12 ޑިސެމްބަރ 2016
ޗެންނާއީ (ޑިސެމްބަރު 12) - އިންޑިއާގެ ދެކުނުގެ ޓަމިލް ނާޑޫ އާއި އަންދުރަ ޕްރަދޭޝް އަށް ބާރުގަދަ ތޫފާނެއް އަރާތީ އެ ދެ ސްޓޭޓުގެ ކަމާބެހޭ އޮފިޝަލުން ތައްޔާރީ ހާލަތަށް އަތުވެއްޖެ އެވެ.
ޗެންނާއީ (ޑިސެމްބަރު 12) - އިންޑިއާގެ ދެކުނުގެ ޓަމިލް ނާޑޫ އާއި އަންދުރަ ޕްރަދޭޝް އަށް ބާރުގަދަ ތޫފާނެއް އަރާތީ އެ ދެ ސްޓޭޓުގެ ކަމާބެހޭ އޮފިޝަލުން ތައްޔާރީ ހާލަތަށް އަތުވެއްޖެ އެވެ.
ދެ ސްޓޭޓުގެ އެކި ހިސާބުތަކަށް މިހާރު ވެސް ވަނީ ބޯކޮށް ވާރޭވެހެން ފަށައިފަ އެވެ. މޫސުމާ ބެހޭ އޮފިޝަލުން ލަފާކުރާ ގޮތުގައި ޗެންނާއީ އަށް މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ތޫފާން އަރާނެ އެވެ. ޓަމިލް ނާޑޫގެ ސްކޫލްތަކާއި ކޮލެޖްތައް ވެސް މިއަދު ވަނީ ބަންދުކޮށްފަ އެވެ. އަދި ރެސްކިއު ޓީމުތައް ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފަ އެވެ. ރިލީފް އޮޕަރޭޝަނަށް އިންޑިއާގެ ކަނޑުގެ ސިފައިން ވެސް ވަނީ ތައްޔާރުވެފަ އެވެ. ދެ ސްޓޭޓުގެ މަސްވެރިން ކަނޑު މައްޗަށް ނޭރުމަށް ވަނީ އަންގައިފަ އެވެ. ޗެންނާއީ އިން މިއަދު ވަނީ ބައެއް ފްލައިޓްތައް ވެސް ކެންސަލްކޮށްފަ އެވެ.
ތޫފާން އެރުމުގެ ކުރިން ވެސް ޗެންނާއީ އަށް ވަނީ ވިއްސާރަ ކުރަން ފަށާފައި. --ފޮޓޯ:އޭއެފްޕީ
އިންޑިއާގެ މޫސުމާ ބެހޭ އޮފިޝަލުން ބުނި ގޮތުގައި ބޭ އޮފް ބެންގާލްގައި އުފެދުނު ތޫފާން ވަރުދާ ޗެންނާއީ އަށް އަރާ އިރު ގަޑިއަކު 100 ކިލޯ މީޓަރުގެ ބާރުގައި ވައިޖެހޭނެ އެވެ. ތޫފާން އަރާ އިރު ދެ ސްޓޭޓުގެ ވެސް އައްސޭރި ފަށުގައި ދިރިއުޅޭ މީހުންނަށް ބޮޑެތި ގެއްލުންތައް ލިބިދާނެ ކަމަށް ވަނީ އިންޒާރު ކޮށްފަ އެވެ. ޗެންނާއި އަށް ތޫފާނެއް އަރާ އިރު އެ ސިޓީ އަށް މި އަހަރު ކުރި ބޯވިއްސާރައިގައި ވަނީ 70 މީހުން މަރުވެފަ އެވެ.
އިންޑިއާގެ ޕޮންޑިޗަރީ އަށް 2011 ވަނަ އަހަރު އެރި ތޫފާނެއްގައި ވަނީ 30 މީހުން މަރުވެ އެތައް ގެއެއް ހަލާކުވެފަ އެވެ. އަދި މެއި، 2010 ގައި ދެކުނުގެ އަންދުރަ ޕްރަދޭޝް އަށް އެރި ތޫފާނުގައި ވަނީ 23 މީހުން މަރުވެފަ އެވެ.
ތޫފާނުން ދެކުނު އިންޑިއާ އަށް ބޮޑެތި ގެއްލުންތަކެއް
ތޫފާނުގައި ޓަމިލް ނާޑޫން ހަތަރު މީހުން މަރުވެއްޖެ
އިންޑިއާގެ ޓަމިލް ނާޑޫ އަށް ވެސް ތޫފާނެއް އަރަނީ
ތޫފާން ވަރުދާ ޗެންނާއީ އަށް އަރައިފި
ޖަޔަލަލިތާ އަވަހާރަވެއްޖެ
ޖަޔަލަލިތާ ހާލު ރަނގަޅު، ސްޓޭޓް ހިންގަނީ ހޮސްޕިޓަލުން
ފެނުގެ މައްސަލައިގައި ބެންގަލޫރުގެ ހަމަނުޖެހުން ކުރިއަށް
ތޫފާން ޑާނާ: މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް
ބިޕަރްޖޯއީގެ ބާރު ދަށްވެ، އާންމުން ގެދޮރުތަކަށް
ތޫފާނެއް އަރާތީ އިންޑިއާ، ޕާކިސްތާނުން ފިޔަވަޅުއަޅައިފި