ސަލާމަތީ ކަންތައްތައް ރަނގަޅުނުވާ ވާހަކަަ ދެއްކީމާ ސަރުކާރުން ކުރަންވީ ކަމަކީ ދާއިރާގެ މަޝްރޫއުތައް ހުއްޓުވުމެއް ނޫން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރުދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) މިއަދު ސަރުކާރަށް ނުސީދާ ތުހުމަތެއް ކުރައްވައިފި އެވެ.
05 އޮކްޓޯބަރ 2021
ސަލާމަތީ ކަންތައްތައް ރަނގަޅުނުވާ ވާހަކަަ ދެއްކީމާ ސަރުކާރުން ކުރަންވީ ކަމަކީ ދާއިރާގެ މަޝްރޫއުތައް ހުއްޓުވުމެއް ނޫން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރުދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) މިއަދު ސަރުކާރަށް ނުސީދާ ތުހުމަތެއް ކުރައްވައިފި އެވެ.
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނުގެ ގެކޮޅުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން ގޮވާލައި މަޖިލީހަށް މިއަދު ހުށަހެޅި މައްސަލައިގެ ބަހުސްގައި ވައްޑޭ ވިދާޅުވީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ދެބާރުގެ ވެރިންގެ ސެކިއުރިޓީ ބްރީޗްވުމުގެ ކަންބޮޑުވުން ފާޅުކުރެއްވީމާ ސަރުކާރުން އެކަން ސީރިއަސްކޮށް ނަަގަން ޖެހޭ ކަމަށެވެ. އެ ވާހަކަ ދެއްކެވީމާ ކުރަންވީ ކަމަކީ ސަލާމަތީ ކަންތައްތައް ރަަނގަޅުކުރަން ފިޔަވަޅު އެޅުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނަން އަޅުގަނޑުމެންގެ ރައީސުލް ޖުމްހޫރިއްޔާއަށް، މިހާރު ތިން ބާރުގެ ތެރެއިން ދެބާރާއޭ އެ ދިމާކުރީ. މާދަމާ ނޭނގޭ މަނިކުފާނާ ނޫންކަމެއް ދިމާކުރާނީ. މިވާހަކަ އަޅުގަނޑު ދެއްކީމާ އަޅުގަނޑުގެ ދާއިރާގެ މަޝްރޫއު ހުއްޓުވަންވީކީ ނޫނޭ،" ވައްޑޭ ވިދާޅުވި އެވެ.
އެ ވާހަކައާ ގުޅިގެން "މިހާރު" ން ފަހުން ސުވާލުކުރުމުން ވައްޑޭ ވިދާޅުވީ އޭނާ ތަމްސީލުކުރައްވާ އުނގޫފާރު ދާއިރާގެ ބައެއް މަޝްރޫއުތައް މިހާރުވެސް ހުއްޓިފައިވާ ކަމަށާއި އެހެން ބައެއް ދާއިރާތަކުގައި އެއަށް ވުރެ ފަހުން ފެށި ބައެއް މަޝްރޫއުތައް ވެސް މާ ބާރަށް ކުރިއަށްދާ ކަަމަށެވެ. ނަމަަވެސް ބައެއް މަޝްރޫއުތައް ލަސްވުމުގައި އިދާރީ ސަބަބުތައް ހުރިކަން ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަމަ ބަޖެޓްގައި ޖަހާފައި ހުރި ކަންތައްތައް ވެސް އެބަހުރި ނުފެށި. އެކަަމަކު އެހެން ބައެއް ދާއިރާތަކުގައި އެބަ ފަށާ ބަޖެޓްގައި ނުވެސް ޖަހާ ހުރި ކަންތައްތައް. ބައެއް މިނިސްޓަރުން އެގޮތަށް ޖެއްސުން ކުރުމުގެ ވާހަކަދައްކަވާ އަޑުވެސް އެބަހުރި އިވިފައި،" އޭނާ ވިދާޅުވި އެވެ.
ސަރުކާރެއް ހިންގަނީ މަސައްކަތްތަކެއް ކޮށް، ރައްޔިތުންނަށް ހިދުމަތްތަކެއް ދޭން ކަމަށާއި ކެބިނެޓަށް މީހުން ނެގުމަކީ ކުޑަ އާބާދީއަކުން ފުޓްބޯޅަޓީމެއް ނަގާހެން ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރަނގަޅުކުރުމަށް ޓަކައި ފިޔަވަޅު އެޅުން ލަސްކުރެވޭނެ ކަންތައްތަކާއި ނުކުރެވޭނެ ކަންތައްތައް ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ނުކުޅެވޭ މީހާ ބާލާފައި އަނެއްް މީހާއަށް ފުރުސަތު ދޭނީ،" ވައްޑެ ވިދާޅުވި އެވެ.
ރާއްޖޭގެ ސަލާމަތަށް ނުރައްކާކުރާ ފަރާތްތައް ހައްޔަރުކޮށް ފިޔަވަޅު ނާޅާތީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އޭނާ ވަަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. ނުރައްކާތެރި މީހުން ހައްޔަރުނުކުރެެވެނީ ގާނޫނުތައް ނެތިގެން ކަަމަށް އިމްރާން ވިދާޅުވި އިރު މަޖިލީހުގެ ޗުއްޓީގައި ވެސް ގާނޫނުތައް ފާސްކޮށްފައިވާނެ ކަމަށް ވައްޑޭ ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރުގެ ގެކޮޅުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން، ފޮނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މޫސާ ސިރާާޖު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ ދަައުލަތުގެ ތިންބާރުގެ ތެރެއިން ދެބާރުގެ ވެރިންގެ ސެކިއުރިޓީ ބްރީޗްވުމުން ރައްޔިތުންގެ ސެކިއުރިޓީއާ މެދު ސުވާލުއުފެދޭ ކަމެއް ކަމަށާއި އެއީ ބިރުވެރި މައްސަލައެއް ކަމަށެވެ. އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަންނަން މަސައްކަތްކުރީ މަސްތުވާތަކެތީގެ ޝިކާރަައަކަށް ވެފައިވާ މީހެއް ކަމަށް ބުނެ، ނިންމައިލެވޭ ވަަރަށް ވުރެ އެކަން ސީރިއަސް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެންވެ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އެކަން ހިނގާފައިވާ ގޮތް މަޖިލީހުން ބަލަން ސިރާޖް ހުށަހެޅުއްވި މައްސަލައިގައި ގޮވައިލެއްވި އެވެ.
އެ މައްސަލަަ މަޖިލީހަށް ބަލައިގަންނަން ފާސްކުރީ ވޯޓްގައި ބައިވެރިވަޑައިގެންނެވި 28 މެމްބަރުންގެ އިއްތިފާގުންނެވެ.
އިންތިހާބަށް "ނުފޫޒު ފޯރުވާތީ" ކުއްލި މައްސަލައެއް!
ނަޝީދުގެ ވަގުތީ ގެކޮޅު ނިމޭނީ މިމަހު 14އަށް
ފެކްޝަން ކޯޅުން ހޫނުވެ ރައީސްގެ އިސްތިއުފާއަށް ގޮވައިފި
"އޭސީސީ އަށް ބަލަން އެނގެނީ ކުދިކުދި މައްސަލަތައް"
އިންކަމް ޓެކްސްގެ ބިލް ކޮމިޓީ އަށް
"ގައުމު މި ހާލަތަށް ވައްޓާލީ ކުރީގެ ސަރުކާރުތަކުން"
މައުލޫމާތުގެ ގާނޫނު އިސްލާހުކުރަނީ ހުރަސް އަޅާކަށްނޫން
ޖޭއެސްސީ ބަދަލުކޮށް، މެމްބަރުން ލިމިޓްކުރަން އިސްލާހެއް
އިންތިހާބު ފަސްކުރާ ބިލް ތަސްދީގުނުކޮށްގެން މައްސަލައެއް
ބޯހިޔާވަހިކަމުގެ ބިލާ އެކު މި ދައުރަށް 24 ބިލެއް!