09 ފެބުރުއަރީ 2022
މި ފަހުން ގެނައި ގިނަ އަދަދެއްގެ ޑްރަގްސް އަތުނުލެވި ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
މި ފަހުން ގެނައި ގިނަ އަދަދެއްގެ ޑްރަގްސް އަތުނުލެވި ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ފަށާފައިވާ ހަރަކާތާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ސީޕީ ވިދާޅުވީ ފާއިތުވި ތިން އަހަރު 1.3 ޓަނުގެ މަސްތުވާތަކެތި އަތުލައިގަތް ކަމަށެވެ. އޭގެ އިތުރުން ވެސް ޑްރަގްސް އެތެރެކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ފަހުން ވެސް ޑްރަގްސްތަކެއް އެތެރެކުރި އެވެ. ނަމަވެސް އެ ކަމުގެ މައުލޫމާތު ފަހުން ލިބުމުން އެ ތަކެތި ނުހޯދުނީ ކަމަށް، 241 ކޮމިޓީގައި ހަމީދު ވިދާޅުވި އެވެ.
"ފުދޭ ވަރަކަށް ގިނަ މަސްތުވާތަކެތި އެތެރެކޮށްފައި ވެއްޖެ ރާއްޖެއަށް ނޫނީ ރަށަކަށް އަރުވާފައި. އެރުވި ތަނުން ގެންގޮސްފައި ވެއްޖެ. އެހެންވީމަ އަޅުގަނޑުމެންނަށް ހޯދިފައިވަނީ ވަރަށް މަދު މިންވަރެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ 241 ކޮމިޓީން، ސީޕީ ހަމީދު އަދި ހޯމް މިނިސްޓަރު އިމްރާންއާ މިއަދު ބައްދަލުކުރައްވަނީ.- ފޮޓޯ: މަޖިލިސް
"އިންޑިއާ އައުޓް" ކެމްޕެއިންގައި ޑްރަގް ޓްރެފިކިންގައި ހިމެނޭ މީހުންގެ ބައިވެރިވުން އޮތް މިންވަރާ ގުޅޭގޮތުން މެމްބަރަކު ކުރެއްވި ސުވާލުގައި ސީޕީ ވިދާޅުވީ މަސްތުވާތަކެތިގެ ވިޔަފާރިއާ ދެކޮޅަށް މަސައްކަތްކުރާނަމަ އެކަމާ ވަރަށް ގިނަ ބަޔަކު ހިތްހަމަނުޖެހޭނެ ކަމަށެވެ.
"މި ޑްރަގްގެ ޓްރޭޑް، ޓްރެފިން އެއާ ދެކޮޅަށް ފަށާފައިވާ މަސައްކަތް ހުއްޓުވަންޏާ އެއީ ވަރަށް ގިނަ ބަޔަކު ހިތްހަމަ ނުޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން އިސްވެ ވަނީ ވަރުގަދަ ކެމްޕެއިނެއް ފަށައިފަ އެވެ. ނަމަވެސް އެކަމުގެ ރައްދުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ބުނީ އެ މީހުން ފޮނުވާލުމަށް ގޮވާލަމުން ދަނީ ރާއްޖެ އެތެރެކުރާ މަސްތުވާތަކެތި އަތުލަމުންދާތީ އެކަމާ މެދު ހިތްހަމަނުޖެހިގެންނެވެ.
އޮޕަރޭޝަނެއްގައި 13 ކިލޯގެ ޑްރަގްސް އަތުލައިގެންފި
ޖީލެއް ހަލާކުކޮށް ޑީލަރުން އުދުހޭ ނުރައްކާ މަންޒަރު!
މަސްތުވާތަކެއްޗާ ދެކޮޅަށް ރައީސްގެ ޓާސްކްފޯހެއް
100 ކިލޯ ޑްރަގްސްގެ މީހުންގެ ވަނަވަރު ހާމަކޮށްފި
މަސްތުވާތަކެތި ސަޕްލައި މަދުވަނީ ސިޔާސީ ހިމާޔަތްނުދޭތީ
އަތުލައިގަތީ މަސްތުވާތަކެތީގެ އިންޓަނޭޝަނަލް ނެޓްވޯކެއް
ޑްރަގްގެ ބޮޑު މައްސަލާގައި ހިމެނޭ މީހުން އާންމުކޮށްފި
މަސްތުވާތަކެތިން ސަލާމަތްކުރަން ބަދަލު ގެނެވޭނެ:އިމްރާން
419 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފި
ޑްރަގް ކެފޭގެ 40 އަށް ވުރެ ގިނަ ތަން ބަންދުކޮށްފި