16 މެއި 2023
ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ފޮޓޯ އާއި ވީޑިއޯ ގެންގުޅުނު ކަމުގެ ތުހުމަތަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފުކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ފޮޓޯ އާއި ވީޑިއޯ ގެންގުޅުނު ކަމުގެ ތުހުމަތަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފުކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
މެއި، 2021 ގައި އައްޑޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށް ގދ. މަޑަވެލީ ގަމަރީ، އިއުތިސާމް މުހައްމަދު ސައީދުގެ މައްޗަށް މި ދައުވާކުރީ އިސްލާމިކް ސްޓޭޓަށް ތާއީދުކުރާ ފޮޓޯ އާއި ވީޑިއޯތަކެއް ފޯނަކާއި ޕެން ޑްރައިވަކުން ފެނުނު މައްސަލައިގަ އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ކްރިމިނަލް ކޯޓުގެ ހުކުމް ގާނޫނީ އުސޫލާ ހިލާފް ކަމަށް ގަބޫލުކުރެވޭތީ އިސްތިއުނާފްކުރާނެ ކަމަށާއި އެކަން މިހާރު ކުރިއަށްދާ ކަމަށެވެ.
އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް އާދީއްތަ ދުވަހު ކުރި ހުކުމުގައި ބުނެފައި ވަނީ ފޯނުން ފެނުނު ކަމަށް ބުނާ ފޮޓޯތަކަކީ އައިއެސް ޖަމާއަތުގެ ލޯގޯ އާއި ދިދައިގެ ފޮޓޯއެއްކަން ސާބިތުކުރަން އެ ފޮޓޯގެ އަސްލު ދައުލަތުން ހުށަހަޅާފައިނުވާ ކަމަށެވެ.
އަދި ކުޑަ ދެ ފޮޓޯއެއް ހުށަހަޅާފައި ވިޔަސް، އެއީ ހަގީގަތުގައި އައިއެސްގެ ދިދަ އާއި ލޯގޯކަން ކަމާބެހޭ އެއްވެސް މުއައްސަސާއެއް މެދުވެރިކޮށް ދައުލަތުން ކަށަވަރުކޮށްފައި ނުވާ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ފުލުހުންގެ ރިޕޯޓް ތައްޔާރުކުރި މީހާގެ ބަހަށް އެކަނި ބަލައިގެން އެއީ އައިއެސްގެ ދިދަ އާއި ލޯގޯ ކަމަށް ނުނިންމޭނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.
ފެނުނު އޯޑިއޯގައި ދިވެހި ބަހުން ވާހަކަ ދެއްކި ނަމަވެސް އެ ވާހަކަތަކާ އައިއެސް ޖަމާއަތާ ގުޅުމެއް ނެތް ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން އެ ހުކުމުގައި ބުނެފައި ވަނީ ފެނުނު ވީޑިއޯގައި އެއްވެސް ނުރައްކާތެރި މަންޒަރެއް ނުފެންނަ ކަމަށާއި ވީޑިއޯއިން ފެންނަނީ ކޮން ޖަމާއަތެއްގެ ބައެއްކަން ނޭނގޭ ފުލުހުން ބުނެފައިވަތީ ވީޑިއޯއެއް ގެންގުޅުނީ ކަމަށް ނުބެލެވޭ ކަމަށެވެ.
އިސޫ ދޫކޮށްލީ ނުރައްކަލެއް ނެތް ކަމަށް ބަލާފައި
ނަޝީދަށް ދިން ހަމަލާއާ ގުޅޭ އިތުރު 2 މީހަކަށް ދައުވާ
އަމީން އަލުން ބަންދުކުރަން އެދިއްޖެ
އެމްބަސީ ގޮއްވާލަން ބުނި މީހާ ޝަރުތުކޮށް ދޫކޮށްލައިފި
ބޮން ގޮއްވި މައްސަލައިގައި ހަތަރު މީހަކަށް ދައުވާކޮށްފި
ކޯޓުން ދޫކޮށްލި ދެ މީހަކު އަލުން ހައްޔަރުކޮށްފި
ހަރުކަށިފިކުރު މީހުން އަލުން ހައްޔަރުކުރަން އަމުރުކޮށްފި
އަމީންގެ މައްޗަށް ޓެރަރިޒަމްގެ ދެ ދައުވާއެއް
އަދީބުގެ 12 އަށްވުރެ ގިނަ މައްސަލަ ޕީޖީއަށް ފޮނުވަނީ
ޖާނުން ފިދާވާން އުޅުނު ދެ މީހުން އަނެއްކާ ޖަލަށް