12 ޑިސެމްބަރ 2016
ޗެންނާއީ (ޑިސެމްބަރު 12) - ތޫފާން ވަރުދާ ދެކުނު އިންޑިއާގެ ޗެންނާއީ އަށް މިއަދު މެންދުރު ފަހު އަރައި، ދެ މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ޗެންނާއީ (ޑިސެމްބަރު 12) - ތޫފާން ވަރުދާ ދެކުނު އިންޑިއާގެ ޗެންނާއީ އަށް މިއަދު މެންދުރު ފަހު އަރައި، ދެ މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ބޭ އޮފް ބެންގާލްގައި އުފެދުނު ތޫފާން އަރާތީ އައްސޭރި ފަށުގައި ދިރިއުޅޭ މީހުން ރައްކާތެރިކަމުގެ ހިސާބަށް ބަދަލުކޮށްފައި ވަނިކޮށް ޗެންނާއީ އަށް ތޫފާން އިރު އިރު ވައިޖެހެމުންދިޔައީ ގަޑިއަކު 120 ކިލޯ މީޓަރު ބާރު މިނުގަ އެވެ. ޗެންނާއީ އަށް ގަދަވަޔާ އެކު ބޯކޮށް ވާރޭ ވެހެމުންދާތީ އެއާޕޯޓުން ވަނީ މިއަދު ހެނދުން ސުރެ ޚިދުމަތް ދިނުން ހުއްޓާލައިފަ އެވެ. އަދި ސްކޫލްތަކާއި ވިޔަފާރިކުރާ ތަންތަން ވެސް ވަނީ ބަންދުކޮށްފަ އެވެ. ތޫފާން އެރުމާ އެކު ޗެންނާއީން ބޮޑެތި ގަސްތަކާއި ހޮޅިދަނޑިތައް ވަނީ ވެއްޓިފަ އެވެ. އަދި ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފަ އެވެ. ތޫފާން އަރާތީ ޓަމިލް ނާޑޫން 5،000 އަދި އަންދުރަ ޕްރަދޭޝް އިން 7،000 މީހުން ވަނީ ރައްކާތެރިކަމުގެ ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.
ތޫފާން އަރާތީ ނޭޝަނަލް ޑިޒާސްޓާ ރިލާފް ފޯސް އާއި ކަނޑުމަތީ ދެ މަނަވަރު ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފަ އެވެ. ޓަމިލް ނާޑޫ އާއި އަންދުރަ ޕްރަދޭޝްގެ މަސްވެރިން ކަނޑު މައްޗަށް ނުނިކުތުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. މި ތޫފާނަށް ވަރުދާ (ފިނިފެންމާ) ގެ ނަންދީފައި ވަނީ ޕާކިސްތާނުންނެވެ.
ޗެންނާއީ އަށް ތޫފާނެއް އަރާފައި މި ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިން އެ ސިޓީގައި ފެންބޮޑުވެ 70 މީހުން މަރުވެފައި ވަނިކޮށެވެ.
އިންޑިއާގެ ޕޮންޑިޗަރީ އަށް ޑިސެމްބަރު، 2011 ވަނަ އަހަރު އެރި ތޫފާނެއްގައި ވަނީ 30 މީހުން މަރުވެ އެތައް ގެއެއް ހަލާކުވެފަ އެވެ. އަދި މެއި، 2010 ގައި ދެކުނުގެ އަންދުރަ ޕްރަދޭޝް އަށް އެރި ތޫފާނުގައި ވަނީ 23 މީހުން މަރުވެފަ އެވެ.
ތޫފާނުން ދެކުނު އިންޑިއާ އަށް ބޮޑެތި ގެއްލުންތަކެއް
ދެކުނު އިންޑިއާ އަށް ބާރުގަދަ ތޫފާނެއް އަރަނީ
ޖަޔަލަލިތާ އަވަހާރަވެއްޖެ
ތޫފާނުގައި ގެއްލުނު މީހުން ހޯދަން ސިފައިން ނުކުމެއްޖެ
ތޫފާނުގައި ޓަމިލް ނާޑޫން ހަތަރު މީހުން މަރުވެއްޖެ
އިންޑިއާގެ ޓަމިލް ނާޑޫ އަށް ވެސް ތޫފާނެއް އަރަނީ
ޖަޔަލަލިތާ: ދެކުނު އިންޑިއާގައި އުފެދުނު ސިޔާސީ "މަންމަ" އެއް
ޖަޔަލަލިތާ ހާލު ރަނގަޅު، ސްޓޭޓް ހިންގަނީ ހޮސްޕިޓަލުން
ފެނުގެ މައްސަލައިގައި ބެންގަލޫރުގެ ހަމަނުޖެހުން ކުރިއަށް
ތޫފާން ޑާނާ: މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް