Roadha Mihaaru
100 ކިލޯ ޑްރަގްސްގެ މީހުންގެ ވަނަވަރު ހާމަކޮށްފި

އިސް ދެ މީހުންގެ ނަން އުނިކޮށް، 100 ކިލޯގެ މަސްތުވާތަކެތީގައި ހިމެނޭ މީހުންގެ ވަނަވަރު ހާމަކޮށްފި

17 އޮކްޓޯބަރ 2021

ރާއްޖެއަށް 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ފުލުހުން ތުހުމަތުކުރާ ދެ މީހުންގެ ވަނަވަރު ސިއްރުކޮށް، ބާކީ ތިބި އަށް މީހުންގެ މައުލޫމާތު މިއަދު ހާމަކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެއަށް 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ފުލުހުން ތުހުމަތުކުރާ ދެ މީހުންގެ ވަނަވަރު ސިއްރުކޮށް، ބާކީ ތިބި އަށް މީހުންގެ މައުލޫމާތު މިއަދު ހާމަކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި ހާމަކޮށްފައި ވަނީ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ އަށް މީހުންގެ ވަނަވަރެވެ. އެ ތަނުން ހަތަރު މީހެއްގެ ބަންދަށް 15 ދުވަސް، ތިން މީހެއްގެ ބަންދަށް 10 ދުވަސް އަދި އެކަކަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެ އެވެ.

އެ މީހުންނަކީ:

- ގއ. ދެއްވަދޫ، ދޭލިޔާގެ، މިދުހަތު އިބްރާހިމް، 26،

- ނ. ވެލިދޫ، ބީޗްހެވަން، ޖުމާން މުސްތަފާ، 19

- ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހިމް ޒައިދު ހަބީބް، 25

- ލ. ކަލައިދޫ، ޖަނަވަރީމާގެ، މުހައްމަދު އަހުމަދު، 34

- ހދ. ކުމުންދޫ، ޑިއާފްރެންޑު، އިބްރާހިމް ސިނާން،، 24

- ދ. ބަނޑިދޫ، ޕޮލަރިސް، މުހައްމަދު ހުސެއިން، 61

- ބަނގްލަދޭޝް، އެމްޑީ ރަފީގުލް އިސްލާމް، 35

- ބަނގްލަދޭޝް، ޑީއެމް މޮބިން، 24

ފުލުހުންގެ ބުނީ އެ އޮޕަރޭޝަނުގައި މާލެ އާއި ހުޅުމާލެ އާއި ފަޅު ރަށްރަށާއި ސަފާރީއެއް އަދި ލޯންޗެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން، 100 ކިލޯއަށްވުރެގިނަ ހެރޮއިން ހޯދާފައިވަނީ އދ. ބޮޑުކާށިހުރާ ނަމަކަށް ކިޔާ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓަ އެވެ.

އެ އެއްޗެހި އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާތީ، އެ މައްސަލަ އިސްތިއުނާފުކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ވެސް ފޮނުވާފައިވެ އެވެ. ނަމަވެސް އެ މައްސަލަ އަދި ހައި ކޯޓަކަށް ހުށައެއް ނާޅަ އެވެ.

އިސްކޮށް އުޅުނު ދެ މީހުން ދޫކޮށްލާފައި ވަނީ ހައްޔަރުކުރަން ނެރުނު އަމުރުން ސަބަބުތަކެއް ދެއްކުމަށްފަހު ކަން ވަނީ އެނގިފަ އެވެ. އޭގެ ފަހުން ވެސް ފަޅު ރަށެއްގައި ފޮރުވާފައި ހުރި 215 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވެ އެވެ. އެ ތަކެތި ހޯދީ ރ. މަޑުއްވަރީ ކައިރީގައި އޮންނަ ފަޅު ރަށެއްގައި ފޮރުވާފައި ހުއްޓަ އެވެ. އެ މައްސަލައިގެ ތުހުމަތަށް މަޑުއްވަރީ ދެ ފިރިހެނަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވެ އެވެ.