06 ޑިސެމްބަރ 2016
ޗެންނާއީ (ޑިސެމްބަރު 6) - ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށް ފަހު ހާޓް އެޓޭކެއް ޖެހިގެން ޖަޔަލަލިތާ ޖަޔަރާމް ރޭ އަވަހާރަވި ޚަބަރާ އެކު ދެކުނު އިންޑިއާގެ އެތައް ބަޔަކަށް ވަނީ ބޮޑު ހިތާމައެއް ލިބިފަ އެވެ. އުމުރުފުޅުން 68 އަހަރުގައި އަވަހާރަވީ ޗެންނާއީގެ އެޕޯލޯ ހޮސްޕިޓަލުގައި ސެޕްޓެމްބަރު މަހު ފަހުކޮޅުން ފެށިގެން ފަރުވާ ދެމުން ދަނިކޮށެެވެ.
ޗެންނާއީ (ޑިސެމްބަރު 6) - ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށް ފަހު ހާޓް އެޓޭކެއް ޖެހިގެން ޖަޔަލަލިތާ ޖަޔަރާމް ރޭ އަވަހާރަވި ޚަބަރާ އެކު ދެކުނު އިންޑިއާގެ އެތައް ބަޔަކަށް ވަނީ ބޮޑު ހިތާމައެއް ލިބިފަ އެވެ. އުމުރުފުޅުން 68 އަހަރުގައި އަވަހާރަވީ ޗެންނާއީގެ އެޕޯލޯ ހޮސްޕިޓަލުގައި ސެޕްޓެމްބަރު މަހު ފަހުކޮޅުން ފެށިގެން ފަރުވާ ދެމުން ދަނިކޮށެެވެ.
ޖަޔަލަލިތާ އަކީ އިންޑިއާގައި ސިޔާސީ ގޮތުން އެންމެ ނުފޫޒުގަދަ އެއް ޝަޚުސިއްޔަތެވެ. ސާޅި އާއި ފައިވާން އެއްކުރުމުގައި މަޝްހޫރުކަން ހޯދި ޖަޔަލަލިތާ އަކީ ބައެއް މީހުން ސިފަ ކުރާ ގޮތުގައި ފިލިޕީންސްގެ އިމެލްޑޯ މާކޯސް ފަދަ ބޭކަނބަލެކެވެ.
ޖަޔަލަލިތާ ދެކެ ޓަމިލް ނާޑޫގެ ރައްޔިތުން ލޯބިވާ ވަރުން އެކަމަނާ އަށް މުޚާތަބު ކުރަނީ ވެސް އައްމާ (މަންމަ) ގެ ނަމުންނެވެ. ޖަޔަލަލިތާގެ މައްޗަށް ކޮރަޕްޝަނުގެ ބައެއް ދައުވާތައް އުފުލި ނަމަވެސް ރައްޔިތުންގެ ހިތްތަކުގައި އެކަމަނާ އަށް އޮތް އިހުތިރާމަށް ބަދަަލެއް ނާދެ އެވެ.
ޖަޔަލަލިތާ އަށް އެންމެ ފަހުގެ އިހްތިރާމް އަދާ ކުރަނީ. --ފޮޓޯ:އޭއެފްޕީ
ކޮރަޕްޝަނުގެ މައްސަލައިގައި ޖަޔަލަލިތާ ވަނީ ދެ ފަހަރަށް ޖަލަށް ލައިފަ އެވެ. އެންމެ ފަހުން އެފަދަ މައްސަލައެއްގައި ޖަލަށް ވަޑައިގަންނަވަން ޖެހުނީ 2014 ވަނަ އަހަރު އެވެ. ޖަލުގައި ހުންނެވި އިރު ވެސް އެކަމަނާގެ ސްޓާފުންނަށް ވަނީ ހެނދުނުގެ ނާސްތާ ޖަލަށް ގެންދިއުމުގެ ހުއްދަ ގާޑުން ދީފަ އެވެ. މިއީ އެހެން ގައިދީންނަށް ހުއްދަ އޮންނަ ކަމެއް ނޫނެވެ.
ޖަޔަލަލިތާގެ މައްޗަށް ކުރި ކޮރަޕްޝަނުގެ ތުހުމަތާ ގުޅިގެން 1997 ވަނަ އަހަރު ފުލުހުން އެކަމަނާގެ ގެ ބަލާ ފާސްކުރުމުން ވަނީ 10،500 ސާޅި އާއި 750 ފައިވާން ފެނިފަ އެވެ. އަދި ޑައިމަންޑް ޖަހާފައިވާ 1.5 ކިލޯގެ ރަނުގެ ބެލްޓެއް ވެސް ވަނީ ފެނިފަ އެވެ.
އެކަމަކު ދެކުނު އިންޑިއާގެ މީހުން ޖަޔަލަލިތާ އަށް ކުރާ ތާއީދަށް ކުޑަވެސް ބަދަލެއް ނާދެ އެވެ. އެކަމަނާ އަށް ބައްދަލުކުރަން ދާ އާއްމުން ފައިބުޑަށް ވެއްޓި އޮވެ އެވެ. ވަޒީރުން ވެސް އެހާ އިހުތިރާމް ކުރެ އެވެ. ސެޕްޓެމްބަރު މަހު ފަހުކޮޅު ޖަޔަލަލިތާ ބަލިވި ޚަބަރާ އެކު ދެކުނު އިންޑިއާގެ މީހެއްގެ ގައިގައި ވަނީ އަލިފާން ވެސް ރޯކޮށްލައިފަ އެވެ.
ޖަޔަލަލިތާގެ ސަޕޯޓަރުން އެކަމަނާގެ ފޮޓޯއެއް ހިފައިގެން. --ފޮޓޯ:އޭއެފްޕީ
ތިން ފަހަރެއްގެ މަތިން ޓަމިލް ނާޑޫ ސްޓޭޓުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ޖަޔަލަލިތާ އަކީ ދީލަތި ބޭކަނބަލެކެވެ. ޚާއްސަކޮށް އިންތިޚާބު ދުވަސްވަރު ލެޕްޓޮޕާއި ބައިސްކަލް ފަދަ އަގު ބޮޑެތި ހަދިޔާ އެކަމަނާ ބައްސަވަ އެވެ. ޖަޔަލަލިތާގެ "އައްމާ ކެންޓީން" އިން ތިން ރުޕީސް އަށް ދޭ މެންދުރުގެ ކެއުމުގެ ސަބަބުން ވެސް އެކަމަނާގެ މަގްބޫލްކަން ވަނީ ބޮޑުވެފަ އެވެ.
ފިލްމީ ދާއިރާ އިން ސިޔާސީ ދާއިރާ އަށް ވެންނެވުމުގައި ޖަޔަލަލިތާ އެކު ފިލްމުތަކުން ފެނުނު ބަތަލް އެމް.ޖީ ރާމަޗަންދުރަން ވަނީ މުހިންމު ރޯލެއް އަދާކޮށްފަ އެވެ. ޖަޔަލަލިތާ ވަނީ 100 އަށް ވުރެ ގިނަ ފިލްމް ކުޅެފަ އެވެ. އޯލް އިންޑިއާ އަންނާ ޑްރެވިދާ މުނެޓްރާ ކަޒަގަމް (އޭއައިއޭޑީއެމްކޭ) ޕާޓީ އުފެއްދީ ރާމަޗަންދުރަން އެވެ. އޭނާ 1987 ވަނަ އަހަރު މަރުވުމާ ހަމައަށް ރާމަޗަންދުރަންއާ އެކު ޖަޔަލަލިތާ ވަރަށް ގާތް ގުޅުމެއް ބޭއްވި އެވެ. ނަމަވެސް ރާމަޗަންދުރަންގެ ހަށިގަނޑު ބަލާލުމުގެ ފުރުސަތު ޖަޔަލަލިތާ އަށް ދޭން އޭނާގެ އާއިލާ އިން ދެކޮޅު ހެދި އެވެ.
"އަޅުގަނޑުގެ ހަޔާތުގެ ތިންބައި ކުޅަ އެއްބައި ހޭދަކުރީ މަންމަ އާކު. އަނެއް ބައި (ބޮޑު ބައި) ހޭދަކުރީ އެމްއާރުޖީ އާ އެކު،" ރާމަޗަންދުރަން އަށް އިޝާރާތްކޮށް ޖަޔަލަލިތާ ވިދާޅުވެފައިވެ އެވެ.
ޗެންނާއި ގައި ހުންނަ ޖަޔަލަލިތާގެ ގެއިން އެކަމަނާ ނުކުމެވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ
ޕާޓީގައި ޖަޔަލަލިތާ ވަނީ ވަރަށް ހަލުވިކަމާ އެކު ކުރިއަށް ވަޑައިގެންފަ އެވެ. އަދި 1983 ވަނަ އަހަރު ވަނީ ޕާލަމެންޓުން ޖާގަ ހޯއްދަވައިފަ އެވެ. ރާމަޗަންދުރަން އަވަހާރަވުމާ އެކު ޕާޓީގެ ލީޑަރުކަން ވެސް ހޯއްދަވާ އަދި އެންމެ ފަހުން 1991 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރައްވާ ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރުގެ މަގާމަށް ވަޑައިގެންނެވި އެވެ.
ޖަޔަލަލިތާގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތު ވާދަވެރި ސިޔާސީ ފަރާތްތަކުން އެންމެ ފުރަތަމަ ކުރީ 1996 ވަނަ އަހަރު އެވެ. އެކަމަނާ ވިދާޅުވެފައި ވަނީ އެއީ ސިޔާސީ ރޭވުމެއް ކަމަށެވެ.
ޖަޔަލަލިތާގެ މައްޗަށް އެންމެ ފަހުން ކުރި ކޮރަޕްޝަނުގެ ތުހުމަތުގައި އެކަމަނާގެ މިލްކުގައި 1،000 އޭކަރުގެ ދެ ބިމުގައި ހަދާފައިވާ އަގު ބޮޑު ދެ ގެ ހިމެނޭ ކަމަށް ޕްރޮސެކިއުޓަރުން ބުނެފައިވެ އެވެ. ނަމަވެސް ޗީފް މިނިސްޓަރު ކަމުގެ ތިން ވަނަ ދައުރު ވެސް އެކަމަނާ މި އަހަރު ވަނީ ކާމިޔާބު ކުރައްވައިފަ އެވެ.
ޖަޔަލަލިތާ އަވަހާރަވެއްޖެ
ޓަމިލް ނާޑޫ އަށް އާ ޗީފް މިނިސްޓަރެއް ލިބިއްޖެ
ޖަޔަލަލިތާ އަވަހާރަވީ އިންފެކްޝަނުގެ ސަބަބުން ގުނަވަންތައް ހަލާކުވެގެން
ތޫފާނުން ދެކުނު އިންޑިއާ އަށް ބޮޑެތި ގެއްލުންތަކެއް
ޖަޔަލަލިތާގެ ހާލު ވަރަށް ނާޒުކް: ހޮސްޕިޓަލް
ޖަޔަލަލިތާ އަށް ހާޓް އެޓޭކެއް ޖެހިއްޖެ
ޖަޔަލަލިތާއާ ބެހޭ ދޮގު ވާހަކަ ދެއްކި ދެ މީހަކު ބަންދު
ޖަޔަލަލިތާ ހާލު ރަނގަޅު، ސްޓޭޓް ހިންގަނީ ހޮސްޕިޓަލުން
އަބުރުގެ ދައުވާ ނުކޮށް، ސަރުކާރު ހިންގަން އުޅޭ: ކޯޓު
ފެންބޮޑުވި ތަނުން ސަލާމަތްކުރި މީހުންގެ ތެރޭގައި އާމިރު