03 ސެޕްޓެމްބަރ 2023
ދުޝްމަން ގައުމުތަކަށް އިންޒާރު ކުރުމުގެ ގޮތުން، ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްގެން ހަމަލާ ދޭނެ ގޮތުގެ ޓެކްޓިކަލް ތަމްރީންތަކެއް ބާއްވައިފި ކަމަށް އުތުރު ކޮރެއާ އިން މިއަދު ބުނެފި އެވެ.
ދުޝްމަން ގައުމުތަކަށް އިންޒާރު ކުރުމުގެ ގޮތުން، ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްގެން ހަމަލާ ދޭނެ ގޮތުގެ ޓެކްޓިކަލް ތަމްރީންތަކެއް ބާއްވައިފި ކަމަށް އުތުރު ކޮރެއާ އިން މިއަދު ބުނެފި އެވެ.
އުތުރު ކޮރެއާގެ ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި ތަމްރީނުތައް ބޭއްވީ އިއްޔެ ހެނދުނު އެވެ. މިއީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން ކުރިމަތިކުރާ ނުރައްކާތަކަށް ރައްދު ދީ، ނިއުކްލިއާ ހަނގުރާމައެއް ފެށިއްޖެ ހާލަތުގައި އުތުރު ކޮރެއާ އިން ރައްދު ދިނުމަށް ތައްޔާރުވެފައިވާ މިންވަރު ހާމަކޮށްދިނުމުގެ ތަމްރީނުތަކެއް ކަމަށް ވެސް އުތުރު ކޮރެއާ އިން ބުންޏެވެ.
މި ތަމްރީންތަކުގައި ބޭނުންކުރީ އަސްލާ އެއްގޮތަށް ހަދާފައިވާ ނަމޫނާ ނިއުކްލިއާ ވޯހެޑްތަކެކެވެ. އުތުރު ކޮރެއާ އިން ބުނި ގޮތުގައި އިއްޔެގެ ތަމްރީންތަކުގައި ދުރު ރާސްތާގެ ދެ ކްރޫޒް މިސައިލް، ކޮރެއާ ކަނޑުގެ ހުޅަނގު ސަރަހައްދަށް ފޮނުވައިލީ، ނަމޫނާ ދެ ވޯހެޑާ އެކުގަ އެވެ. އެ ދެ މިސައިލްވެސް 1500 ކިލޯމީޓަރަށް ދަތުރުކުރި ކަމަށް އުތުރު ކޮރެއާ އިން ބުންޏެވެ.
އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން ކޮރެއާ ސަރަހައްދުގައި މިހާރު ފަށާފައިވާ އަސްކަރީ ތަމްރީންތަކާ ދެކޮޅު ހެދުމުގެ ގޮތުން، މިދިޔަ ބުރާސްފަތި ދުވަހު އުތުރު ކޮރެއާ އިން ވަނީ، ދުރު ރާސްތާގެ ދެ މިސައިލް ފޮނުވާލައިފަ އެވެ. އެ ދެ މިސައިލް ވެސް 360 ކިލޯމީޓަރަށް ދަތުރުކުރުމަށް ފަހު ވެއްޓުނީ ކޮރެއާ ޖަޒީރާގެ އިރުމަތީ އައްސޭރިއަށެވެ.
އުތުރު ކޮރެއާ އިން ބުރާސްފަތި ދުވަހު ދެ މިސައިލް ފޮނުވައިލީ، އެމެރިކާގެ ބީ1-ބީ މަރުކާގެ ބޮން އަޅާ ދެ ބޯޓު ކޮރެއާ ސަރަހައްދަށް ގެންގޮސް ތަމްރީންތަކުގައި ބައިވެރިކުރުމާ ގުޅިގެންނެވެ. އުތުރު ކޮރެއާ އިން ބުނި ގޮތުގައި މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުން ފެށިގެން ދެކުނު ކޮރެއާ ސިފައިންނާ އެކުގައި އެމެރިކާ ސިފައިން ކުރިއަށް ގެންދާ ތަމްރީންތަކުގެ ބޭނުމަކީ، އުތުރު ކޮރެއާއާ ދެކޮޅަށް ހަނގުރާމަ ކުރާނެ ގޮތް ފަރިތަކުރުމެވެ.
އެމެރިކާ އާއި ދެކުނު ކޮރެއާ އަދި ޖަޕާން ގުޅިގެން ހިންގާ އަސްކަރީ ތަމްރީންތައް އިތުރު ކުރަމުން ދާތީ، އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް އުން ވަނީ، އެ ގައުމުގެ ކަނޑުގެ ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް އަންގަވައިފަ އެވެ. ކަނޑުގެ ސިފައިންގެ ގާބިލުކަން އިތުރުކޮށް ކަނޑުމަތީ ލަޝްކަރުގެ ތައްޔާރީ ހާލަތު މަތި ކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ މުހިންމު ކަމެއް ކަމަށް ވެސް ރައީސް ކިމް ވިދާޅުވި އެވެ.
ނިއުކްލިއާ ރައްދެއް ދިނުމުގެ ތަމްރީންތަކެއް ބާއްވައިފި
އުތުރު ކޮރެއާގެ ބެލެސްޓިކް މިސައިލް ޖަޕާނު ކައިރިއަށް
ބާރު ގަދަ ނިއުކްލިއާ ހަތިޔާރު އުފައްދަންވީ: ކިމް
އުތުރު ކޮރެއާ އިން މިސައިލެއްގެ އަޖުމަބަލައިފި
އެއްވެސް ރަހުމެއް ނެތި ރައްދު ދޭނަން: އ. ކޮރެއާ
އުތުރު ކޮރެއާގެ ބެލެސްޓިކް މިސައިލެއް ޖަޕާނުގެ މަތިން
އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފި
އެމެރިކާ އާއި ދެކުނު ކޮރެއާގެ އަސްކަރީ ތަމްރީންތަކެއް ފަށައިފި
ދެކުނު ކޮރެއާ އާއި އެމެރިކާގެ ރައްދު މިސައިލްތަކުން
އުތުރު ކޮރެއާއިން އަނެއްކާ މިސައިލްތަކެއް އަޖުމަބަލައިފި