މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޗެއާ ކުރައްވާ ޓާސްކް ފޯހެއް އެކުލަވާލައްވައި މަސައްކަތް ފަށައިފި އެވެ.
28 ޑިސެމްބަރ 2021
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޗެއާ ކުރައްވާ ޓާސްކް ފޯހެއް އެކުލަވާލައްވައި މަސައްކަތް ފަށައިފި އެވެ.
އެކި އޮޕަރޭޝަންތަކުގައި އަތުލައިގެންފައިވާ މަސްތުވާތަކެތި ނައްތާލުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ޓާސްކް ފޯހެއް އެކުލަވާލައްވައި މީގެ މަހެއްހާ ދުވަސް ކުރިން މަސައްކަތް ފަށާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އަންނަ އަހަރު އިތުރަށް މަސައްކަތްކޮށް، މަސްތުވާތަކެތީގައި ޒުވާން ޖީލު ހަލާކުވެގެންދާ ދިއުމަށް ހުއްޓުމެއް ގެނައުމަށް ވަރަށް ގިނަ މަސައްކަތް ކުރައްވާނެ ކަމަށެވެ.
ދޫނިދޫގައި ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުންކޮށްގެން ގެންނަ މަސްތުވާތަކެތި ހޯދައި، އެ އެއްޗެހި ނައްތާލުމަކީ ފުލުހުން ކުރާ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ.
އެކަމަކު މުޅި މައްސަލައަށް ހައްލެއް ނުލިބި، މަގުމަތީގައި މަސްތުގެ ހާލަތުގައި ލިބޭ މީހުން ގިނަވެ އެކަމުގެ އުނދަގޫ އާއްމުންނަށް ފޯރަމުން ދިއުމާއި އިޖުތިމާއީ އަދި އިގްތިސާދީ ވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލބެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ އަލަށް ހެދި ޓާސްކް ފޯހުން ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ފެންނަން ފަށާނެ ކަމަށެވެ. ނަމަވެސް އެ ޓާސްކް ފޯހުން ކުރަމުން އަންނަ މަސައްކަތުގެ ތަފްސީލެއް އަދި އެ ފޯހުގައި ތިއްބަވާ މެމްބަރުންގެ ތަފްސީލެއް ނުލިބެ އެވެ.
ރާއްޖޭގައި މި ވަގުތު އޮތް އިޖުތިމާއީ އެންމެ ބޮޑު މައްސަލަ ހައްލުކުރުމަށް ރައީސް އިސްވެ ހުންނަވައިގެން މަސައްކަތް ފެއްޓެވިއިރު، މަސްތުވާތަކެތި ބޭނުންކުރާ އައްޑާތައް ބަންދުކުރުމާ އެކު މަގުމަތީގައި އޭގެ ވިޔަފާރި ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ. އަދި މަސްތުން ސަލާމަތްވާން ފަރުވާއަށް ދެވޭނެ ފަސޭހަ ގޮތެއް ނެތުމުގެ ސަބަބުން މަގުމަތީގައި ދިރިއުޅެމުންދާ މީހުން ވެސް ގިނަވެފައިވެ އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުގެ ސިޔާސަތުތައް މީގެ ކުރިން ހަދަމުން ދިޔައީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް އެވެ. ނައިބު ރައީސް ފައިސަލް ނަސީމް ޗެއާކުރައްވާ ކައުންސިލްގައި، ކަމާގުޅޭ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
މަސްތުވާތަކެތި ސަޕްލައި މަދުވަނީ ސިޔާސީ ހިމާޔަތްނުދޭތީ
މަސްތުވާތަކެތިން ސަލާމަތްކުރަން ބަދަލު ގެނެވޭނެ:އިމްރާން
419 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފި
އޮޕަރޭޝަނެއްގައި 13 ކިލޯގެ ޑްރަގްސް އަތުލައިގެންފި
ގޭންގް ނުރައްކާ: ބިރުން ފިތްކަނޑައިގެންދާ މަންޒަރު!
ޖީލެއް ހަލާކުކޮށް ޑީލަރުން އުދުހޭ ނުރައްކާ މަންޒަރު!
ގިނަ އަދަދެއްގެ ޑްރަގް އަތު ނުލެވި އެތެރެކޮށްފައިވޭ
100 ކިލޯ ޑްރަގްސްގެ މީހުންގެ ވަނަވަރު ހާމަކޮށްފި
ބޯޑުގެ ނިންމުން: އޮފިސަރުން ދެކެނީ ޓާގެޓެއް ކަމަށް
އޮފިސަރުން ވަކިކުރަން ލަފާ ދީފި، ތަންފީޒެއް ނުކުރޭ