10 އޮކްޓޯބަރ 2021
ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ރާއްޖެ އާއި ސްރީ ލަންކާ މިއަދު ކުޅޭ މެޗު ބައްލަވައިލެއްވުމަށް އެ ގައުމުގެ ސްޕޯޓްސް މިނިސްޓަރު އަދި ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ނަމަލް ރާޖަޕަކްސާ ރާއްޖެ އަށް ވަޑައިގެންފި އެވެ.
ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ރާއްޖެ އާއި ސްރީ ލަންކާ މިއަދު ކުޅޭ މެޗު ބައްލަވައިލެއްވުމަށް އެ ގައުމުގެ ސްޕޯޓްސް މިނިސްޓަރު އަދި ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ނަމަލް ރާޖަޕަކްސާ ރާއްޖެ އަށް ވަޑައިގެންފި އެވެ.
ނަމަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާ ރާއްޖެ ވަޑައިގަތީ ކެންޔާ އަށް ކުރެއްވި ދަތުރަށް ފަހު އެނބުރި ގައުމަށް ވަޑައިގެންނެވުމުގެ މަގުމަތީގައި ކަމަށެވެ. ރާއްޖޭގައި މަޑުކޮޮށްލައްވާ ވަގުތުކޮޅުގެ ތެރޭގައި ބައްދަލުވުންތަކެއް އޮތް ނަމަވެސް ފުޓުބޯޅަ އަށް ވަގުތުކޮޅެއް ދެއްވޭނެ ކަަމަށް އުއްމީދު ކުރައްވާ ކަމަށްް ޓްވީޓްގައި އޭނާ ވިދާޅުވި އެވެ.
ލަންކާގެ ކެބިނެޓުގައި އެންމެ ޒުވާން އެއް މިނިސްޓަރު ނަމަލް ވަނީ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ވެސް މީގެ ކުރިން އެކި ފަހަރުމަތިން ރާއްޖެ ވަޑައިގެންފަ އެވެ. ރާއްޖޭގެ ސިޔާސީ އެކި ބޭފުޅުންނާ ގާތްގުޅުމެއް ބާއްވަވާ ނަމަލް އަކީ ޔޫތޫ އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފުގެ ވެސް ވަރަށް އަރިސް ބޭފުޅެކެވެ.
Great to be back in the beautiful Maldives ??! Stopping over on route from Kenya for a few hours. The relationship between #MDV & #LKA has always been very strong & robust! Hopefully amidst the work & meetings, will be able to catch up on some ⚽️! ????? pic.twitter.com/vqfo8hRIgb
— Namal Rajapaksa (@RajapaksaNamal) October 10, 2021
ނަމަލްގެ ޓުވީޓް
ސާފްޗެމްޕިއަންޝިޕްގައި ލަންކާ ޓީމުން މިހާތަނަށް ދެ މެޗު ކުޅުނުއިރު އެއްވެސް މެޗަކުން މޮޅެއް ނުވެ އެވެ. ލަންކާއިން ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ބަލިމީ 0-1 އިންނެވެ. ދެވަނަ މެޗުގައި ނޭޕާލް އަތުން ބަލިވީ 2-3 އިންނެވެ.
ރާއްޖެ އާއި ލަންކާ ބައްދަލުކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގަ އެވެ. ލަންކާ އިން މިހާތަނަށް ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު، ފުޓުބޯޅައިގެ މާހިރުން ދެކޭ ގޮތުގައި މިއީ ރާއްޖޭން ފަސޭހަކަމާ އެކު ކާމިޔާބުކުރާނެ މެޗެކެވެ.
ސާފް ޗެމްޕިއަންޝިޕް ހޯމް އެންޑް އަވޭ ފޯމެޓަށް ބާއްވަނީ
ބޫޓާން އަތުން ބަލިވެ ރާއްޖެ މުބާރާތުން ކެޓުމުގެ ބިރު
ރާއްޖޭގެ މައްސަލަ ސާފްގެ ކޮންގްރެސްގައި ފެންމަތިކޮށްފި
ޓްރާންސިޓްގެ 40 ގަޑިއިރަށްފަހު ގައުމީޓީމު ބެންގަލޫރަށް
ފްލައިޓް ކެންސަލްވުމުން ލަންކާގައި ޓީމުން ކޭމްޕްކޮށްފި
ސާފް ޗެމްޕިއަންޝިޕް އިންޑިއާގައި ބާއްވަން ނިންމައިފި
ލަންކާ ކައިރިން ފަހުވަގުތު ރާއްޖެ ފުއްދާލީ ޕޮއިންޓަކުން
ރައީސް މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
"ޔޫރަޕާއި އޭޝިއާގެ ފުޓްބޯޅާގައި މާބޮޑު ތަފާތެއް ނެތް"
ރާއްޖޭގެ ސާފް ޗެމްޕިއަންޝިޕް ބިޑުގައި ލަންކާ ނުހިމަނާނެ