24 އޮކްޓޯބަރ 2022
އެއް ގައުމުން އަނެއް ގައުމުގެ މައްޗަށް، ކަނޑުގެ އިމުގެ ހުރުމަތް ކެނޑިކަމުގެ ތުހުމަތުކޮށް، ދެ ކޮރެއާ އިން އިންޒާރުގެ ހަމަލާތަކެއް މިއަދު ބަދަލުކޮށްފި އެވެ.
އެއް ގައުމުން އަނެއް ގައުމުގެ މައްޗަށް، ކަނޑުގެ އިމުގެ ހުރުމަތް ކެނޑިކަމުގެ ތުހުމަތުކޮށް، ދެ ކޮރެއާ އިން އިންޒާރުގެ ހަމަލާތަކެއް މިއަދު ބަދަލުކޮށްފި އެވެ.
އުތުރު ކޮރެއާ އިން ކުރިއަށް ގެންދާ މިސައިލް އަޖުމަ ބެލުމުގެ ސިލްސިލާއާ ގުޅިގެން، ދެ ކޮރެއާގެ ދެމެދުގައި ނުތަނަވަސްކަން އިތުރުވެފައިވާ މިދަނޑިވަޅުގައި، އިންޒާރުގެ ހަމަލާތަކެއް ދެ ކޮރެއާ އިން މިއަދު ބަދަލުކުރީ، ކޮރެއާގެ ހުޅަނގު ފަރާތުން ކަނޑުގެ ސަރަހައްދުގަ އެވެ.
ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، އިންޒާރުކުރުމުގެ ގޮތުން ވައިގެ ތެރެއަށް ބަޑި ޖަހަންޖެހުނީ، އުތުރު ކޮރެއާގެ ވިޔަފާރި އުޅަނދެއް ދެކުނު ކޮރެއާގެ ކަނޑުގެ ސަރަހައްދަށް ރޭ ދަންވަރު ވަނުމުންނެވެ. އެކަމާ ގުޅިގެން ވައިގެ ތެރެއަށް ބަޑިޖެހީ، ރޭޑިއޯ ސެޓް މެދުވެރިކޮށް އިންޒާރު ދިނުމަށް ފަހުކަމަށް ވެސް ދެކުނު ކޮރެއާ އިން ބުންޏެވެ.
އުތުރު ކޮރެއާ އިން މިއަދު ހެނދުނު ބުނި ގޮތުގައި އެ ގައުމުގެ ކަނޑުގެ ސަރަހައްދާ ކައިރިން ދުޝްމަނުންގެ ކަނޑުމަތީގެ ހަރަކާތްތަކެއް ފާހަގަކުރެވުމުން، އިންޒާރު ކުރުމުގެ ގޮތުން ކަނޑުގެ ތެރެއަށް ބޮޑުބަޑި ޖަހަފައިވާނެ އެވެ. އުތުރު ކޮރެއާ އިން ބުނި ގޮތުގައި އެ ގައުމުގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ގޮތް ނޭނގޭ އެހެން އުޅަނދެއް ފެއްސުމުގެ ނަމުގައި، ދެކުނު ކޮރެއާގެ ކަނޑުގެ ސިފައިންގެ އުޅަނދެއް، އުތުރު ކޮރެއާގެ ކަނޑުގެ ސަރަހައްދަށް ވަދެފައިވާ ކަން ފާހަގަކުރެވުނެވެ.
ދެކުނު ކޮރެއާގެ ކަނޑުގެ ސިފައިން ފައްސައިލެވުނީ، އެ އުޅަނދު އުޅުނު ސަރަހައްދުން ކަނޑު ތެރެއަށް ރޮކެޓްގެ 10 ހަމަލާ ފޮނުވަލައިގެން ކަމަށް ވެސް އުތުރު ކޮރެއާ އިން ބުންޏެވެ. ދެ ކޮރެއާ އިން އެއް ގައުމުން އަނެއް ގައުމުގެ ބޮލުގައި ތުހުމަތުތައް އަޅުވާއިރު، އެ ތުހުމަތުތަކުގެ ހަގީގަތް މިނިވަން ގޮތެއްގައި ކަށަވަރުކުރެވޭނެ ގޮތެއް ނެތެވެ.
ރޭ ބަދަލުކުރި ހަމަލާތަކާ ގުޅޭ ގޮތުން ދެކުނު ކޮރެއާ އިން ބުނި ގޮތުގައި އޮތުރު ކޮރެއާ އިން ކަނޑުގެ ސަރަހައްދުގައި ދިން ހަމަލާތަކަކީ، އެ ސަރަހައްދުގައި އަސްކަރީ ހަރަކާތްތަކެއް ނުހިންގުމަށް، 2018 ވަނަ އަހަރު ދެ ކޮރެއާ އިން ވެފައިވާ އެއްބަސްވުމާ ޚިލާފު އަމަލެއް ކަމަށެވެ. އުތުރު ކޮރެއާ އިން ރޭ ދިން ރޮކެޓް ހަމަލާތައް ދެކުނު ކޮރެއާގެ އިމުގެ ތެރެއަށް އަމާޒު ނުވިޔަސް، އެ ހަމަލާތަކުގެ ސަބަބުން ދެކުނު ކޮރެއާގެ ސިފައިން ތައްޔާރީ ހާލަތަށް ގެނައި ކަމަށް ދެކުނު ކޮރެއާ އިން ބުންޏެވެ.
އުތުރު ކޮރެއާ އިން ދެ ބެލިސްޓިކް މިސައިލް ފޮނުވާލައިފި
އިންޒާރުކުރުމަށް އުތުރު ކޮރެއާއިން ބޮޑުބަޑި ޖަހައިފި
އުތުރު ކޮރެއާގެ ބެލެސްޓިކް މިސައިލެއް ޖަޕާނުގެ މަތިން
ނިއުކްލިއާ ހަތިޔާރެއް ޓެސްޓުކޮށްފިއްޔާ ވަރުގަދަ ރައްދެއް
ދެކުނު ކޮރެއާ އާއި އެމެރިކާގެ ރައްދު މިސައިލްތަކުން
ބަލިނުކުރެވޭ ވަރުގެ އަސްކަރިއްޔާއެއް އުފައްދާނަން
އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރުގެ ތަމްރީންތަކެއް
އުތުރު ކޮރެއާ އިން ބެލިސްޓިކް މިސައިލެއް އަޖުމަބަލައިފި
ކަނޑުން އަރައިގަންނާނެ ގޮތުގެ ތަމްރީންތަކެއް ފަށައިފި
ބާރު ގަދަ ނިއުކްލިއާ ހަތިޔާރު އުފައްދަންވީ: ކިމް