Roadha Mihaaru
ޝީރަންގެ އާ އަލްބަމް "އީކްއަލް" 29 ގައި

ޝީރަންގެ އާ އަލްބަމް "އީކްއަލް" މި މަހުގެ 29 ގައި

19 އޮކްޓޯބަރ 2021

މަގުބޫލު ލަވަތަކެއް ގެނެސްދީފައިވާ އިނގިރޭސި ފަންނާނު އެޑް ޝީރަންގެ އާ އަލްބަމް "އީކްއަލް" މި މަހުގެ 29 ގައި ރިލީޒް ކުރަން ތައްޔާރުއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަގުބޫލު ލަވަތަކެއް ގެނެސްދީފައިވާ އިނގިރޭސި ފަންނާނު އެޑް ޝީރަންގެ އާ އަލްބަމް "އީކްއަލް" މި މަހުގެ 29 ގައި ރިލީޒް ކުރަން ތައްޔާރުއްޖެ އެވެ.

މުޅިން ވެސް ހިސާބާ ގުޅުވައިގެން އަލްބަމް ނެރޭ ޝީރަންގެ އާ އަލްބަމަކީ ޖުމްލަ 14 ލަވަ ހިމެނޭ އަލްބަމެކެވެ. "އީކްއަލް" ނެރެން ގާތްވަމުން އަންނަ އިރު މީގެ ތިން ލަވައެއް ކުރިން އާންމު ކޮށްފައިވެ އެވެ. އެއީ "ޝިވާސް" އާއި "ބޭޑް ހެބިޓްސް" ގެ އިތުރުން "ވިޒިޓަން އަވާޒް" އެވެ.

ދެހާސް ސަތާރައިގެ ފަހުން ނެރޭ ފުރަތަމަ އަލްބަމް، ހަތަރު ގްރެމީ އެވޯޑް ހާސިލުކޮށްފައިވާ ލަވަކިޔުންތެރިޔާ ސިފަކޮށްފައި ވަނީ "ކަމިން-އޮފް-އޭޖް" އަލްބަމެއްގެ ގޮތުގަ އެވެ. "އީކްއަލް" ނެރެނީ އެސީލަމް ރެކޯޑްސް އާއި އެޓްލާންޓިކް ރެކޯޑްސްގެ ތައްގަނޑުގަ އެވެ.

ޝީރަންގެ އެންމެ ފަހުން ނެރުނު އަލްބަމަކީ 2017 ގެ "ޑިވައިޑް" އެވެ. އޭގެ ކުރިން ނެރުނު އަލްބަމްތަކަކީ 2014 ގެ "މަލްޓިޕްލައި" އާއި 2011 ގެ "ޕްލަސް" އެވެ.

ޝީރަންގެ ހަތަރު ވަނަ އަލްބަމް މި މަހުގެ 29 ގައި ނެރޭ އިރު، އިނގިރޭސިވިލާތުގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ އެޑެލްގެ ހަތަރު ވަނަ ސްޓޫޑިއޯ އަލްބަމް "30" އަންނަ މަހުގެ 19 ގައި ނެރޭނެ އެވެ.

ޝީރަން، 30، އަކީ އިނގިރޭސިވިލާތުގެ ލަވަކިޔުންތެރިންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކެކެވެ.