05 ޖޫން 2022
އެމެރިކާ އާއި ދެކުނު ކޮރެއާގެ ސިފައިން ގުޅިގެން ބޭއްވި އަސްކަރީ ފަރިތަކުރުންތައް ނިންމައިލުމާ އެކު، އުތުރު ކޮރެއާ އިން ކުރު ރާސްތާގެ މިސައިލްތަކެއް އަޖުމަ ބަލައިފި އެވެ.
އެމެރިކާ އާއި ދެކުނު ކޮރެއާގެ ސިފައިން ގުޅިގެން ބޭއްވި އަސްކަރީ ފަރިތަކުރުންތައް ނިންމައިލުމާ އެކު، އުތުރު ކޮރެއާ އިން ކުރު ރާސްތާގެ މިސައިލްތަކެއް އަޖުމަ ބަލައިފި އެވެ.
ދެކުނު ކޮރެއާ އިން ބުނި ގޮތުގައި އުތުރު ކޮރެއާ އިން މިއަދު ހެނދުނު އަޖުމަ ބެލުމުގެ ގޮތުން، ޖުމްލަ އަށް މިސައިލެއް، އުތުރު ކޮރެއާގެ އިރުމަތީ އައްސޭރީގެ ކަނޑުގެ ސަރަހައްދަށް ފޮނުވައިލި އެވެ. މި އަށް މިސައިލް ވެސް ފޮނުވައިލީ ވެރިރަށް ޕިޔޮންގްޔަންގްގެ ސުނާން ސަރަހައްދުންނެވެ.
މިއަދު އަޖުމަބެލި މިސައިލްތައް ދަތުރުކުރީ 110 ކިލޯމީޓަރާއި 600 ކިލޯ މީޓަރާ ދެމެދުގެ ދުރުމިނަކަށެވެ. އަދި އެ މިސައިލްތައް ދަތުރުކުރީ 25 ކިލޯމީޓަރާއި 90 ކިލޯމީޓަރާ ދެމެދުގެ އުސްމިނެއްގައި ކަމަށް ވެސް ދެކުނު ކޮރެއާ އިން ބުންޏެވެ.
އުތުރު ކޮރެއާ އިން މިއަދު އަޖުމަ ބެލި މިސައިލްތަކާ ބެހޭ ގޮތުން ޖަޕާނުން ބުނީ، އެއީ ބެލެސްޓިކް މިސައިލްތަކެއް ކަމަށް ލަފާކުރެވޭ ކަމަށެވެ. މިއަދު އަޖުމަބެލި މިސައިލްތަކާ އެކު، މި އަހަރުގެ ތެރޭގައި އުތުރު ކޮރެއާ އިން މިސައިލް އަޖުމަ ބެލި އަދަދު 18 އަށް އެރީ އެވެ.
މިސައިލްތަކެއް އަޖުމަ ބެލުމާ ގުޅިގެން، އެމެރިކާ އާއި ދެކުނު ކޮރެއާގެ ކަންބޮޑުވުން އިތުރުވެފައިވާ އިރު، އެ ދެ ގައުމު ގުޅިގެން، ފިލިޕީންސް ކަނޑުގެ ސަރަހައްދުގައި މިދިޔަ ހަފުތާގައި ވަނީ އަސްކަރީ ފަރިތަކުރުންތަކެއް ބާއްވައިފަ އެވެ. އިއްޔެ ނިންމައިލި އެ ފަރިތަކުރުންތަކުގައި ބައިވެރިވީ އެމެރިކާ އާއި ދެކުނު ކޮރެއާގެ ވެސް ކަނޑުގެ ސިފައިން އެކަންޏެވެ.
އެމެރިކާ އާއި ދެކުނު ކޮރެއާ އިން މިދިޔަ ހަފުތާގައި ބުނެފައިވާ ގޮތުގައި، އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރެއް އަޖުމަ ބަލަން ތައްޔާރުވަމުންދާ ކަމުގެ ނިޝާންތަކެއް މިހާރު އެބަ ފެނެ އެވެ. އުތުރު ކޮރެއާގެ އިރު އުތުރު އަވަށެއް ކަމަށްވާ ޕުންގްޔޭ-ރީގައި އެ ގައުމުގެ ސިފައިން މިހާރު ވަމުންދާ ތައްޔާރީތަކުގައި، ނިއުކްލިއާ ހަތިޔާރެއް އަޖުމަ ބަލައިފި ނަމަ، އެއީ 2006 ވަނަ އަހަރުގެ ފަހުން އެ ގައުމުން އަޖުމަ ބަލާ ހަ ވަނަ ނިއުކްލިއާ ހަތިޔާރަށް ވާނެ އެވެ. އަދި އެއީ އެ ގައުމުގެ ދުރު ރާސްތާ މިސައިލްގައި ހަރުކުރުމަށް އުފައްދައި 2017 ވަނަ އަހަރު އަޖުމަ ބެލި ތާމޯނިއުކްލިއާ ބޮމަށް ފަހު، އެ ގައުމުން ނިއުކްލިއާ ހަތިޔާރެއް އަޖުމަ ބަލަ ފުރަތަމަ ފަހަރަށް ވާނެ އެވެ.
އުތުރު ކޮރެއާ އިން މިއަދު ބެލެސްޓިކް މިސައިލެއް އަޖުމަ ބެލުމާ ގުޅިގެން، ދެކުނު ކޮރެއާގެ ރައީސް ވަނީ އެ ގައުމުގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ވައިގެ ދިފާއީ ތައްޔާރީ ހާލަތު ވަރުގަދަކޮށްފަ އެވެ. އަދި ދެކުނު ކޮރެއާގައި ތިބޭ އެމެރިކާ ސިފައިން ވެސް މިއަދު ވަނީ ވައިގެ ދިފާއީ ނިޒާމަށް އިތުރު ސަމާލުކަމެއް ދީފަ އެވެ.
ނިއުކްލިއާ ބޮމެއް އަޖުމަ ބަލައިފިއްޔާ ވަރުގަދަ ރައްދެއް
އުތުރު ކޮރެއާގެ ބެލެސްޓިކް މިސައިލެއް ޖަޕާނުގެ މަތިން
އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފި
ބާރު ގަދަ ނިއުކްލިއާ ހަތިޔާރު އުފައްދަންވީ: ކިމް
އުތުރު ކޮރެއާގެ ބެލެސްޓިކް މިސައިލް ޖަޕާނު ކައިރިއަށް
ނިއުކްލިއާ ހަތިޔާރެއް ޓެސްޓުކޮށްފިއްޔާ ވަރުގަދަ ރައްދެއް
ދެކުނު ކޮރެއާ އާއި އެމެރިކާގެ ރައްދު މިސައިލްތަކުން
އުތުރު ކޮރެއާ އިން ތިން މިސައިލް އަޖުމަބަލައިފި
އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލެއްގެ އަޖުމަބަލައިފި
އުތުރު ކޮރެއާ އިން ދެ މިސައިލެއް އަޖުމަބަލައިފި