އާމްދަނީން ޓެކްސް ނެގުމުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރުމަށް ފަހު، އެ ބިލް އިތުރަށް ދިރާސާ ކުރުމަށް ކަމާ ގުޅޭ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.
19 ނޮވެމްބަރ 2019
އާމްދަނީން ޓެކްސް ނެގުމުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރުމަށް ފަހު، އެ ބިލް އިތުރަށް ދިރާސާ ކުރުމަށް ކަމާ ގުޅޭ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.
ސަރުކާރުގެ ފަރާތުން، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު މިދިޔަ މަހު ހުށަހެޅުއްވި އެ ބިލް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި ބަލައިގަތީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 69 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ބިލް ދިރާސާކުރުމަށް ފޮނުވީ މުޅި މަޖިލިސް ހިމެނޭ ކޮމިޓީ އަކަށެވެ.
ބިލްގައި ވާ ގޮތުން، އިންކަމް ޓެކްސް ދައްކަން ޖެހޭނީ މަހެއްގެ މައްޗަށް އާމްދަނީ 40،000ރ. އަށް ވުރެ އިތުރުވާ ބައިންނެވެ. ނުވަތަ އަހަރެއްގެ މައްޗަށް 480،000ރ. ގެ އާމްދަނީއެއް ލިބޭ ނަމަ އެ މީހެއްގެ އާމްދަނީން ޓެކްސް ނަގަން ފަށާނެ އެވެ.
Income tax ge bill majileehah hushahalhaifi
The most trusted news source in the Maldives
Mihaaru
އިންކަމް ޓެކްސް ބިލް މަޖިލީހަށް ހުށަހެޅުން--
އިންކަމް ޓެކްސް ނެގުމަކީ މި ސަރުކާރުގެ ވައުދެކެވެ.
އެ ބިލަށް ބަހުސް ކުރި، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ މެމްބަރުން ވިދާޅުވީ އިންކަމް ޓެކްސްއާ އެކު އާމްދަނީގެ ފަރަގު ކުޑަކުރެވޭނެ ކަމަށެވެ. އަދި އެއީ ޓެކްސް ނިޒާމު ފުރިހަމަ ކުރުމަށް އެޅޭ ރަނގަޅު ފިޔަވަޅެއް ކަމަށް އެ މެމްބަރުން ވިދާޅުވެފައި ވެ އެވެ.
ސަރުކާރާ އިދިކޮޅު މެމްބަރުން ވަނީ އިންކަމް ޓެކްސް ނަގާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އާމްދަނީ ހޯދަން ޓެކްސްތައް އިތުރުކޮށް ލިބޭ އާމްދަނީ ރިކަރަންޓް ހަރަދަށް ބޭނުން ކުރުމަކީ ރަނގަޅު އިގްތިސާދީ ސިޔާސަތެއް ނޫން ކަމަށް އެ މެމްބަރުން ވިދާޅުވެ އެވެ.
އިންކަމް ޓެކްސް ބިލްގެ އިތުރުން، ގަރާރަކާއި ރިޕޯޓެއް ވެސް މަޖިލީހަށް ބަލައިގަތުމަށް މިއަދު ވަނީ ފާސްކޮށްފަ އެވެ. ކަރަންޓްގެ އަގު ހެޔޮކުރުމާ ބެހޭ ގޮތުން ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމް ހުށަހެޅުއްވި ގަރާރު މަޖިލީހަށް ބަލައިގަތީ ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވި 69 މެމްބަރުންގެ އިއްތިފާގުންނެވެ.
ސުޕްރީމް ކޯޓުން ނިންމާފައިވާ ގާނޫނާ ހިލާފު ނިންމުންތަކާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން މަޖިލީހަށް ފޮނުވާފައިވާ މައްސަލަ ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް އެ ރިޕޯޓް ވެސް މިއަދު ވަނީ މަޖިލީހުން ފާސްކޮށްފަ އެވެ. އެ ރިޕޯޓު ފާސްކުރީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 66 މެމްބަރުންގެ އިއްތިފާގުންނެވެ.
އިންކަމް ޓެކްސްގެ އަދަދު ބޮޑުކުރަން ކޮމިޓީން ފާސްކޮށްފި
ޓެކްސް ނަގަންޖެހޭނީ ވިޔަފާރިތަކަށް ދަތިނުވާ ގޮތަށް
ޓެކްސް ފިޔަވައި އެހެން ކަންކަން ހުށަހެޅޭ ގޮތް ހަދައިފި
އިންތިހާބަށް "ނުފޫޒު ފޯރުވާތީ" ކުއްލި މައްސަލައެއް!
"ކަމެއް ގޯހޭ ބުނީމާ މަޝްރޫއުތައް ހުއްޓުވާނީއެއް ނޫން"
ޓެކްސް މާފުކޮށްދިނުމުގެ ބާރު ރައީސަށް ދީފި
ފެކްޝަން ކޯޅުން ހޫނުވެ ރައީސްގެ އިސްތިއުފާއަށް ގޮވައިފި
ޓެކްސް މާފުކޮށްދޭ އުސޫލު ރަނގަޅުވާނެ: އަމީރު
އެއާޕޯޓް ޓެކްސް ބިދޭސީންނަށް ބޮޑުކުރަން ފާސްކޮށްފި
"އޭސީސީ އަށް ބަލަން އެނގެނީ ކުދިކުދި މައްސަލަތައް"