Roadha Mihaaru
ތޫފާނުން ދެކުނު އިންޑިއާ އަށް ބޮޑެތި ގެއްލުންތަކެއް

ތޫފާނުގެ ސަބަބުން ދެކުނު އިންޑިއާގެ ބޮޑު ބަޔަކަށް ގެއްލުން ލިބިއްޖެ

13 ޑިސެމްބަރ 2016

ޗެންނާއީ (ޑިސެމްބަރު 13) - ދެކުނު އިންޑިއާ އަށް އިއްޔެ އެރި ބާރުގަދަ ތޫފާނުގައި އެ ސަރަހައްދަށް ބޮޑު ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޗެންނާއީ (ޑިސެމްބަރު 13) - ދެކުނު އިންޑިއާ އަށް އިއްޔެ އެރި ބާރުގަދަ ތޫފާނުގައި އެ ސަރަހައްދަށް ބޮޑު ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

އިންޑިއާގެ ޓެކް ހަބުން ވަނީ މަދުވެގެން 10 މީހުން މަރުވެ ގެތަކާއި ގަސްތައް ބިމާ ހަމަވެފަ އެވެ. ބޮޑު ސަރަހައްދަކުން ވަނީ ކަރަންޓް ކެނޑިފަ އެވެ. ގިނަ މީހުން މަރުވެފައި ވަނީ ވެއްޓުނު ގަސްތަކުގެ ދަށުވެފަ އެވެ. ތޫފާނުގައި ގަޑިއަކު 140 ކިލޯމީޓަރުގެ ބާރު މިނުގައި ވަނީ ވައިޖެހިފަ އެވެ.

އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނީ ތޫފާން ވަރުދާ އަކީ ވޭތުވެދިޔަ ވިއްސަކަށް އަހަރު ތެރޭ ޓަމިލް ނާޑޫގެ ވެރި ރަށަށް ކުރިމަތިވި އެންމެ ބާރުގަދަ ތޫފާން ކަމަށެވެ. މި ތޫފާނަށް ވަރުދާ (ފިނިފެންމާ) ގެ ނަންދީފައި ވަނީ ޕާކިސްތާނުންނެވެ.

ޗެންނާއީ އަށް އެރި ތޫފާނުގައި މަގުތަކުގައި ފންބޮޑުވެފައި. --ފޮޓޯ:އޭއެފްޕީ

ޗެންނާއީ އަށް އެރި ތޫފާނުގައި މަގުތަކުގައި ފންބޮޑުވެފައި. --ފޮޓޯ:އޭއެފްޕީ

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ތަރުޖަމާން އަބީޝެކް ޝަންދިޔާލް ވިދާޅުވީ ތޫފާނުގެ ބާރު ދަށްވާން މިހާރު ފަށާފައިވާ ކަމަށެވެ. އަދި ދުރު ހިސާބުތަކަށް ލިބުނު ގެއްލުންތައް ސާފު ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ. ޓީވީ ފުޓޭޖްތަކުން ފެންނަ ގޮތުގައި ގަދަ ވައިގައި ކާރުތައް އެއްލާލާފައިވާ އިރު ބޯ ވިއްސާރައިގެ ސަބަބުން މަގުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ.

ތޫފާން އަރާތީ ޗެންނާއީ އިންޓަނޭޝަން އެއާޕޯޓު އިއްޔެ ވަނީ 12 ގަޑިއިރަށް ބަންދުކޮށްފަ އެވެ. އެއާޕޯޓުގެ އޮފިޝަލަކު ބުނީ ފްލައިޓް ދަތުރުތައް މިއަދު އަލުން ފަށާނެ ކަމަށެވެ. ރޭލު ދަތުރުތައް ވެސް މިއަދު ވަނީ ކޮންމެވެސް ވަރަކަށް ފަށައިފަ އެވެ.

ތޫފާނުގައި ޗެންނާއީ އިން ވެއްޓުނު ގަސްތައް ނަގާ ސާފު ކުރަނީ. --ފޮޓޯ:އޭއެފްޕީ

ތޫފާނުގައި ޗެންނާއީ އިން ވެއްޓުނު ގަސްތައް ނަގާ ސާފު ކުރަނީ. --ފޮޓޯ:އޭއެފްޕީ

ޗެންނާއީ އަށް ތޫފާނެއް އަރާފައި މި ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިން އެ ސިޓީގައި ފެންބޮޑުވެ 250 މީހުން މަރުވެފައި ވަނިކޮށެވެ.

އިންޑިއާގެ އިރުމަތީގެ ހިސާބުތަކާއި ބަންގްލަދޭޝް އަށް އެޕްރީލް އާއި ޑިސެމްބަރާ ދެމެދު އާއްމުކޮށް ތޫފާންތައް އަރަ އެވެ. އިންޑިއާގެ އޮރިއްސާ އަށް 1999 ވަނަ އަހަރު އެރި ތޫފާނުގައި 8،000 މީހުން ވަނީ މަރުވެފަ އެވެ. އިންޑިއާގެ ޕޮންޑިޗަރީ އަށް ޑިސެމްބަރު، 2011 ވަނަ އަހަރު އެރި ތޫފާނެއްގައި ވަނީ 30 މީހުން މަރުވެ އެތައް ގެއެއް ހަލާކުވެފަ އެވެ. އަދި މެއި، 2010 ގައި ދެކުނުގެ އަންދުރަ ޕްރަދޭޝް އަށް އެރި ތޫފާނުގައި ވަނީ 23 މީހުން މަރުވެފަ އެވެ.