03 އޮކްޓޯބަރ 2021
ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓުކުރި ކަމަށް ތުހުމަތުކުރެވޭ މީހާ، ޝަރުތުކޮށް ދޫކޮށްލައިފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓުކުރި ކަމަށް ތުހުމަތުކުރެވޭ މީހާ، ޝަރުތުކޮށް ދޫކޮށްލައިފި އެވެ.
އިންޑިއާ ހައި ކޮމިޝަން ގޮއްވާލަން އާރްޑީއެކްސް ބޭނުންވާ ކަމަށާއި އެކަން ވަރަށް އަވަހަށް ކުރާނެ ކަމަށް ބުނެ ޓްވީޓުކުރީ "ރޮޔަލް ހުސެން ތަކުރު" ނަމުގައި އޮތް އެކައުންޓަކުންނެވެ. ފަހުން އެ އެކައުންޓު ވަނީ ސަސްޕެންޑް ކޮށްފަ އެވެ.
އެ މައްސަލައިގައި މއ. ރެސްޓިންހައުސް މުހައްމަދު އިނާދު، 41، ހައްޔަރުކޮށް އޭނާގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައިފަ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ އިނާދު ދޫކޮށްލީ އޭނާގެ ކުށުގެ ރިކޯޑާއި މުޖުތަމައުގައި އަދާކުރާ ދައުރަށް ރިއާޔަތްކުރުމަށް ފަހު ކަމަށެވެ. އޭގެ އިތުރުން ކުށުގެ އަމަލު ހިންގާފައި ވަނީ ސޯޝަލް މީޑިއާގެ ވަސީލަތެއް ބޭނުންކޮށްގެން އިންޒާރުދީގެން ކަމަށް ވުމާއި އެ އިންޒާރުދިނުން ފިޔަވައި އެއަށް އަމަލުކުރުމުގެ އެއްވެސް ނިޔަތެއް ނުވަތަ ވަސީލަތެއް އޮތްކަން ދޭހަވާ ފަދަ ސަބަބެއް ފާހަގަނުވާ ކަމަށް ބުންޏެވެ.
އެހެންވެ އިނާދު ޝަރުތުކޮށް ބަންދުން ދޫކޮށްލަން ދައުލަތުން އެދުމުން، ޝަރުތުކޮށް މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާގެ މައްޗަށް ކޮށްފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ކުށުގެ ދައުވާ އެވެ.
އިސޫ ދޫކޮށްލީ ނުރައްކަލެއް ނެތް ކަމަށް ބަލާފައި
އައިއެސްއަށް ތާއީދުކުރާކަން ސާބިތުނުވުމުން އިސްތިއުނާފަށް
ކުއްޖަކާ ބެހުނު މީހަކު ޑީޕޯޓްކުރުމުން މައްސަލަ ބާތިލް
އަނބިމީހާގެ ގަޔަށް ވަޅިހެރީ ނިދާފައި އޮއްވައި
ނަޝީދަށް ދިން ހަމަލާއާ ގުޅޭ އިތުރު 2 މީހަކަށް ދައުވާ
އަމީން އަލުން ބަންދުކުރަން އެދިއްޖެ
ހައިކޮމިޝަން ގޮއްވާލަން ގޮވި މީހާއަށް ޓެރަރިޒަމް ދައުވާ
ބޮން ގޮއްވި މައްސަލައިގައި ހަތަރު މީހަކަށް ދައުވާކޮށްފި
ކޯޓުން ދޫކޮށްލި ދެ މީހަކު އަލުން ހައްޔަރުކޮށްފި
ހަރުކަށިފިކުރު މީހުން އަލުން ހައްޔަރުކުރަން އަމުރުކޮށްފި