21 އޮކްޓޯބަރ 2021
ހިޖުރަ ކުރުމުގެ ތެރޭގައި ރާއްޖެ އައި ފްލެމިންގޯތަކުގެ ތެރެއިން ބަޔަކު މީހުން ހިފައި ފިޔަ ކޮށައި ވިއްކަން މަސައްކަތް ކުރި ފްލެމިންގޯ އުޅެން ރަށެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.
ހިޖުރަ ކުރުމުގެ ތެރޭގައި ރާއްޖެ އައި ފްލެމިންގޯތަކުގެ ތެރެއިން ބަޔަކު މީހުން ހިފައި ފިޔަ ކޮށައި ވިއްކަން މަސައްކަތް ކުރި ފްލެމިންގޯ އުޅެން ރަށެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.
ހއ. ފިއްލަދޫން އެ އަތޮޅު ބާރަށަށް ދިޔަ ފްލެމިންގޯތަކެއް ހިފައި ވިއްކަން އުޅުނު މައްސަލަ އީޕީއޭ އާއި ފުލުހުން ގުޅިގެން ދަނީ ބަލަމުންނެވެ. ފްލެމިންގޯއެއް ވިއްކަން އުޅުނު މީހަކު ހޯދައި އެ ފްލެމިންގޯ ސަރުކާރުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މިއަދު އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވަނީ "މިހާރު" އަށް ވިދާޅުވެފަ އެވެ.
އެ ފްލެމިންގޯއާ ބެހޭ އިތުރު ތަފްސީލުތައް ދެމުން އީޕީއޭއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެ ފްލެމިންގޯ ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އެ ފްލެމިންގޯ އިނީ ފިޔަ ކޮށާލާފައި ކަމަށާއި އެހެންކަމުން، އެއަށް އެހެން ދޫނިތަކާ އެކު ހިޖުރަ ކުރުމުގެ ދަތުރުގައި ބައިވެރިނުވެވޭނެ ކަމަށް އީޕީއޭއިން ބުންޏެވެ.
އެހެންވެ، އީޕީއޭއިން މިހާރު މަސައްކަތް ކުރަމުން ދަނީ އެ ފްލެމިންގޯ ރިހެބިލިޓޭޓު ކުރަން ޅ. މާކޯ އަށް ފޮނުވާލުމަށެވެ. މާކޯ އަކީ ބޮޑު ކުޅިއެއް އޮންނަ ރަށެކެވެ. ފްލެމިންގޯތަކަކީ މިފަދަ ތަންތަނުގައި އުޅޭ ދޫނިތަކެކެވެ.
Arrangements are being made to rehabilitate the flamingo in Lh.Maakoa mangroves, a Protected Area currently under the administration of @MoDmv.
— EPA Maldives (@EPAMaldives) October 21, 2021
A veterinary doctor from @AtollVolunteers will be providing medical check ups to ensure that the bird stays healthy.
2/4
އީޕީއޭއިން މިއަދު ކުރި ޓްވީޓު --
އެ އެޖެންސީ އިން ބުނީ މާކޯގައި އެ ދޫނި ރިހެބިލިޓޭޓް ކުރަމުންދާއިރު، އެޓޯލް ވޮލެންޓިއާސް ޖަމިއްޔާގެ ޖަނާވާރާ ބެހޭ ޑޮކްޓަރެއް މެދުވެރިކޮށް އެ ދޫނީގެ ސިއްހަތު ރަނގަޅުތޯ ބަލަމުންދާނެ ކަމަށެވެ.
ފިޔަ ކޮށައި ވިއްކަން މަސައްކަތް ކުރި ފްލެމިންގޯ ރިހެބިލިޓޭޓް ކުރަން ފޮނުވާލަން ހަމަޖެހިފައިވާ ޅ. މާކޯ: އެ ރަށަކީ ފްލެމިންގޯ ދިރިއުޅޭ ފަދަ ކުޅިއެއް އޮންނަ ރަށެއް --
މާކޯ އަކީ ސިފައިންގެ ބެލުމުގެ ދަށުގައިވާ މާފިލާފުއްޓާ އެއް ފަޅެއްގައި ވަރަށް ކައިރީގައި އޮންނަ ރަށެކެވެ. ތިމާވެށިގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ އެ ރަށަކީ ވެސް ސިފައިންގެ ބެލުމުގެ ދަށުގައިވާ ރަށެކެވެ.
ފްލެމިންގޯ ހިފި މައްސަލަ ހޫނުވީ، ހިޖުރަ ކުރުމުގެ ތެރޭގައި އެ ދޫނީގެ އައިނެއް އައުމުން އެ ދޫނިތައް ހިފައި ވިއްކަން ބަޔަކު މަސައްކަތް ކުރުމުންނެވެ. ތިރީސް ހާސް ރުފިޔާ އަށް އޭގެ ދޫންޏެއް ވިއްކަން ވައިބާގައި ވެސް މީހަކު ޕޯސްޓު ކުރި އެވެ.
މި މައްސަލަ ފެންމަތިވީ ދޫނިތައް ހިޖުރަކުރާ މޫސުން އަންނާތީ ހިޖުރަ ކުރާ ދޫނިތައް ހިފާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީ އީޕީއޭއިން މި މަހުގެ ނުވަ ވަނަ ދުވަހު ބަޔާނެއް ވެސް ނެރެފައި ވަނިކޮށެވެ.
ހިމާޔަތްކޮށްފައިވާ ދިރުންތަކަށް ގެއްލުންދޭ ވަރު އިތުރު
ދޫނި ހިޖުރަކުރާ މޫސުން ފެށިއްޖެ، އެދެނީ ގޯނާ ނުކުރަން
ދިރޭ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް
ފިޔަ ކޮށާލި ފްލެމިންގޯގެ ހާލު ވަރަށް ދެރަ
ފްލެމިންގޯ ވިއްކަން އުޅުނު މީހާ ހޯދައި ދޫނި އަތުލައިފި
ހިޖުރަކުރާ ދޫނިތަކަށް ގޯނާ ނުކުރަން އިންޒާރު ދީފި
މޫދަށް ކްލޮރިން އެޅުމުން ދިރުންތައް މަރުވެގެން ލައްގަނީ
ފަރަށް އުރިފައިވާ 8 އުޅަނދު އަދިވެސް ފުން ނުކުރޭ!
ދޫނި ހިމާޔަތްކުރަން ދިރާސާކުރުމުގެ އެއްބަސްވުމެއް
ތިމާވެށީގެ ޖޫރިމަނާތަކުން 825 މިލިއަން ރުފިޔާ ނުލިބޭ