ކަރަންޓް ބިލް ނުދައްކައިގެން ހިދުމަތް ކަނޑައިލި ނ. މާފަރު ކައުންސިލް އިދާރާ އާއި އެ އިދާރާގެ ދަށުން ހިންގަމުން އަންނަ ހުރިހާ ތަނަކަށް އަލުން ކަރަންޓު ދީފި އެވެ.
23 އޮކްޓޯބަރ 2021
ކަރަންޓް ބިލް ނުދައްކައިގެން ހިދުމަތް ކަނޑައިލި ނ. މާފަރު ކައުންސިލް އިދާރާ އާއި އެ އިދާރާގެ ދަށުން ހިންގަމުން އަންނަ ހުރިހާ ތަނަކަށް އަލުން ކަރަންޓު ދީފި އެވެ.
މާފަރު ކައުންސިލްގެ މިދިޔަ ދައުރުން ފެށިގެން މިއަދާ ހަމަ އަށް ނުދައްކާ ހުރި ކަރަންޓު ބިލްތަކަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަރަ އެވެ. ކަރަންޓު ބިލު ނުދައްކައިގެން އެ ރަށު ކައުންސިލާއި ޕްރީސްކޫލު އަދި ފުޓްސެލް ދަނޑުން ކަރަންޓު ކާނޑާލީ މިދިޔަ ބުދަ ދުވަހު އެވެ.
މާފަރު ކައުންސިލްގެ ނައިބް ރައީސް މުހައްމަދު އާމިރު މިއަދު "މިހާރު" އަށް ވިދާޅުވީ އެ ރަށުގައި ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުގެ ނިންމުން ބަދަލުކޮށް އަލުން ކަރަންޓު ދޭން ފެށީ ރެއިން ފެށިގެން ކަމަށެވެ. ބިލުތަކަށްވާ ފައިސާ ކައުންސިލުން އަދި ނުދައްކަ އެވެ.
އެކަމަކު ފެނަކަ އިން އަލުން ކަރަންޓު ދިން ސަބަބެއް އަދި ސާފު ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ރަށު ކައުންސިލުން ކުރިން ބުނި ގޮތުގައި ފައިސާ ނުދެއްކި ހުރި ގިނަ ބިލްތަކަކީ މިދިޔަ ދައުރުގެ ބިލްތަކެވެ. އެކަމަކު މި ދައުރުގައި ކައުންސިލާއި ޕްރީސްކޫލު އަދި ދަނޑުގެ ކަރަންޓު ބިލް ދައްކަމުން އަންނަނިކޮށް ކަރަންޓު ކަނޑާލި އެވެ.
ކަރަންޓު ބިލްތަކަށް ފައިސާ ނުދެއްކި އޮތީ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ކައުންސިލްގެ ބަޖެޓްގެ ބައެއް ސަރުކާރުން ހިފެހެއްޓުމުން ކަމަށް ކައުންސިލުން ބުނެ އެވެ. އެކަމަކު ކޮވިޑްގެ ކުރިން ދައުރުގައި ގިނަ ބިލްތަކެއް ނުދައްކަ އޮތް ކަމަށާއި އެ ބިލުތަކުގައި ދައްކަން އޮތް ފައިސާގެ އަދަދު މިލިއަނަށް ވުރެ މަތިވާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ކައުންސިލް އިދާރާގެ ކަރަންޓު ކަނޑާލުމާ އެކު އެތަނުން ދެމުން އައި ހިދުމަތްތައް ވެސް މެދުކަނޑާލި އެވެ.
ކަރަންޓު ބިލަށް ފަސް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ދައްކަން ޖެހިފައިވާ 17 ރަށު ކައުންސިލަކުން ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު ފޮނުވާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބުނެފަ އެވެ. އެ ކައުންސިލުތަކުން މި މަހު 20 ގެ ކުރިން ފައިސާ ދައްކާ ހަލާސްކުރަން އަންގާފައިވެ އެވެ.
ފެނަކައާ ދެކޮޅަށް ކުޅުދުއްފުށީ ކައުންސިލުން ދައުވާކުރަނީ
ކަރަންޓު އަގުތައް ދެމެހެއްޓެނިވި ގޮތުގައި މެނޭޖުކުރެވޭނެ
ކަރަންޓުގެ ޓެރިފް ރޭޓު ދަށްކުރަނީ
ފެނަކަ ކަރަންޓު ބިލް ވެސް އެއްވަރުވީ ޑިސްކައުންޓުން
10 އަހަރަށް ބޭނުންވާ ކަރަންޓު ކެޕޭސިޓީ އައްޑޫ، ފުވައްމުލަކުގައި ގާއިމްކުރަނީ!
ކެންދޫގެ ކަރަންޓު މައްސަލަ ހައްލުކުރަން އާ ޖަނަރޭޓަރެއް
ކެންދޫގެ ކަރަންޓުގެ މައްސަލަ އަދިވެސް ހައްލެއް ނުވޭ
މެންދުރުން ފެށިގެން ކެންދޫގައި ކަރަންޓެއް ނެތް
ވަގުތީ ހައްލާއެކު ދާއިމީ ހައްލު ވެސް ހޯދަން: ފެނަކަ
އައްޑުއަށް އަނެއްކާވެސް 1.8 މެގަވޮޓުގެ ޖަނެރޭޓަރެއް!