16 ފެބުރުއަރީ 2017
މެޑްރާސް (ފެބްރުއަރީ 16) - ޓަމިލް ނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަރާލް ޖަޔަލަލިތާ މިދިޔަ ޑިސެމްބަރު މަހު އަވަހާރަވުމާ ގުޅިގެން އެ ސްޓޭޓަށް ސިޔާސީ ގޮތުން ކުރިމަތިވި ހުސް ކަމަށް ފަހު އެންމެ ފަހުން އާ ޗީފް މިނިސްޓަރެއް ލިބިއްޖެ އެވެ.
މެޑްރާސް (ފެބްރުއަރީ 16) - ޓަމިލް ނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަރާލް ޖަޔަލަލިތާ މިދިޔަ ޑިސެމްބަރު މަހު އަވަހާރަވުމާ ގުޅިގެން އެ ސްޓޭޓަށް ސިޔާސީ ގޮތުން ކުރިމަތިވި ހުސް ކަމަށް ފަހު އެންމެ ފަހުން އާ ޗީފް މިނިސްޓަރެއް ލިބިއްޖެ އެވެ.
ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރަކަށް މިހާރު ހަމަޖައްސާފައި ވަނީ ޖަޔަލަލިތާގެ އެންމެ އަރިސް ސަސިކަލާ ނަތަރާޖަން އިޚްތިޔާރު ކުރެއްވި އެޑަޕައްޑީ ޕަލަނިސްވާމީ އެވެ. މަގާމުގެ ހުވާ މިއަދު ހަވީރު އޭނާ ކުރައްވާނެ އެވެ.
ޗީފް މިނިސްޓަރުގެ މަގާމަށް ޕާޓީގެ ފަރާތުން ފުރަތަމަ ނޮމިނޭޓް ކުރީ ސަސިކަލާ އެވެ. ނަމަވެސް ޕާޓީގެ ތެރޭން ބައެއް މީހުން އެކަމަނާއާ ދެކޮޅަށް ތެދުވެ، ސަސިކަލާގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ މައްސަލައިގައި ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން އެކަމަނާގެ މައްޗަށް ވަނީ ކުށް ސާބިތުވެ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. ޖަލަށް ވަޑައިގަތުމުގެ ކުރިން ސަސިކަލާ ވަނީ ޗީފް މިނިސްޓަރުގެ މަގާމަށް ޕަލަނިސްވާމީ އިޚްތިޔާރު ކުރައްވައިފަ އެވެ.
ޕާޓީގެ ތެރޭން ސަސިކަލާއާ ދެކޮޅަށް ތެދުވެފައި ވަނީ ޖަޔަލަލިތާ އަވަހާރަވުމުން ވަގުތީ ގޮތުން ޗީފް މިނިސްޓަރަކަށް ހަމަޖެއްސި އޯ. ޕަންނީރްސެލްވަމް އެވެ. އޭނާ ވިދާޅުވެފައި ވަނީ މަގާމުން އިސްތިއުފާ ދިނުމަށް މަޖްބޫރުކޮށްފައިވާ ކަމަށެވެ. އަދި އިންތިޚާބީ މަގާމެއް ދުވަހަކު ވެސް ފުރާފައި ނުވާ ސަސިކަލާ ކުއްލިއަކަށް ޕާޓީގެ އެންމެ އިސް މަގާމަށް ގެނެސް ޗީފް މިނިސްޓަރުކަން ދިނުމާ މެދު ޕަންނީރްސެލްވަމް ވަނީ ސުވާލު އުފައްދަވައިފަ އެވެ.
ޖަޔަލަލިތާއާ ކިތަންމެ ގާތް ނަމަވެސް ޕާޓީގެ އަދި ސަރުކާރުގެ ރަސްމީ އެއްވެސް މަގާމެއް ސަސިކަލާ އަށް ހަވާލުކޮށްފައެއް ނުވެ އެވެ.
ޖަޔަލަލިތާ އަވަހާރަވީ އިންފެކްޝަނުގެ ސަބަބުން ގުނަވަންތައް ހަލާކުވެގެން
ޖަޔަލަލިތާ: ދެކުނު އިންޑިއާގައި އުފެދުނު ސިޔާސީ "މަންމަ" އެއް
ޖަޔަލަލިތާ އަވަހާރަވެއްޖެ
ޖަޔަލަލިތާގެ ހާލު ވަރަށް ނާޒުކް: ހޮސްޕިޓަލް
ޖަޔަލަލިތާ އަށް ހާޓް އެޓޭކެއް ޖެހިއްޖެ
ޖަޔަލަލިތާއާ ބެހޭ ދޮގު ވާހަކަ ދެއްކި ދެ މީހަކު ބަންދު
ޖަޔަލަލިތާ ހާލު ރަނގަޅު، ސްޓޭޓް ހިންގަނީ ހޮސްޕިޓަލުން
އަބުރުގެ ދައުވާ ނުކޮށް، ސަރުކާރު ހިންގަން އުޅޭ: ކޯޓު
ފިލްމަށް ޖަޔަލަލީތާ ބޭނުންވީ އައިޝްވާރިއާ
އިންދިރާގެ ރޯލު ކަންގަނާ ކުޅޭ ފިލްމަކީ "އިމަޖެންސީ"