29 އޮކްޓޯބަރ 2021
ކަނޑުގެ ދިރުންތައް ޕްރޮމޯޓްކޮށް ހިމާޔަތް ކުރަމުން އަންނަ ޖަމިއްޔާއެއް ކަމުގައިވާ "މިޝަން ބްލޫ" ގެ ހޯޕް ސްޕޮޓަކަށް ލ. އަތޮޅު ހަމަޖައްސައިފި އެވެ.
ކަނޑުގެ ދިރުންތައް ޕްރޮމޯޓްކޮށް ހިމާޔަތް ކުރަމުން އަންނަ ޖަމިއްޔާއެއް ކަމުގައިވާ "މިޝަން ބްލޫ" ގެ ހޯޕް ސްޕޮޓަކަށް ލ. އަތޮޅު ހަމަޖައްސައިފި އެވެ.
ލ އަތޮޅު ހޯޕް ސްޕޮޓަކަށް ވުމުން އެ އަތޮޅުގެ ކަނޑުގެ ދިރުންތަކާއި ކަނޑުގެ ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމުގެ އިތުރަށް މުޅި ދުނިޔެއަށް ޕްރޮމޯޓްވެގެންދާނެ އެވެ. މިޝަން ބްލޫއިން މިކަން ކުރަނީ ލ. އަތޮޅުގެ ރިސޯޓު، ސިކްސް ސެންސަސްގެ އިސްނެގުމުގެ ދަށުންނެވެ.
ސިކްސް ސެންސަސް އިން ލ އަތޮޅުގެ އެކި ރަށްތަކުގެ ކައުންސިލް މެންބަރުންނާ ބައްދަލުކުރަނީ. އެ ރިސޯޓުގެ އިސްނެގުމުގެ ދަށުން މުޅި އަތޮޅުގެ ތިމާވެށީގެ ކަންކަން ބެލެހެއްޓުމަށް ހާއްސަ އިސްކަމެއްދޭ---ފޮޓޯ: މިހާރު
ހޯޕް ސްޕޮޓެއްގެ ގޮތުގައި މިޝަން ބްލޫން ހަމަޖައްސަނީ އެ ޖަމިއްޔާގެ ސައިންޓިފިކް ކައުންސިލުން ބަލާ މިންގަނޑުތަކަށް ފެތޭ ސަރަހައްދުތަކެވެ. ލ އަތޮޅު "ހޯޕް ސްޕޮޓް" އަކަށް ވެފައިވަނީ މޫދު ވިނަ އާއި ރަށްރަށުގައި ހުރި ކުޅިތަކުގެ އިތުރުން ކަނޑުގެ ތަފާތު ދިރުންތައް ދިރިއުޅޭ ސަރަހައްދުގައި ހުރުމުންނެވެ. އޭގެ ތެރޭގައި މަންޓާ ރޭ އާއި ވެލާ ހިމެނެ އެވެ.
ރާއްޖޭގެ ނިސްބަތުން އެންމެ ގިނަ ވެލާ ބިސްއަޅަން އަރާ އެއް އަތޮޅަކީ ލާމު އަތޮޅެވެ. ހޯޕް ސްޕޮޓަކަށް ވުމުން މި ސަރަހައްދުގެ ދިރުންތައް ދިރާސާކުރުމުގައި ބޭނުންވާ ފަންނީ އެހީތެރިކަން ވެސް ބްލޫ މިޝަނުން ފޯރުކޮށްދޭނެ އެވެ.
ސިކްސް ސެންސަސް ލާމު 2011 ވަނަ ހުޅުވުނު ފަހުން ލ. އަތޮޅުގެ ގުދުރަތީ ވެއްޓާ ގުޅޭ ގޮތުން އަންނަނީ ދިރާސާތައްކޮށް މައުލޫމާތުތައް އެއް ކުރަމުންނެވެ.
ސިކްސް ސެންސަސް އިން ތިމާވެށީގެ މައުލޫމާތު ހިއްސާ ކުރަނީ. ލ އަތޮޅާ ގުޅޭ ގިނަ ދިރަސާތަކެއް ސިކްސް ސެންސަސް އިން އަންނަނީ ކުރަމުން--ފޮޓޯ:މިހާރު
ބްލޫ މިޝަންގެ ފައުންޑާ ސިލްވިއާ އާލް ވިދާޅުވީ، އިންސާނުންގެ ވަށައިގެންވާ ދިރުންތައް ހިމާޔަތްކޮށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އިސްކަން ދިނުން ވަރަށް މުހިއްމު ކަމަށެވެ. އަދި ލ. އަތޮޅަށް މި ހާއްސަ ފުރުސަތު ލިބުމުން އެ އަތޮޅުގެ ހުރިހާ އެންމެންނަށް އަދި ސިކްސް ސެންސަސްއަށް އޭނާ މަރުހަބާ ކިޔާފައިވެ އެވެ.
ބްލޫ މިޝަނުން ވަނީ 2013 ވަނަ އަހަރު ރާއްޖެއަކީ ވެސް "ހޯޕް ސްޕޮޓް" އެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.
މޫދަށް އޮތް ބިރު ކަނޑާލައި، ވެލާތަކުގެ ހިމާޔަތުގައި
ފަޅުރަށެއްގައި ފުރޮޅާފައި ހުރި ވެލާތަކެއް ސަލާމަތްކޮށްފި
ޕަރީފެންގަނޑުގައި ވިއުއިން ޕްލެޓްފޯމެއް ހަދަނީ
"ޓާޓަލް ބޯއި" ގާދޫގެ ވެލާތަކުގެ ހިމާޔަތުގައި
ހިމާޔަތްކުރި ސަރަހައްދުތަކުގައި ވެލަ އާއި ކަހަނބު ގިނަ
ޑައިވިން ސައިޓްތަކުގެ ހިމާޔަތުގައި
ރާއްޖޭން ޓައިގާ ދިނީ ތިމާވެށި ހިމާޔަތްކުރުމުގެ މެސެޖު
ގްރީން ޓެކްސްއަށް އޭޕްރީލްގައި ލިބުނީ 35.7 މިލިއަން
ސަފާރީން ކޮވިޑް ޖެހުނު މީހުން ބާލާނީ ލ. އަތޮޅަށް
ހއ. އިން ލ. ހަމައަށް ކަނޑުގެ ދިރާސާ ނިންމާލައިފި