24 އޯގަސްޓް 2016
ނިއުދިއްލީ (24 އޮގަސްޓް) - އިންޑިއާގެ ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރަށް ފާޑު ކިޔަމުންދިޔަ މީހަކާ ދެކޮޅަށް އަބުރުގެ ދައުވާ ކުރުމުން އެ ސްޓޭޓްގެ ސަރުކާރަށް އެ ގައުމުގެ ސުޕްރީމް ކޯޓުން މިއަދު ފާޑު ކިޔައިފި އެވެ.
ނިއުދިއްލީ (24 އޮގަސްޓް) - އިންޑިއާގެ ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރަށް ފާޑު ކިޔަމުންދިޔަ މީހަކާ ދެކޮޅަށް އަބުރުގެ ދައުވާ ކުރުމުން އެ ސްޓޭޓްގެ ސަރުކާރަށް އެ ގައުމުގެ ސުޕްރީމް ކޯޓުން މިއަދު ފާޑު ކިޔައިފި އެވެ.
ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރު ޖަޔަލަލިތާ އަށް ފާޑު ކިޔަމުންދިޔަ މީހަކާ ދެކޮޅަށް އެ ސްޓޭޓްގެ ސަރުކާރުން އަބުރުގެ ދައުވާކުރި މައްސަލަ އެ މީހާގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. އެ މީހާއާ ދެކޮޅަށް އަބުރުގެ ދައުވާކުރަނީ ޖަޔަލަލިތާގެ ސިއްހީ ހާލަތު ބަޔާންކޮށް، ލިޔުމެއް ޝާއިއު ކުރުމުންނެވެ.
އެ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުން ބުނީ ޑިމޮކްރަސީ ހަލާކު ކޮށްލުމަށް އަބުރުގެ ގާނޫނުގެ ހަތިޔާރަކަށް ބޭނުން ނުކުރެވޭނެ ކަމަށާއި މަތީ މަގާމުތައް އަދާކުރާ ނަމަ ފާޑު ކިޔުންތައް އަންނާނެ ކަމަށާއި އެކަން ބަލައިގަންނަންޖެހޭނެ ކަމަށެވެ.
"ޑިމޮކްރަސީ ހަލާކުކޮށްލަން އަބުރުގެ ދައުވާ ހަތިޔާރަކަށް ނުހެދޭނެ،" ފަނޑިޔާރުންގެ ބެންޗުން ބުނެފައިވެ އެވެ.
އެ ބެންޗުން ޓެމިލް ނާޑޫގެ ސަރުކާރަށް ގޮވާލީ އަބުރުގެ ދައުވާ ނުކޮށް، ސަރުކާރު ރަނގަޅަށް ހިންގަން އިސްކަން ދިނުމަށެވެ.
އެ މައްސަލާގައި މީގެ ކުރިން ވެސް އިންޑިއާ ސުޕްރީމް ކޯޓުން ވަނީ ޓެމިލް ނާޑޫ ސަރުކާރަށް ފާޑު ކިޔައިފަ އެވެ. އިންޑިއާގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި އޮތަސް އޭގެ މާނައަކީ ފާޑު ކިޔުންތަކަށް ފުރުސަތު ނެތުން ނޫން ކަމަށާއި ފާޑު ކިޔުން ބަލައިގަންނަންޖެހޭނެ ކަމަށް އެ ކޯޓުން ކުރިން ވެސް ވަނީ ބުނެފަ އެވެ.
ޖަޔަލަލިތާ އަށް ފާޑު ކިޔަމުންދިޔަ މީހާއާ ދެކޮޅަށް އަބުރުގެ ދައުވާކޮށް، އެ މީހާ ހައްޔަރުކުރަން ޓެމިލްނާޑޫގެ ކޯޓަކުން އަމުރު ނެރެފައި ވިޔަސް ސުޕްރީމް ކޯޓުން މިިހާރު ވަނީ ދަށު ކޯޓުގެ ޝަރީއަތް މަޑުޖައްސާލަން އަމުރުކޮށްފަ އެވެ.
ޓަމިލް ނާޑޫ އަށް އާ ޗީފް މިނިސްޓަރެއް ލިބިއްޖެ
ޖަޔަލަލިތާ އަވަހާރަވީ އިންފެކްޝަނުގެ ސަބަބުން ގުނަވަންތައް ހަލާކުވެގެން
ޖަޔަލަލިތާ: ދެކުނު އިންޑިއާގައި އުފެދުނު ސިޔާސީ "މަންމަ" އެއް
ޖަޔަލަލިތާ އަވަހާރަވެއްޖެ
ޖަޔަލަލިތާގެ ހާލު ވަރަށް ނާޒުކް: ހޮސްޕިޓަލް
ޖަޔަލަލިތާ އަށް ހާޓް އެޓޭކެއް ޖެހިއްޖެ
ޖަޔަލަލިތާއާ ބެހޭ ދޮގު ވާހަކަ ދެއްކި ދެ މީހަކު ބަންދު
ޖަޔަލަލިތާ ހާލު ރަނގަޅު، ސްޓޭޓް ހިންގަނީ ހޮސްޕިޓަލުން
ފާޑު ކިއުމަކީ އަބުރާ ބެހުމެއް ނޫން: އިންޑިއާ ކޯޓު
ރާހުލްގެ ޖަލު ހުކުމް ސަސްޕެންޑްކޮށް،މެމްބަރުކަން ދީފި