Roadha Mihaaru
އޮޕަރޭޝަނެއްގައި 13 ކިލޯގެ ޑްރަގްސް އަތުލައިގެންފި

މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި 13 ކިލޯގެ ޑްރަގާއި ގިނަ އަދަދެއްގެ ފައިސާ އަތުލައިގެންފި

18 ނޮވެމްބަރ 2022

މާލެ އާއި ހުޅުމާލޭގައި ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 13 ކިލޯގެ ޑްރަގްސްއާ އެކު ގިނަ އަދަދެއްގެ ފައިސާ އަތުލައިގެންފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލެ އާއި ހުޅުމާލޭގައި ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 13 ކިލޯގެ ޑްރަގްސްއާ އެކު ގިނަ އަދަދެއްގެ ފައިސާ އަތުލައިގެންފި އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު މެންދުރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރޭ ދަންވަރު ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޓީމު ގުޅިގެން، މާލެ އާއި ހުޅުމާލޭގެ ބައެއް ތަންތަން ރެއިޑްކޮށް، ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަންގައި ފުލުހުން އަތުލައިގަތް ދިވެހި ފައިސާގެ ނޫޓުތައް: 644،020ރ. ހުރި ކަމަށް ފުލުހުން ބުނި -- ފޮޓޯ: ޕޮލިސް

މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަންގައި ފުލުހުން އަތުލައިގަތް ދިވެހި ފައިސާގެ ނޫޓުތައް: 644،020ރ. ހުރި ކަމަށް ފުލުހުން ބުނި -- ފޮޓޯ: ޕޮލިސް

ފުލުހުން އަތުލައިގެންފައި ވަނީ 13.56 ކިލޯގެ މަސްތުވާތަކެއްޗާއި 644،020ރ.ގެ ނަގުދު ފައިސާ ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.

އެ ތަކެތި އަތުލައިގަތީ މާލޭގެ ދެ ގެއަކުންނާއި ހުޅުމާލޭގެ ގެސްޓް ހައުސްއަކުން ކަމަށް ވެސް ވިދާޅުވި އެވެ.

"މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ގެންދާނަން،" ޕޮލިސް ކޮމިޝަނަރުގެ ޓުވީޓުގައިވެ އެވެ.

ފުލުހުން ވަނީ މީގެ ކުރިން ވެސް މާލެ އާއި ހުޅުމާލޭގައި ހާއްސަ އޮޕަރޭޝަންތައް ހިންގާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ.