26 ޖޫން 2022
ބޯޓު ދަތުރުކުރުން ނުވަތަ ޝިޕިން ދާއިރާގައި އަންހެނުންނަށް ގިނަ ފުރުސަތުތަކެއް އެބަހުރި ކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ މެނޭޖިން ޑިރެކްޓަރު ކެޕްޓަން އަބްދުﷲ ސައީދު ވިދާޅުވެއްޖެ އެވެ.
ބޯޓު ދަތުރުކުރުން ނުވަތަ ޝިޕިން ދާއިރާގައި އަންހެނުންނަށް ގިނަ ފުރުސަތުތަކެއް އެބަހުރި ކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ މެނޭޖިން ޑިރެކްޓަރު ކެޕްޓަން އަބްދުﷲ ސައީދު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގްވާމީ ބޯޓު ދަތުރުކުރާ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ކެޕްޓަން ސައީދު ވިދާޅުވީ ބޯޓު ދަތުރުކުރުމަކީ ހަމައެކަނި ފިރިހެނުންނަށް އޮތް ކަމެއް ނޫން ކަމަށެވެ.
"ދުނިޔޭގެ އެކި ހިސާބުތަކުގައި ވަރަށް ގިނަ އަންހެނުން މަސައްކަތްކުރާ ދާއިރާ އެއް މިއީ،" ސައީދު ވިދާޅުވި އެވެ.
މި ދާއިރާއަކީ ދުނިޔޭގައި ވަރަށް ޑިމާންޑު ވެސް ބޮޑު ދާއިރާއެއް ކަމަށާއި މިކަމަށް ރާއްޖޭގައި ޑިމާންޑެއް ނެތަސް، އުންމީދަކީ ކުރިމަގުގައި ގިނަ ދިވެހިން ދާއިރާ އަށް ނުކުތުން ކަމަށް އޭނާ ވިދާޅުވި އެވެ.
ރޭ ކުރިއަށް ދިޔަ ޕެނަލް ޑިސްކަޝަންގެ ތެރެއިން ---ފޮޓޯ: ނިޝާން އަލީ | މިހާރު
ބޯޓު ދަތުރުކުރަން ޝައުގުވެރިވާ އަންހެނުންނަށް ވެސް ސަރުކާރުގެ ހަރަދުގައި ކިޔެވޭނެ ފުރުސަތު މިހާރު ލިބެ އެވެ. އެމްއެސްއެސް އިން އަންނަނީ އެމްއެންޔޫގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސް (ސީއެމްއެސް) އާ ގުޅިގެން އެ ދާއިރާގެ ގިނަ ކޯސްތަކެއް ހިންގަމުންނެވެ.
ރާއްޖެއިން ކިޔަވައިގެން އަށް އަހަރުގެ ތެރޭގައި ކެޕްޓަންގެ ރޭންކަށް ދެވޭއިރު، ކެޕްޓަނުންގެ މުސާރަ ލައްކައަކަށް ވުރެ ބޮޑެވެ. އަމާޒަކީ ގިނަ ދިވެހިން އެ ދާއިރާ އިން ތަމްރީންކޮށްދީ އެ ކުންފުނީގެ ބޯޓުތަކުގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނުން ކަމަށް އެމްއެސްއެސް އިން ބުނެ އެވެ.
އެ ކުންފުނީގެ ބޯޓުފަހަރަކީ އަންހެނުންނަށް ރައްކާތެރި މާހައުލެއް ކަމަށާއި، ޖިންސީ ތަފާތުކުރުމާއި ފުރައްސާރަ ކުރުން ފަދަ ކަންކަމަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމުގެ ޔަގީންކަން އެމްއެސްއެސް ދެ އެވެ.
އާދިލް ރަޝީދު (ކަނާއަތް) އަދި ކެޕްޓަން މުހައްމަދު ޒައިދް (ވާއަތް) ރޭގެ ޕެނަލްގައި ބައިވެރިވެވަޑައިގަންނަނީ ---ފޮޓޯ: ނިޝާން އަލީ | މިހާރު
ރޭ ކުރިއަށް ދިޔަ ޕެނަލް ޑިސްކަޝަންގައި ޓްރާންސްޕޯޓ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް، ކެޕްޓަން އާދިލް ރަޝީދާއި އެމްއެސްއެސްގެ ޖެނެރަލް މެނޭޖަރު ކެޕްޓަން މުހައްމަދު ނާޒިމް އަދި ސީއެމްއެސްގެ ހެޑް، ކެޕްޓަން މުހައްމަދު ޒައިދު ވެސް ވާހަކަ ދެއްކެވި އެވެ.
އެސްޓީއޯ: އެންމެ ބޮޑަށް ފުޅާވީ ޝިޕިން ދާއިރާ
އެމްއެސްއެސް އިން ގަތް އާ ބޯޓު ރާއްޖެ ގެނެސްފި
ޑްރަގްސް ގެނައީ އެސްޓީއޯގެ ބޯޓަކުން ނޫން: އެމްއެސްއެސް
އެމްއެސްއެސްގެ އަމިއްލަ ބޯޓު ފުރަތަމަފަހަރަށް ރާއްޖެއަށް
އެމްއެސްއެސް އިން އާ ބޯޓެއް ގަނެފި
ސްޓޭޓް ޝިޕިންގެ ބޯޓުން ވަޒީފާގެ ފުރުސަތު ހުޅުވާލައިފި
ކާގޯ ފެރީން ގެންނަ މުދަލުގެ އަދަދު އިތުރުވަނީ
އިންޑިއާ އާއި ތިނަދުއާ ދެމެދު ކާގޯ ދަތުރުތައް ފަށައިފި
ޝިޕިން ކުންފުނީގެ އެމްޑީއަކަށް ކޮށީގެ ސައީދު
ޝިޕިން ލައިންގެ ފުރަތަމަ ބޯޓު ގެނެސްފި