Roadha Mihaaru
އެއްވެސް ރަހުމެއް ނެތި ރައްދު ދޭނަން: އ. ކޮރެއާ

އެއްވެސް ރަހުމެއް ނެތި ރައްދު ދޭނަން: އ. ކޮރެއާ

07 ނޮވެމްބަރ 2022

ކޮރެއާ ސަރަހައްދުގެ ހަމަޖެހުމާއި ސުލްހަވެރިކަން ނަގައިލުމަށް، އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން ހިންގަމުންދާ އަސްކަރީ ހަރަކާތްތަކަށް، އެއްވެސް ރަހުމެއް އޯގާތެރިކަމެއް ނެތި ރައްދު ދެމުންދާނެ ކަމަށް އުތުރު ކޮރެއާ އިން މިއަދު ބުނެފި އެވެ.

އުތުރު ކޮރެއާ އިން މިދިޔަ ހަފުތާގައި އަޖުމަ ބެލި މިސައިލްތަކުގެ ފޮޓޯތަކާއެކު، އެ ގައުމުގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާ އާއި ދެކުނު ކޮރެއާގެ އަސްކަރީ ހަރަކާތްތަކާ އުތުރު ކޮރެއާ ކުރިމަތިލާނީ ވަރަށް ކެރިގެން ސާބިތުކަމާއި ވަރުގަދަ އަޒުމަކާ އެކުގައި ކަމަށެވެ. އަދި އެ ދެ ގައުމުން ހިންގާ އަސްކަރީ ހަރަކާތްތަކަށް ރައްދު ދިނުމުގައި ފަސްޖެހުމެއް ނެތި އުތުރުކޮރެއާ ދެމިއޮންނާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ނޮވެމްބަރ 5، 2022: ދެކުނު ކޮރެއާ އާއި އެމެރިކާ ގުޅިގެން ބޭއްވި އަސްކަރީ ފަރިތަކުރުންތަކުގައި ބައިވެރިވި، އެމެރިކާގެ ބީ-1ބީ މަރުކާގެ ބޮން އަޅާ ދެ ބޯޓާ އެކު، ދެކުނު ކޮރެއާ އާއި އެމެރިކާގެ ހަނގުރާމަތީ މަތިންދާބޯޓުތަކެއް، ދެކުނު ކޮރެއާގެ މަތިން ދަތުރުކުރަނީ. --އޭއެފްޕީ

އަޖުމަ ބެލުމުގެ ގޮތުން އުތުރު ކޮރެއާ އިން މިދިޔަ ހަފުތާގައި ވަނީ، ގިނަ އަދަދެއްގެ މިސައިލްތަކެއް ވައިގެ ތެރެއަށް ފޮނުވާލައިފަ އެވެ. އޭގެ ތެރޭގައި އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ވެސް ހިމެނޭ ކަމަށް ބެލެވެ އެވެ. އަދި ވައިގެ ތެރެއަށް ބޮޑުބަޑީގެ އެތައް ސަތޭކަ އުންޑައެއް ފޮނުވައިލި އެވެ.

އުތުރު ކޮރެއާ އިން މި ހަރަކާތްތައް ހިންގީ، އެމެރިކާ އާއި ދެކުނު ކޮރެއާގެ ވައިގެ ސިފައިން ގުޅިގެން ފެށި އަސްކަރީ ތަމްރީންތަކަކާ ގުޅިގެންނެވެ. ފަސް ދުވަހުގެ މުއްދަތަށް މިދިޔަ ހަފުތާގައި ފެށި އެ ތަމްރީނުތައް، އުތުރު ކޮރެއާގެ މިސައިލް އަޖުމަ ބެލުންތަކާ ގުޅިގެން، މިހާރު ވަނީ ހަ ދުވަހަށް އިތުރުކޮށްފަ އެވެ.

ނޮވެމްބަރ 6، 2022: އުތުރު ކޮރެއާ އިން ދާދި ފަހުން އަޖުމަބެލި މިސައިލްތަކުގެ ބައެއް ފޮޓޯ. --އޭއެފްޕީ

ނޮވެމްބަރ 6، 2022: އުތުރު ކޮރެއާ އިން ދާދި ފަހުން އަޖުމަބެލި މިސައިލްތަކުގެ ބައެއް ފޮޓޯ. --އޭއެފްޕީ

ދެކުނު ކޮރެއާ އާއި އެމެރިކާގެ އަސްކަރީ ފަރިތަކުރުންތަކާ ގުޅިގެން އުތުރު ކޮރެއާ އިން ބުނީ، އެއީ ކޮރެއާ ސަރަހައްދުގެ ސުލްހަވެރިކަމާއި ހަމަޖެހުން ނަގާލައި ބިރުވެރިކަން ފެތުރުމުގެ ގޮތުން ގަސްދުގައި ކުރަމުންދާ ކަންތައްތަކެއް ކަމަށެވެ. އަދި އެއީ ވަރަށް އުދުވާނީ ސިފައެއްގައި ކުރިއަށް ގެންދާ ހަނގުރާމައިގެ ފަރިތަކުރުންތަކެއް ކަމަށް ވެސް އުތުރު ކޮރެއާ އިން ބުންޏެވެ.

މިހާރު ކުރިއަށް ދާ އަސްކަރީ ފަރިތަކުރުންތަކުގައި ދެ ގައުމުގެ 200 އެއްހާ އަސްކަރީ މަތިންދާބޯޓު ބައިވެރިވާއިރު، އެމެރިކާގެ ބީ-1ބީ މަރުކާގެ ބޮންއަޅާ ބޯޓުތައް ވެސް ބައިވެރިވެ އެވެ. މިއީ ޑިސެމްބަރު 2017 ގެ ފަހުން މި ބާވަތުގެ ބޯޓުތަކެއް އެމެރިކާ އިން ކޮރެއާ ސަރަހައްދަށް ފޮނުވި ފުރަތަމަ ފަހަރެވެ.

މި ތަމްރީންތަކާ ގުޅިގެން އުތުރު ކޮރެއާ އިން ވެސް ވަނީ، އެ ގައުމުގެ ވައިގެ ސިފައިންގެ މަރުކަޒުތަކަށާއި ވައިގެ ސިފައިންގެ މަތިންދާބޯޓުތަކަށް ދީފާނެ ހަމަލާއަކުން ދިފާއުވުމާ ގުޅޭ ގޮތުން އަސްކަރީ ތަމްރީންތަކެއް ބާއްވައިފަ އެވެ. އޭގެ އިތުރުން، ދެކުނު ކޮރެއާގެ ބޮޑެތި ސަހަރުތަކަށް ހަމަލާއެއް ދޭނެ ގޮތުގެ، ކޮމްޕިއުޓަރު ތަމްރީންތަކެއް ވެސް އުތުރު ކޮރެއާ އިން ކުރިއަށް ގެންދިޔަ ކަމަށް އެ ގައުމުން ބުނެ އެވެ.