06 ޖޫން 2022
އުތުރު ކޮރެއާ އިން ކުރު ރާސްތާގެ އަށް މިސައިލެއް އިއްޔެ އަޖުމަ ބެލުމާ ގުޅިގެން އެކަމަށް ރައްދު ދިނުމުގެ ގޮތުން، އެމެރިކާ އާއި ދެކުނު ކޮރެއާ އިން މިއަދު ކުރު ރާސްތާގެ އަށް މިސައިލެއް އުދުއްސާލައިފި އެވެ.
އުތުރު ކޮރެއާ އިން ކުރު ރާސްތާގެ އަށް މިސައިލެއް އިއްޔެ އަޖުމަ ބެލުމާ ގުޅިގެން އެކަމަށް ރައްދު ދިނުމުގެ ގޮތުން، އެމެރިކާ އާއި ދެކުނު ކޮރެއާ އިން މިއަދު ކުރު ރާސްތާގެ އަށް މިސައިލެއް އުދުއްސާލައިފި އެވެ.
އެމެރިކާ އާއި ދެކުނު ކޮރެއާ އިން އަށް މިސައިލް މިއަދު ވައިގެ ތެރެއަށް ފޮނުވައިލީ، އުތުރު ކޮރެއާ އިން އަސްކަރީ ބާރު ގަދަކޮށް، އިތުރު ހަތިޔާރުތައް އަޖުމަ ބަލަމުން ދާއިރު، ދެކުނު ކޮރެއާ އާއި އެމެރިކާ ވެސް އޮތީ އެކަމަށް ތައްޔާރުވެގެން ކަން ސާބިތުކޮށްދިނުމުގެ ގޮތުންނެވެ.
އިއްޔެ އުތުރު ކޮރެއާ އިން އަޖުމަ ބެލި އަށް މިސައިލް ވެސް ފޮނުވައިލީ، އުތުރު ކޮރެއާގެ އިރުމަތީ އައްސޭރީގެ ކަނޑުގެ ސަރަހައްދުގައިވާ އަމާޒަކަށް ފޮނުވައިލީ ވެރިރަށް ޕިޔޮންގްޔަންގްގެ ސުނާން ސަރަހައްދުންނެވެ. އެ މިސައިލްތައް ދަތުރުކުރީ، 25 ކިލޯމީޓަރާއި 90 ކިލޯމީޓަރާ ދެމެދުގެ އުސްމިނެއްގައި، 110 ކިލޯމީޓަރާއި 600 ކިލޯ މީޓަރާ ދެމެދުގެ ދުރުމިނަކަށެވެ.
ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، މިއަދު އުދުއްސައިލި އަށް މިސައިލް ވެސް ފޮނުވައިލީ އިރުމަތީ ކަނޑުގެ ތެރެއަށެވެ. އަދި އެ މިސައިލްތައް ފޮނުވައިލީ ކޮރެއާ ސަރަހައްދުގައި އަސްކަރީ ކުރިމަތިލުމެއް ފެށިއްޖެ ހިނދެއްގައި، އެކަމަށް ވަގުތުން ރައްދު ދިނުމަށް ތައްޔާރުވެފައިވާ މިންވަރު ދައްކާލުމުގެ ގޮތުންނެވެ.
އިއްޔެ އުތުރު ކޮރެއާ އިން ބެލެސްޓިކް މިސައިލްތަކެއް އަޖުމަ ބެލުމުން އެކަން ކުށްވެރިކޮށް، ދެކުނު ކޮރެއާ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެފަދަ އަޖުމަ ބެލުންތަކުން ކޮރެއާ ސަރަހައްދަށް އިތުރު ނުތަނަވަސްކަން ގެނުވާނެ ކަމަށެވެ. އެހެންކަމުން އެފަދަ އަމަލުތައް ހުއްޓައިލުމަށް އުތުރު ކޮރެއާ އަށް ގޮވާލާފައިވެ އެވެ.
މިދިޔަ މަހުގެ ތެރޭގައި ދެކުނު ކޮރެއާގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގެންނެވި ޔޫން ސުކް-ޔެއޯލް ވިދާޅުވެފައިވަނީ، އުތުރު ކޮރެއާއާ މެދު ގެންގުޅުއްވާނީ ހަރުކަށި ސިޔާސަތެއް ކަމަށެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، މިދިޔަ މަހުގެ ތެރޭގައި، ވެރިރަށް ސޯލްގައި އެމެރިކާގެ ރައީސް ޖޯ ބައިޑެންއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ދެ ގައުމު ގުޅިގެން އިތުރު އަސްކަރީ ތަމްރީންތައް ބާއްވަން އެއްބަސްވެފަ އެވެ.
އުތުރު ކޮރެއާގެ ބެލެސްޓިކް މިސައިލެއް ޖަޕާނުގެ މަތިން
ނިއުކްލިއާ ހަތިޔާރެއް ޓެސްޓުކޮށްފިއްޔާ ވަރުގަދަ ރައްދެއް
އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފި
އުތުރު ކޮރެއާއިން އަނެއްކާ މިސައިލްތަކެއް އަޖުމަބަލައިފި
އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރުގެ ތަމްރީންތަކެއް
އުތުރު ކޮރެއާ އިން ދެ ބެލިސްޓިކް މިސައިލް ފޮނުވާލައިފި
ނިއުކްލިއާ ރައްދެއް ދިނުމުގެ ތަމްރީންތަކެއް ބާއްވައިފި
އުތުރު ކޮރެއާ އިން މިސައިލެއްގެ އަޖުމަބަލައިފި
އުތުރު ކޮރެއާގެ ބެލެސްޓިކް މިސައިލް ޖަޕާނު ކައިރިއަށް
އެއްވެސް ރަހުމެއް ނެތި ރައްދު ދޭނަން: އ. ކޮރެއާ