19 އޮކްޓޯބަރ 2022
ދެކުނު ކޮރެއާގެ އަސްކަރިއްޔާ އިން އެ ގައުމުގެ ސިފައިންގެ އަހަރީ ތަމްރީންތައް ފަށާފައި ވަނިކޮށް، އުތުރު ކޮރެއާ އިން ވައިގެ ތެރެއަށް ބޮޑުބަޑީގެ ހަމަލާތަކެއް ދީފި އެވެ.
ދެކުނު ކޮރެއާގެ އަސްކަރިއްޔާ އިން އެ ގައުމުގެ ސިފައިންގެ އަހަރީ ތަމްރީންތައް ފަށާފައި ވަނިކޮށް، އުތުރު ކޮރެއާ އިން ވައިގެ ތެރެއަށް ބޮޑުބަޑީގެ ހަމަލާތަކެއް ދީފި އެވެ.
ދެކުނު ކޮރެއާ އިން ބުނި ގޮތުގައި އެ ގައުމުގެ ސިފައިން މިހާރު ކުރިއަށް ގެންދާ އަސްކަރީ ފަރިތަކުރުންތަކުގެ މަގްސަދަކީ އުތުރު ކޮރެއާ މިސައިލްތަކުގެ ނުރައްކަލާއި ނިއުކްލިއާ ހަތިޔާރުގެ ނުރައްކަލުން ދިފާއުވުމުގެ ގާބިލުކަން ހޯދުމެވެ. އެ ތަމްރީންތައް ފެށުމާއެކު، ރޭގެ ވަގުތެއްގައި އުތުރު ކޮރެއާ އިން ވަނީ އެ ގައުމުގެ ހުޅަނގު އައްސޭރިން ބޮޑުބަޑީގެ 100 އުންޑަ، އަދި އިރުމަތީ އައްސޭރިން ބޮޑުބަޑީގެ 150 އުންޑަ ވައިގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ނަމަވެސް މިއިން އެންމެ އުންޑައެއް ވެސް ދެކުނު ކޮރެއާގެ ކަނޑުގެ ސަރަހައްދަށް ނުވެއްޓޭ ކަމަށް އެ ގައުމުން ބުންޏެވެ. އެ ހުރިހާ އުންޑަތަކެއް ވެއްޓުނީ، ކަނޑުމަތީގެ އަސްކަރީ އެއްވެސް ހަރަކާތެއް ނުހިންގުމަށް ދެ ކޮރެއާ އިން 2018 ވަނަ އަހަރު އެއްބަސްވެފައިވާ ކަނޑުގެ ސަރަހައްދަށެވެ.
އެހެންކަމުން މިއީ އެ އެއްބަސްވުމާ ޚިލާފަށް އުތުރު ކޮރެއާ އިން ކުރި ކަމެއް ކަމަށް ދެކުނު ކޮރެއާ އިން ބުންޏެވެ. ރޭގެ ހަމަލާތައް ދިންތާ ގަޑިއިރުތަކެއް ފަހުން، މިއަދު މެންދުރު ވެސް އުތުރު ކޮރެއާގެ އިރުމަތީ އައްސޭރިފަށުން ކަނޑުގެ ސަރަހައްދަށް ބޮޑުބަޑީގެ 100 އުންޑަ ފޮނުވައިލި ކަމަށް ދެކުނު ކޮރެއާ އިން ބުންޏެވެ.
މިއީ ހަފުތާއެއްގެ ތެރޭގައި އުތުރު ކޮރެއާ އިން ދެ ގައުމުގެ އެއްބަސްވުމާ ޚިލާފަށް، ބަޑީގެ ހަމަލާތަކެއް ދިން ދެ ވަނަ ފަހަރެވެ. މިދިޔަ ހުކުރު ދުވަހު ވެސް އުތުރު ކޮރެއާ އިން ވަނީ، 2018 ވަނަ އަހަރުގެ އެއްބަސްވުމުގެ ދަށުން ކަނޑައަޅާފައިވާ ސަރަހައްދުގެ ތެރެއަށް ބޮޑުބަޑީގެ 100 އުންޑަ ފޮނުވާލައިފަ އެވެ.
މިފަދަ ހަމަލާތައް ވަގުތުން ހުއްޓައިލުމަށް ގޮވާލައި ދެކުނު ކޮރެއާގެ އަސްކަރިއްޔާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެފަދަ ހަމަލާތަކުގެ ސަބަބުން ހަނގުރާމައެއްގެ ބިރު އުފެދެމުން އަންނަ ކަމަށެވެ. އަދި މިއީ ސަރަހައްދީ ހަމަޖެހުމާއި ރައްކާތެރިކަމަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ހުރަހެއް ކަމަށް ވެސް ދެކުނު ކޮރެއާ އިން ބުންޏެވެ.
ދެކުނު ކޮރެއާގެ ބަޔާނަށް ފަހު އުތުރު ކޮރެއާގެ އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އެ ގައުމުން ކަނޑުގެ ސަރަހައްދަށް ބަޑި ޖެހީ، ދެ ކޮރެއާ ގުޅޭ އިރުމަތީ ސަރަހައްދީ އިމުގެ ކައިރީގައި ދެކުނު ކޮރެއާ އިން އިއްޔެ ބޮޑުބަޑީގެ ތަމްރީންތަކަށް އިންޒާރު ކުރުމުގެ ގޮތުން ޖެހި ބަޑިތަކެކެވެ. ނަމަވެސް އެފަދަ ތަމްރީންތަކެއް އިއްޔެ ބޭއްވިކަން ދެކުނު ކޮރެއާ އިން މިހާތަނަކަށް ނުބުނެ އެވެ.
މިހާރު ކުރިއަށް ދާ ތަމްރީންތައް މިއަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމާފައިވާ އިރު، ޖަޕާނާއި އެމެރިކާގެ ސިފައިން ބައިވެރިކޮށްގެން ވެސް، ދެކުނު ކޮރެއާ އިން ދާދި ފަހުން ވަނީ އަސްކަރީ ފަރިތަކުރުންތަކެއް ބާއްވައިފަ އެވެ.
އުތުރު ކޮރެއާ އިން ދެ ބެލިސްޓިކް މިސައިލް ފޮނުވާލައިފި
ދެ ކޮރެއާ އިން އިންޒާރުގެ ހަމަލާތަކެއް ބަދަލުކޮށްފި
އުތުރު ކޮރެއާގެ ބެލެސްޓިކް މިސައިލެއް ޖަޕާނުގެ މަތިން
ނިއުކްލިއާ ހަތިޔާރެއް ޓެސްޓުކޮށްފިއްޔާ ވަރުގަދަ ރައްދެއް
ދެކުނު ކޮރެއާ އާއި އެމެރިކާގެ ރައްދު މިސައިލްތަކުން
ބަލިނުކުރެވޭ ވަރުގެ އަސްކަރިއްޔާއެއް އުފައްދާނަން
އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރުގެ ތަމްރީންތަކެއް
އުތުރު ކޮރެއާ އިން ބެލިސްޓިކް މިސައިލެއް އަޖުމަބަލައިފި
ކަނޑުން އަރައިގަންނާނެ ގޮތުގެ ތަމްރީންތަކެއް ފަށައިފި
ބާރު ގަދަ ނިއުކްލިއާ ހަތިޔާރު އުފައްދަންވީ: ކިމް