06 ފެބުރުއަރީ 2017
މެޑްރާސް (ފެބްރުއަރީ 6) - ޓަމިލް ނާޑޫ ސްޓޭޓުގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަރާމް ޖަޔަލަލިތާ އަވަހާރަވީ ވަރުގަދަ އިންފެކްޝަނެއްގެ ސަބަބުން ގުނަވަންތައް ހަލާކުވެގެން ކަމަށް މެޑްރާސްގެ އެޕޯލޯ ހޮސްޕިޓަލުގައި އެކަމަނާ އަށް ފަރުވާ ދިން ޑޮކްޓަރު ވިދާޅުވެއްޖެ އެވެ.
މެޑްރާސް (ފެބްރުއަރީ 6) - ޓަމިލް ނާޑޫ ސްޓޭޓުގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަރާމް ޖަޔަލަލިތާ އަވަހާރަވީ ވަރުގަދަ އިންފެކްޝަނެއްގެ ސަބަބުން ގުނަވަންތައް ހަލާކުވެގެން ކަމަށް މެޑްރާސްގެ އެޕޯލޯ ހޮސްޕިޓަލުގައި އެކަމަނާ އަށް ފަރުވާ ދިން ޑޮކްޓަރު ވިދާޅުވެއްޖެ އެވެ.
މިއީ އުމުރުން 68 އަހަރުގައި ހާޓް އެޓޭކެއް ޖެހިގެން ޑިސެމްބަރު 5 ވަނަ ދުވަހު ޖަޔަލަލިތާ އަވަހާރަވި ސަބަބާ ބެހޭ ގޮތުން ހޮސްޕިޓަލުން ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. ޖަޔަލަލިތާ އަށް ފަރުވާ ދިން އިނގިރޭސިވިލާތުގެ ޑޮކްޓަރު ރިޗާޑް ބޭލް ވިދާޅުވީ ނޭވާ ކުރުވާތީ ޖަޔަލަލިތާ ހޮސްޕިޓަލަށް ގެނައި ފަހުން އިންފެކްޝަނަށް ފަރުވާ ދިނުމުން ބަލި ވަރަށް ބޮޑުތަން ރަނގަޅުވި ކަމަށެވެ.
"އަވަހާރަވުމުގެ ހަފުތާއެއް ކުރިން ވެސް ޖަޔަލަލިތާ ދިޔައީ އިޝާރާތުން ވާހަކަ ދައްކަވަމުން. އަޅުގަނޑަކީ އިންޗާޖް ކަމަށް ބުނުމުން ޖަޔަލަލިތާ ވިދާޅުވީ އޭނާ ކަމަށް އިންޗާޖަކީ،" ރިޗާޑް ވިދާޅުވި އެވެ.
އެޕޯލޯ ހޮސްޕިޓަލުގެ އެހެހެން ޑޮކްޓަރަކު ވެސް ވިދާޅުވީ ބައެއް ލިޔުންތަކުގައި އެކަމަނާ ސޮއިކުރެއްވި އިރު ހަމަހޭ ހުންނެވި ކަމަށެވެ. ދެކުނު އިންޑިއާގެ ގިނަ ބައެއްގެ މަގްބޫލްކަން ހޯދާފައިވާ ޖަޔަލަލިޔާ އަވަހާރަވީ އެކަމަނާ އަށް ފަރުވާދޭތާ ތިން މަސް ފަހުންނެވެ.
ޖަޔަލަލިތާ އަވަހާރަވި ގޮތާ މެދު ސުވާލު އުފައްދާފައި ވަނީ އެކަމަނާގެ ބައްޔާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް އާއްމުކޮށްފައި ނުވާތީ އެވެ. އަދި ޖަޔަލަލިތާ އަށް ޒިޔާރަތް ކުރުމުގެ ހުއްދަ އޮންނަނީ ވެސް އެކަމަނާގެ ވަރަށް ގާތް މީހުންނަށް އެކަންޏެވެ.
ޑޮކްޓަރުން ބުނީ ވަރަށް ބަލި ހާލަތުގައި އޮންނަ މީހެއްގެ ކައިރިއަށް މީހުން ޒިޔާރަތްކޮށް ފޮޓޯ ނަގާ ހެދުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
ޓަމިލް ނާޑޫ އަށް އާ ޗީފް މިނިސްޓަރެއް ލިބިއްޖެ
ޖަޔަލަލިތާ: ދެކުނު އިންޑިއާގައި އުފެދުނު ސިޔާސީ "މަންމަ" އެއް
ޖަޔަލަލިތާ އަވަހާރަވެއްޖެ
ޖަޔަލަލިތާގެ ހާލު ވަރަށް ނާޒުކް: ހޮސްޕިޓަލް
ޖަޔަލަލިތާ އަށް ހާޓް އެޓޭކެއް ޖެހިއްޖެ
ޖަޔަލަލިތާއާ ބެހޭ ދޮގު ވާހަކަ ދެއްކި ދެ މީހަކު ބަންދު
ޖަޔަލަލިތާ ހާލު ރަނގަޅު، ސްޓޭޓް ހިންގަނީ ހޮސްޕިޓަލުން
އަބުރުގެ ދައުވާ ނުކޮށް، ސަރުކާރު ހިންގަން އުޅޭ: ކޯޓު
ފިލްމަށް ޖަޔަލަލީތާ ބޭނުންވީ އައިޝްވާރިއާ
އިންދިރާގެ ރޯލު ކަންގަނާ ކުޅޭ ފިލްމަކީ "އިމަޖެންސީ"