ކުރިއަށް އޮތް ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ގޮތަށް، އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ގެނައި އިސްލާހު ތަސްދީގުނުކޮށް ފަސްކުރާތީ، މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
21 ފެބުރުއަރީ 2024
ކުރިއަށް އޮތް ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ގޮތަށް، އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ގެނައި އިސްލާހު ތަސްދީގުނުކޮށް ފަސްކުރާތީ، މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނީ އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށް، މި މަހުގެ 12 ވަނަ ދުވަހު ތަސްދީގުކުރަން ރައީސަށް ފޮނުވާފައިވާ ކަމަށެވެ.
ބިލު ފޮނުވިތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު ވެސް ތަސްދީގުކުރާނެ ކަމުގެ އެއްވެސް އިޝާރާތެއް ރައްޔިތުންނަށް ލިބިފައި ނުވާ ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.
ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށް ތަސްދީގުކުރަން ފޮނުވި ފަހުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބައެއް ވާހަކަފުޅުތަކުގައި އިންތިހާބު އޮންނާނީ 17 މާޗުގައި ކަމަށް ވިދާޅުވެފައިވާ ކަމަށާއި ސަރުކާރުން މިގޮތަށް ކަންކުރަނީ އަމިއްލަ މަންފާއަކަށް ކަމަށް ވެސް ވަހީދު ހުށަހެޅުއްވި މައްސަލާގައި ތުހުމަތުކޮށްފައިވެ އެވެ.
ބިލު ފާސްކުރީ ސަރުކާރު މެންބަރުންގެ ވެސް ތާއީދާ އެކު ކަމަށާއި ބިލު ތަސްދީގުނުކޮށްފި ނަމަ ރައްޔިތުންނަށް ތަކުލީފުތަކެއް އުފުލަން ޖެހޭނެ ކަން ވެސް މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.
މި ކުއްލި މައްސަލަ މަޖިލީހުން ވަނީ ބަލައިގެންފަ އެވެ.
އިންތިހާބުތަކާ ބެހޭ ގާނޫނަށް އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހު ފާސްކުރީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 46 މެންބަރުންގެ ވޯޓުންނެވެ. އިންތިހާބު ފަސްކުރަން ނުފެންނަ ކަމަށް ތިން މެންބަރަކު ވޯޓު ދެއްވިއިރު ސަރުކާރުގެ ގިނަ މެމްބަރުން ވޯޓެއް ނުދެއްވަ އެވެ.
ޝިފާއު ހުށަހެޅުއްވި އިސްލާހުގައި ގާނޫނުގެ 43 ވަނަ މާއްދާ އަށް އަކުރުތަކެއް ވަނީ އިތުރުކޮށްފަ އެވެ. އިސްލާހުގައިވާ ގޮތުން ރޯދަމަހުގެ ތެރޭގައި އެއްވެސް އިންތިހާބެއް ބާއްވައިގެން ނުވާނެ އެވެ. އިންތިހާބު ބާއްވަންޖެހޭ ތާރީހު ރޯދަމަހުގެ ދުވަހަކާ ދިމާވާ ނަމަ އެ އިންތިހާބެއް ބާއްވަން ވާނީ ރޯދަމަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށް އިސްލާހުގައި ވެ އެވެ.
އިންތިހާބަކާ ގުޅޭ ހާއްސަ ގާނޫނު ނުވަތަ އާންމު ގާނޫނުގެ ދަށުން އެކި ކަންކަމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް އަމަލު ކުރެވެން ނެތް ހާލަތެއް ކުރިމަތިވެއްޖެ ނަމަ، ރޯދަމަހު އިންތިހާބު ނުބޭއްވުމަށްޓަކައި ގާނޫނުގައި ބުނާ މުއްދަތުތަކަށް ބަދަލު ގެނެސް، އިލެކްޝަން ކޮމިޝަނުން އަލުން މުއްދަތުތައް ކަނޑައަޅަން ވާނެ ކަމަށް ޝިފާއުގެ އިސްލާހުގައިވެ އެވެ.
ވޯޓު ކަރުދާހުގައި ކެންޑިޑޭޓުގެ ނަމާ ދިމާލުގައި ސައްހަ ފާހަގައެއް ޖަހާފައިވާ ނަމަ، އެއީ ރަނގަޅު ވޯޓެއްގެ ގޮތުގައި ބެލުމަށް ވެސް ފާސްކޮށްފައި ވެ އެވެ.
ކުރެންދޫ ދާއިރާގެ އިންތިހާބީ މެމްބަރު ވެސް ޕީއެންސީއަށް
އަބްދުއްރަހީމް މަޖިލިހުގެ ރައީސްކަމަށް، ދިނީ ޔަގީންކަން
ނޮޅިވަރަމް ދާއިރާ އަށް ހޮވި މުހައްމަދު ރަޝީދު ވެސް ޕީއެންސީ އަށް
"ޕާޓީ ބަދަލުކުރުމުގެ ފުރުސަތު ދައުރުގެ ކުރިން ލިބޭ"
ޕީއެންސީ އަށް އެކަނިވެސް މިހާރު ސުޕަމެޖޯރިޓީ
އަމިއްލަ ގޮތުން ހޮވުނު ޕާޓީ މެންބަރުންނާމެދު ސުވާލު
މަޖިލީހުން ބޭރުކުރި ޑިމޮކްރެޓްސްއަށް ބަނަ ކުރިމަގެއް؟
އާ މެމްބަރުން ހުވާ ކުރުން މޭ 28 ގައި!
"ރައްޔިތުންގެ އިތުބާރާއެކު ތަރައްގީގެ ދުވެލި ބާރުވާނެ"
ބޮޑެތި މައްސަލަތަކެއް ނެތް، ޓާންއައުޓް 75 ޕަސެންޓް