަޕޫރާ ދެމެދު ސީދާ ދަތުރުތައް ފަށަން ނިންމައިފި އެވެ.
އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ، އަންނަ ޖުލައި މަހު އެ ކުންފުނިން ގެންނަ އާ ބޯޓު "ގްރެޕީން" މެދުވެރިކޮށް ސިންގަޕޫރާއި މެލޭޝިއާ އިން މުދާ ގެންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ، މިއާ އެކު ޗައިނާ، ތައިލެންޑް، އިންޑޮނޭޝިއާ އިން މުދާ ގެންނަ ފަރާތްތަކަށް ލަންކާއަށް ގެންދިއުމުގެ ބަދަލުގައި ސިންގަޕޫރާއި މެލޭޝިއާގެ ޕޯޓުން މުދާ ގެނެވޭނެ ކަމަށެވެ.
"އޭރުން އެ ސަރަހައްދުން ގެންނަ މުދާ އަވަހަށް ގެނެވޭނެ. އަދި މިހާރަށް ވުރެ ވިޔަފާރިވެރިންނަށް މުދާ ގެންނަން ފަސޭހަވާނެ،" އޭނާ ވިދާޅުވި އެވެ.
އެމްއެސްއެސް އިން މި ވަގުތު ދަތުރު ކުރަނީ ރާއްޖެ އާއި ކޮލަމްބޯއާ ދެމެދު އެވެ. މި ވަގުތު އެ ކުންފުނީގެ އަމިއްލަ އެއް ބޯޓު ގެންގުޅޭ އިރު އަންނަ މަހު އިތުރު ބޯޓެއް ގެންނާނެ އެވެ. އަދި ޖުލައި މަހު އާ ބޯޓެއް ގެންނާނެ އެވެ.
އެމްއެސްއެސް އުފެއްދީ 2020 ވަނަ އަހަރު އެވެ. އެ ކުންފުނި އުފެއްދީ ރާއްޖޭގައި ކުރިން އޮތް ޝިޕިން ލައިން އަލުން ދިރުވައި ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށެވެ. އެ ކުންފުނި ހިންގަމުން އަންނަތާ ދެ އަހަރުވީ އިރު ކުންފުނީގެ އާމްދަނީ އަންނަނީ ވަރަށް ބޮޑަށް ފުޅާ ކުރަމުންނެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް 141 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ.
އެމްއެސްއެސްގެ އަމިއްލަ ބޯޓު ފުރަތަމަފަހަރަށް ރާއްޖެއަށް
ޝިޕިން ލައިންގެ ފުރަތަމަ ބޯޓު ގެނައީ ކުއްޔަށް: ސައީދު
ފުލް ލޯޑްގައި "އެމްއެމްސް ކްރޮމް" މާލެ އަތުވެއްޖެ
ޑިމާންޑު ދަށްވެ ޓުޓިކޮރިން-އައްޑޫ ދަތުރުތައް ހުއްޓިއްޖެ
ދާންވީ ބޯޓުދަތުރުކުރަން، އެތައް ބައިވަރު މަންފާއެއް
މިއަދުން ފެށިގެން އެމްއެސްއެސް އަށް ފައިދާވާނެ: ސައީދު
ސްޓޭޓް ޝިޕިންގެ ބޯޓުން ވަޒީފާގެ ފުރުސަތު ހުޅުވާލައިފި
އަންނަ އަހަރު ފައިދާވާނެ ކަމަށް ބެލެވޭ: ސްޓޭޓް ޝިޕިން
ޝިޕިން ކުންފުނީގެ އެމްޑީއަކަށް ކޮށީގެ ސައީދު
ޝިޕިން ލައިންގެ ފުރަތަމަ ބޯޓު ގެނެސްފި