26 ސެޕްޓެމްބަރ 2021
އިހްތިރާމް ކުރުމާއި ވަކި ފަރާތަކަށް ބުރަނުވެ އިންސާފުވެރިކަމާ އެކު މުއާމަލާތު ކުރާނެކަމުގެ ކަށަވަރުކަން ލިބޭ ނަމަ، ދެ ކޮރެއާގެ ސަމިޓެއްގައި ބައިވެރިވާން އުތުރު ކޮރެއާ އޮތީ ތައްޔާރަށް ކަމަށް، އެ ގައުމުގެ ލީޑަރު ކިމް ޖޮންގް-އުންގެ ނުފޫޒު ގަދަ އަންހެން ކޮއްކޮ ކިމް ޔޯ ޖޮންގް އިއްޔެ ވިދާޅުވެއްޖެ އެވެ.
އިހްތިރާމް ކުރުމާއި ވަކި ފަރާތަކަށް ބުރަނުވެ އިންސާފުވެރިކަމާ އެކު މުއާމަލާތު ކުރާނެކަމުގެ ކަށަވަރުކަން ލިބޭ ނަމަ، ދެ ކޮރެއާގެ ސަމިޓެއްގައި ބައިވެރިވާން އުތުރު ކޮރެއާ އޮތީ ތައްޔާރަށް ކަމަށް، އެ ގައުމުގެ ލީޑަރު ކިމް ޖޮންގް-އުންގެ ނުފޫޒު ގަދަ އަންހެން ކޮއްކޮ ކިމް ޔޯ ޖޮންގް އިއްޔެ ވިދާޅުވެއްޖެ އެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި، އެއް ބަޔަކު އަނެއް ބަޔަކަށް އިހްތިރާމްކޮށް، ވަކިފަރާތަކަށް ބުރަ ނުވުމުގެ އުސޫލު ދެމެހެއްޓޭ ނަމަ، އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާއާ ދެމެދު އޮމާން ދެނެގަތުމެއް ގާއިމުކުރެވިދާނެ،" އިއްޔެ ނެރުއްވި ބަޔާނެއްގައި ކިމް ޔޯ ޖޮންގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދެކޮރެއާގެ ސަމިޓެއް ބޭއްވުމުގެ އިތުރުން، ދެ ކޮރެއާގެ ދެމެދުގައި އޮތް ހަނގުރާމައިގެ ހާލަތު ރަސްމީކޮށް ނިމުމަކަށް ގެނައުމާ ބެހޭ ގޮތުން ގޮތެއް ނިންމޭނީ ދުރާލައި އެކަމާ ބެހޭ ގޮތުން ބިނާކުރަނިވި ގޮތެއްގައި މަޝްވަރާ ކޮށްގެންނެވެ.
އިއްޔެ ނެރުއްވި ބަޔާނުގެ އިތުރުން، މިދިޔަ ހުކުރު ދުވަހު ވެސް ދެ ކޮރެއާގެ މައްސަލައާ ގުޅޭ ގޮތުން، ކިމް ޔޯ ޖޮންގް ބަޔާނެއް ނެރުއްވި އެވެ. އުތުރު ކޮރެއާއާ އެކުގައި އޮތް ހަނގުރާމައިގެ ހާލަތު ނިމުމަކަށް ގެނައުމަށް، ދެކުނު ކޮރެއާގެ ރައީސް މޯން ޖައެ ގޮވައިލެއްވި ގޮވައިލެއްވުމަށް ރައްދު ދެއްވައި، ހުކުރު ދުވަހު ނެރުއްވި ބަޔާނުގައި ކިމް ޔޯ ޖޮންގް ވިދާޅުވީ، އުތުރު ކޮރެއާއާ މެދު ދެކުނު ކޮރެއާ އިން ގެންގުޅޭ އަދާވާތްތެރި ސިޔާސަތު ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ.
ދެ ކޮރެއާ ދެމެދުގައި 1950-1953 އަށް ކުރި ހަނގުރާމަ، ރަސްމީކޮށް ނިމުމަކަށް ގެނައުމުގެ ގޮތުން، ދެ ފަރާތުގެ މެދުގައި ސުލްހައިގެ އެއްބަސްވުމެއް އަދިވެސް ގާއިމެއް ނުކުރެ އެވެ. އެހެންކަމުން ދެ ގައުމު އަދިވެސް އޮތީ ހަނގުރާމައިގެ ހާލަތުގަ އެވެ.
ދެ ކޮރެއާގެ ދެމެދުގައި އޮތް ހަނގުރާމައިގެ ހާލަތު ރަސްމީކޮށް ނިމުމަކަށް ގެނައުމަށް އުތުރު ކޮރެއާ އިން ގޮވައިލަމުން އަންނަތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ. ނަމަވެސް، އުތުރު ކޮރެއާގެ ނިއުކްލިއާ ހަތިޔާރު މަޝްރޫއު ހުއްޓައިލުމުން ނޫނީ އެފަދަ އެއްބަސްވުމެއް ގާއިމު ނުކުރުމަށް، އެމެރިކާ އިން އަންނަނީ ދެކުނު ކޮރެއާ އަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ.
އުތުރު ކޮރެއާ އިން ބުނާ ގޮތުގައި ދެ ކޮރެއާގެ މައްސަލައިގައި ހުޅަނގުން ގެންގުޅެނީ މުޅިން ތަފާތު ދެ މިންގަނޑެކެވެ. އެ ގޮތުން އުތުރު ކޮރެއާ އިން ހަތިޔާރެއް އުފައްދައިފި ނަމަ، ނުވަތަ މިސައިލެއްގެ އަޖުމަ ބަލައިފި ނަމަ، އެއީ ޓެރަރިޒަމް ފެތުރުން ކަމަށް މާނަކުރާ އިރު، ދެކުނު ކޮރެއާ އިން ކުރާ އެފަދަ ކޮންމެ ކަމެއް، ހުޅަނގުން މާނަކުރަނީ، ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރާ ކަމެއްގެ ގޮތުގަ އެވެ.
މިދިޔަ ހަފުތާގައި ދެކުނު ކޮރެއާ އިން ވަނީ، އެ ގައުމުގައި އުފެއްދި، ސަބްމެރިން އިން ފޮނުވައިލާ ޒާތުގެ ބެލެސްޓިކް މިސައިލެއްގެ އަޖުމަ ބަލައިފަ އެވެ.
އުތުރު ކޮރެއާ އިން މި މަހުގެ ތެރޭގައި ވަނީ، ދުރު ރާސްތާގެ ކްރޫޒް މިސައިލަކާއި ކުރު ރާސްތާގެ ބެލެސްޓިކް މިސައިލެއް ވެސް އަޖުމަ ބަލައިފަ އެވެ.
ދެ ކޮރެއާގެ ހޮޓްލައިން އަލުން އިއާދަކުރަނީ
އުތުރު ކޮރެއާ އިން ދެ ބެލިސްޓިކް މިސައިލް ފޮނުވާލައިފި
ދެ ކޮރެއާ އިން އިންޒާރުގެ ހަމަލާތަކެއް ބަދަލުކޮށްފި
އިންޒާރުކުރުމަށް އުތުރު ކޮރެއާއިން ބޮޑުބަޑި ޖަހައިފި
އުތުރު ކޮރެއާގެ ބެލެސްޓިކް މިސައިލެއް ޖަޕާނުގެ މަތިން
ނިއުކްލިއާ ހަތިޔާރެއް ޓެސްޓުކޮށްފިއްޔާ ވަރުގަދަ ރައްދެއް
ދެކުނު ކޮރެއާ އާއި އެމެރިކާގެ ރައްދު މިސައިލްތަކުން
ބަލިނުކުރެވޭ ވަރުގެ އަސްކަރިއްޔާއެއް އުފައްދާނަން
އުތުރުކޮރެއާގެ ކްރިސްމަސް ހަދިޔާއަށް އެމެރިކާ ތައްޔާރު
އުތުރު ކޮރެއާއިން ޖީޕީއެސް ސިގްނަލް ޖޭމްކުރަނީ!