14 ޖޫން 2022
ޑްރަގްސް ހުރި ކަމަށް ޝައްކުކުރެވިގެން މިދިޔަ ބުރާފަސްތި ދުވަހު ބަލައި ފާސްކުރި ކޮންޓެއިނަރަކީ އެސްޓީއޯގެ ބޯޓަކުން ގެނައި އެއްޗެއް ކަމަށް މީޑިއާގައި ފެތުރި ޚަބަރު މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ދޮގުކޮށްފި އެވެ.
ޑްރަގްސް ހުރި ކަމަށް ޝައްކުކުރެވިގެން މިދިޔަ ބުރާފަސްތި ދުވަހު ބަލައި ފާސްކުރި ކޮންޓެއިނަރަކީ އެސްޓީއޯގެ ބޯޓަކުން ގެނައި އެއްޗެއް ކަމަށް މީޑިއާގައި ފެތުރި ޚަބަރު މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ދޮގުކޮށްފި އެވެ.
އެސްޓީއޯގެ ދަށުން ހިންގާ ޝިޕިން ކުންފުނި، އެމްއެސްއެސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންޑިއާ އިން ކޮންޓެއިނަރެއްގައި ރާއްޖެ އަށް ޑްރަގްސް އެތެރެކުރީ އެސްޓީއޯގެ ބޯޓަކުން ކަމަށް ބުނެ "ދިޔަރެސް" ނޫހުގައި އިއްޔެ ލިޔެފައިވާ ޚަބަރަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.
"ދެންނެވުނު ނޫހުގައި އިޝާރަތްކޮށްފައިވާ ކޮންޓެއިނަރަކީ މި ކުންފުނީގެ ބޯޓެއްގައި އުފުލާފައިވާ ކޮންޓެއިނަރެއް ނޫނެވެ. އަދި މި ކުންފުނީގެ އެއްވެސް ބޯޓަކަށް އިންޑިއާގެ ޕޯޓުތަކުން ކޮންޓެއިނަރު ލޯޑު ނުކުރާކަން މި ފުރުސަތުގައި ފާހަގަކުރަމެވެ،" އެ ބަޔާނުގައިވެ އެވެ.
އެ ކުންފުނިން ދޭ ހިދުމަތަކީ ދިވެހި ރައްޔިތުންނާއި ރާއްޖޭގެ އިގުތިސާދު އެއަށް ބަރޯސާވާ ހިދުމަތަކަށް ވާތީ، ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ދޮގު މައުލޫމާތު ނުފެތުރުމަށް ވެސް އެ ބަޔާނުގައި އިލްތިމާސްކުރި އެވެ.
އިންޑިއާއިން މުދާ ބަރުކޮށްގެން ރާއްޖެ އައި ބޯޓެއްގެ ކޮންޓެއިނަރެއްގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައި ވިޔަސް، މިހާތަނަށް ކަމާބެހޭ އިދާރާތަކުން އެކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ފުލުހުންނާއި ކަސްޓަމްސް ގުޅިގެން އެ ކޮންޓެއިނަރު ބަލައި ފާސްކުރި އެވެ. އެ ކޮންޓެއިނަރުގައި ގިނަ އަދަދެއްގެ ޑްރަގްސް ހުރި ކަމަށާއި އެ ތަކެތި ހުރީ އެކި އެއްޗެއްސަށް އަޅައި ޕެކްކޮށްފައި ކަމަށް ވަނީ އެނގިފަ އެވެ.
ޑްރަގްގެ ގާނޫނާއި ގޭންގް ކުށްތަކުގެ ބިލެއް މަޖިލީހަށް
ކަނޑުމަގުން ގެނައި ކިލޯއެއްގެ ޑްރަގު އަތުލައިގެންފި
"ރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރަން އިސްކަންދޭނަން"
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
ބެންކޮކުގައި ޑްރަގް ޓްރެފިކިން ތުހުމަތު ދިވެއްސަކަށް
ކަނޑުމަގުން ގެނައި 3.3 ކިލޯގެ ޑްރަގް އަތުލައިގެންފި
ދެ ކިލޯ ޑްރަގް ގެނައި އިންޑިއާގެ ދެމަފިރިއަކު ހައްޔަރު
ކެފޭ އުސޫލުން ޑްރަގުގެ ވިޔަފާރިކުރި ދެ މީހަކު ހައްޔަރު
އިންޑިއާގައި ތާށިވެފައި ހުންނަތާ 12 އަހަރު!
މެލޭޝިއާ ދެމީހުން އުޅުނީ ޔޫކޭއަށް ޑްރަގް އެތެރެކުރަން