Roadha Mihaaru
ޖަޔަލަލިތާގެ ހާލު ވަރަށް ނާޒުކް: ހޮސްޕިޓަލް

ޖަޔަލަލިތާގެ ހާލު ވަރަށް ނާޒުކް ކަމަށް ހޮސްޕިޓަލުން ބުނެފި

05 ޑިސެމްބަރ 2016

ޗެންނާއީ (ޑިސެމްބަރު 5) - އިންޑިއާގެ އެންމެ މަޝްހޫރު އަދި އެންމެ ނުފޫޒުގަދަ އެއް ސިޔާސީ ޝަހުސިއްޔަތު ކަމަށްވާ ޓަމިލް ނާޑޫ ސްޓޭޓުގެ ޗީފް މިނިސްޓަރު ޖަޔަރާމް ޖަޔަލަލިތާ އަށް ރޭ ޖެހުނު ހާޓް އެޓޭކާ ގުޅިގެން އެކަމާނާގެ ހާލު ވަރަށް ނާޒުކު ކަމަށް ފަރުވާ ދެމުންދާ ޗެންނާއީގެ އެޕޯލޯ ހޮސްޕިޓަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޗެންނާއީ (ޑިސެމްބަރު 5) - އިންޑިއާގެ އެންމެ މަޝްހޫރު އަދި އެންމެ ނުފޫޒުގަދަ އެއް ސިޔާސީ ޝަހުސިއްޔަތު ކަމަށްވާ ޓަމިލް ނާޑޫ ސްޓޭޓުގެ ޗީފް މިނިސްޓަރު ޖަޔަރާމް ޖަޔަލަލިތާ އަށް ރޭ ޖެހުނު ހާޓް އެޓޭކާ ގުޅިގެން އެކަމާނާގެ ހާލު ވަރަށް ނާޒުކު ކަމަށް ފަރުވާ ދެމުންދާ ޗެންނާއީގެ އެޕޯލޯ ހޮސްޕިޓަލުން ބުނެފި އެވެ.

ޖަޔަލަލިތާ އަށް ހާޓް އެޓޭކެއް ޖެހުނު ޚަބަރާ އެކު އެތައް ސަތޭކަ ބަޔަކު ވަނީ ހޮސްޕިޓަލަށް ޖަމާވެފަ އެވެ. ޖަޔަލަލިތާގެ ގެ އާއި ހޮސްޕިޓަލުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން މިހާރު ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފަ އެވެ.

ޖަޔަލަލިތާ، 68، އަށް ދަނީ ސެޕްޓެމްބަރު މަހުން ފެށިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ޓަމިލް ނާޑޫ ސްޓޭޓުގެ ޗީފް މިނިސްޓަރުކަން ހަތަރު ފަހަރެއްހެ މަތިން ކުރައްވާފައިވާ ކުރީގެ ފިލްމީ ތަރި އަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދިން ނަމަވެސް ބައްޔާ ބެހޭ މައުލޫމާތު އާއްމުކޮށްފައެއް ނުވެ އެވެ.

ޖަޔަލަލިތާ އަވަހާރަވެއްޖެ ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ހާމަކުރުމާ ގުޅިގެން ހޮސްޕިޓަލް ބޭރުގައި ވަނީ ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ވެސް ހިނގައިފަ އެވެ. ނަމަވެސް ފަހުން ވަނީ އެ ޚަބަރުތައް ދޮގު ކޮށްފަ އެވެ. އަދި ޕާޓީގެ ހެޑްކުއާޓަރުގެ ދިދަ ބައި ދަނޑި އަށް ތިރިކުރި ނަމަވެސް ފަހުން ވަނީ ދިދަ ވެސް ނަގައިފަ އެވެ.

ހޮސްޕިޓަލުން އެންމެ ފަހުން ބުނެފައި ވަނީ ޖަޔަލަލިތާގެ ހާލަތު ޑޮކްޓަރުންގެ ޚާއްސަ ޓީމަކުން މޮނިޓާ ކުރަމުންދާ ކަމަށާއި އެކަމާނާ މިހާރު އޮތީ ލައިފް ސަޕޯޓް ސިސްޓަމުގައި ކަމަށެވެ. އަދި އެކަމަނާ އަށް ހެޔޮ ދުއާކޮށް ދިނުމަށް ހޮސްޕިޓަލުން ވަނީ އެދިފަ އެވެ.

ޖަޔަލަލިތާ އަކީ ދެކުނު އިންޑިއާގައި ވަރަށް މަގްބޫލް މީހެކެވެ. އެކަމަނާ މަޝްހޫރުވެފައި ވަނީ ވެސް އައްމާ (މަންމަ) ގެ ނަމުންނެވެ. އެހެންވެ ޖަޔަލަލިތާގެ ސިއްހީ ހާލަތާ ބެހޭ މައުލޫމާތު ހޯދުމަށް ގިނަ ބަޔަކު ޝައުގުވެރިވެ އެވެ.