Roadha Mihaaru
ނަޝީދަށް ދިން ހަމަލާއާ ގުޅޭ އިތުރު 2 މީހަކަށް ދައުވާ

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އިތުރު ދެ މީހަކަށް ދައުވާކޮށްފި

20 އޮކްޓޯބަރ 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން މައްސަލައިގައި ހިމެނޭ އިތުރު ދެ މީހެއްގެ މައްޗަށް އިއްޔެ ދައުވާކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން މައްސަލައިގައި ހިމެނޭ އިތުރު ދެ މީހެއްގެ މައްޗަށް އިއްޔެ ދައުވާކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ، މިދިޔަ މޭ 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލައާ ގުޅިގެން އެންމެ ފަހުން ދައުވާކުރީ ހއ. މޮޅަދޫ، ބަހާރުގެ، އަބްދުﷲ އަލީމަނިކާއި ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމްގެ މައްޗަށް ކަމަށެވެ.

އެ ދެ މީހުންގެ މައްޗަށް ދައުވާކުރީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އެވެ.

ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މީގެ ކުރިން ހަތް މީހެއްގެ މައްޗަށް ދައުވާކޮށް، އެ މީހުންގެ ޝަރީއަތް ވަނީ ފަށައިފަ އެވެ.

އަލި މަނިކަކީ 2007 ގައި އއ. ހިމަންދޫގައި ހަރުކަށި ފިކުރު ފަތުރައި ސަލާމަތީ ބާރުތަކާ ދެކޮޅަށް ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު މައްސަލައިގައި ހައްޔަރުކޮށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވި މީހެކެވެ.

ފުލުހުން ފަހުން އޭނާ ހައްޔަރުކުރީ މާލެ ސަރަހައްދުގައި ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރުމާއި ހަރުކަށި ފިކުރު ފެތުރުމަށް ހިތްވަރުދޭ ކްލާސްތައް ބޭއްވުމާއި ޖިހާދުގެ ނަމުގައި ބޭރުގައި ހިންގާ ދާހިލީ ހަނގުރާމަ އަށް މީހުން ފޮނުވުމާއި އެކަމަށް ރެކްރޫޓް ކުރުން އަދި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ޓެރަރިޒަމް ހަމަލާއެއް ރާވަމުންދާ ކަމަށް ތުހުމަތު ކުރެވުމުންނެވެ. ތަސްލީމަށް ފުލުހުން ކުރަނީ ނަޝީދަށް ހަމަލާދިނުމަށް އިރުޝާދު ދީ، އެކަމަށް ވިސްނައި ދިނުމުގައި އިސްކޮށް ހުރި މީހާގެ ތުހުމަތެވެ. އޭނާއަކީ 2017 ވަނަ އަހަރު މާލޭގައި ހިންގަމުން އައި އަމިއްލަ ކުންފުންޏެއްގެ އޮފީހުގެ ތެރޭގައި ބޮމެއް ހެދުމުގައި އަމަލީ ގޮތުން މަސައްކަތް ކުރަނިކޮށް، އެ އަހަރުގެ އޭޕްރީލް 24 ގައި ހައްޔަރުކުރި މީހެކެވެ.