Roadha Mihaaru
ޑްރަގްގެ ބޮޑު މައްސަލާގައި ހިމެނޭ މީހުން އާންމުކޮށްފި

61 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހިމެނޭ މީހުންގެ ވަނަވަރު ހާމަކޮށްފި

30 މާޗް 2020

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 61 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި 11 މީހުންގެ ވަނަވަރު މިރޭ ފުލުހުން ހާމަކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 61 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި 11 މީހުންގެ ވަނަވަރު މިރޭ ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުން އެ އޮޕަރޭޝަން ހިންގީ މި މަހުގެ 20 ވަނަ ދުވަހު ގ. ބޮއިލިންފިޝް އަހުމަދު ވިސާމާއި އިތުރު ބަޔަކު ގުޅިގެން ފުޅާ ދާއިރާއެއްގައި ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެންނެވެ. އެ މީހުން މަސްތުވާތަކެތި ބަލައި ދިޔަ އިރުއަލިމަސް ދޯނީގެ އިތުރުން މާލެ އާއި ހުޅުމާލެއިން ހަތަރު ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

61 Kilo ge massthuvaathakehchaa eku 11 meehaku hayyaru koffi

61 Kilo ge massthuvaathakehchaa eku 11 meehaku hayyaru koffi

The most trusted news source in the Maldives

Mihaaru

61 ކިލޯގެ މަސްތުވާތަކެއްޗާއެކު 11 މީހަކު ހައްޔަރު ކުރުން--

އެ ފާސްކުރުމުގެ ތެރެއިން 61 ކިލޯގެ ހެރޮއިންގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ ގިނަ އަދަދެއްގެ ފައިސާ ވެސް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލާގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރު ކުރި 11 މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހައި ދީފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި ފުލުހުން އަތުލައިގަތް މަސްތުވާތަކެތި -- ފޮޓޯ: ޕޮލިސް

މި އޮޕަރޭޝަންގައި ފުލުހުން އަތުލައިގަތް މަސްތުވާތަކެތި -- ފޮޓޯ: ޕޮލިސް

ހައްޔަރު ކުރި 11 މީހުންގެ ތެރެއިން ހަތް މީހުންނަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ދޯނީގައި ދަތުރު ކުރި މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ. އަނެއް ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ މާލެ އާއި ހުޅުމާލެއިންނެވެ.

ހައްޔަރު ކުރި މީހުން

- އަހުމަދު ވިޝާމް/ ގ. ބޮއިލިންފިޝް

- މުހައްމަދު ހަމީދު/ ގދ. ރަތަފަންދޫ، ގުލްދަސްތާގެ

- މުހައްމަދު މާއިޝް/ މ. މާކޮޅު

- މުހައްމަދު ޝާމިން/ މއ. ވިރާހު

- އަހުމަދު ޝިފާޒް/ ހުޅުމާލޭ ފްލެޓް 06ޖީ4

- އަބްދުﷲ ޝާމް/ މއ. ބޯޅަކިންކިރިމާގެ

- ހުސައިން ސުނާޒް/ މ. މުލި، ސޯސަންވިލާ

- ސައުދުﷲ ރަޝީދު/ މ.ކެޕްރިކޯން

- މުހައްމަދު ނަޝީދު/ މ.މުލި، ހުދުފިނިފެންމާގެ

- މުހައްމަދު މާއިދު/ މ. ކޮޅުފުށި، އޯޝަންވިއު

- މުހައްމަދު ރިޟްވާން އިބްރާހިމް/ މ. މުލި، މުސްތަރީގެ

ފުލުހުން ބުނީ އެ އެންމެންނަކީ ވެސް މަސްތުވާތަކެއްޗާއި އެހެނިހެން މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮތް ބައެއް ކަމަށެވެ.

ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަތުލައިގަތް 61 ކިލޯގެ ހެރޮއިންގެ އަގު 72 މިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިފަހުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު އެ ވިޔަފާރީގައި ހަރަކާތްތެރިވާ އެތައް ބަޔަކު ވަނީ ހައްޔަރު ކޮށްފަ އެވެ.