26 އޮކްޓޯބަރ 2021
ދުނިޔޭގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓުކުރަން އެމިރޭޓްސް އެއާލައިނާއެކު އިއްޔެ ސޮއިކޮށްފި އެވެ.
ދުނިޔޭގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓުކުރަން އެމިރޭޓްސް އެއާލައިނާއެކު އިއްޔެ ސޮއިކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ގްލޯބަލް މާކެޓުގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން "ޓޫރިޒަމް މިނިސްޓްރީ" އާއި "ވިޒިޓް މޯލްޑިވްސް" އަދި ޔޫއޭއީގެ ގައުމީ އެއާލައިން، އެމިރޭޓްސް އެއާލައިނާއެކު ސޮއިކޮށްފައިވާ ކަމަށެވެ. އެ ރަސްމިއްޔާތުގައި، ދުބާއީގައި ކުރިއަށްގެންދާ އެކްސްޕޯގައި ބައިވެރިވުމަށް އެ ގައުމުގައި މި ވަގުތު ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގަތެވެ.
President @ibusolih presides over the signing of a tripartite MoU on promoting Maldives’ tourism in the global market between @visitmaldives, @motmv and @emirates. pic.twitter.com/EyxQvPd9FY
— Mabrook Azeez (@MvSpokesperson) October 25, 2021
އޭގެ ފަހުން އެ މަނިކުފާނު ވަނީ ދުބާއީގެ ވެރިޔާ ޝައިހު މުހައްމަދު ބިން ރާޝިދު އަލް މަކްތޫމްއާ އެކު "ދުބާއީ އެކްސްޕޯ 2020" ގައި ބަހައްޓާފައި ހުރި ރާއްޖޭގެ ޕެވިލިއަންއަށް ހަވީރު ޒިޔާރަތްކުރައްވައި އެތަން ބައްލަވާލައްވައިފަ އެވެ.
ދުބާއީގައި ކުރިއަށްގެންދާ އެކްސްޕޯގައި ދުބާއީގެ ވެރިޔާ ޝައިހު މުހައްމަދު ބިން ރާޝިދު އަލް މަކްތޫމާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ޕެވީލިއަން ބައްލަވާލައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ ޕެވިލިއަން ގާއިމުކޮށްފައި ހުރީ އެކްސްޕޯގެ ސަސްޓެއިނަބިލިޓީ ޑިސްޓްރިކްޓްގައެވެ. އަދި ރާއްޖޭގެ ޕެވިލިއަން ހަދާފައި ވަނީ އެތަނަށް ޒިޔާރަތްކުރާ މީހުންނަށް ރާއްޖޭގެ ތާރީހާއި ސަގާފަތާއި ގުދުރަތީ ދިރުންތަކާއި ކެއުންތައް އަދި ވިޒުއަލް އާޓްސްގެ ޒަރީއާއިން ތަޖުރިބާކޮށްލެވޭ ގޮތަށެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަންކޮށް، އުންމީދީ މުސްތަގުބަލަކަށް އެދި ޒަމާނުއްސުރެ އަދި މިހާރުވެސް ރާއްޖެއިން ވަކާލާތު ކުރާ މަސައްކަތްތައް ވެސް ރާއްޖޭގެ ޕެވިލިއަންގެ ތީމުގެ ތެރޭގައި ހިމަނާފައިވެ އެވެ.
ދުބާއީގެ ބްރައިޑް ޝޯގައި ރާއްޖެއިން ބައިވެރިވެއްޖެ
އަރަބިއަން ޓްރެވެލް މާކެޓުގައި ރާއްޖެ ބައިވެރިވެއްޖެ
ރައީސް، ކާމިޔާބީ ފާހަގަކުރަން އެމްއެމްޕީއާރުސީ އަށް
"ބޮޑު ގޮންޖެހުމަކީ އެމްއެމްޕީއާރުސީން ދޫކުރި ރަަށްތައް"
ގައުމީ ޓޫރިޒަމް ދުވަހަކަށް އޮކްޓޯބަރު 3 ކަނޑައަޅައިފި
މިއަހަރުގެ ވޯލްޑް އެކްސްޕޯގައި ރާއްޖޭން ބައިވެރިވަނީ
ސިންގަޕޫރުގެ ޓޫރިސްޓުންނަށް ރާއްޖެ ހުޅުވައިލަނީ
ބޯޑަރު ބަންދަސް ޗައިނާގެ މާކެޓު ހޯދަން މަސައްކަތްކުރަނީ
ކޮވިޑް ކެމްޕޭންތަކުގެ ނަތީޖާ ރަނގަޅު: ތޮއްތިބު
ރަޝިޔާގެ ޓޫރިސްޓުންގެ އަދަދުން އާ އުއްމީދުތަކެއް