Roadha Mihaaru
ނިއުކްލިއާ ރައްދެއް ދިނުމުގެ ތަމްރީންތަކެއް ބާއްވައިފި

ނިއުކްލިއާ ރައްދެއް ދޭނެ ގޮތުގެ ތަމްރީންތަކެއް ބާއްވައިފި

21 މާޗް 2023

ދުޝްމަނުންގެ ފަރާތުން ނިއުކްލިއާ ހަމަލާއެއް ކުރިމަތިވާ ހާލަތެއްގައި އެކަމަށް، ނިއުކްލިއާ ހަތިޔާރަކުން ރައްދު ދޭނެ ގޮތުގެ ތަމްރީންތަކެއް، އުތުރު ކޮރެއާގެ ރައީސް ކިމް ޖޮން އުންގެ ބެއްލެވުމުގެ ދަށުން، ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސްފި އެވެ.

އުތުރު ކޮރެއާގެ ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު ބޭއްވި މި ތަމްރީންތަކުގައި، ބެލެސްޓިކް މިސައިލް ވެސް ބޭނުންކުރި އެވެ. އެ މިސައިލްތައް އޭގެ އަމާޒަށް ފޮނުވައިލީ ނިއުކްލިއާ ވޯހެޑް ގޮތަށް އުފައްދާފައިވާ ނަމޫނާ ވޯހެޑެއް ހަރުކޮށްފައި ކަމަށާއި، ބޭނުމަކީ އެ ގައުމުގެ ނިއުކްލިއާ ލަޝްކަރުގެ ތައްޔާރީ ހާލަތު ހުރި މިންވަރެއް ވަޒަންކުރުން ކަމަށް ވެސް އެ ގައުމުން ބުންޏެވެ.

މާޗް 19، 2023؛ އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް އުން އޭނާގެ ދަރިކަނބަލުންނާ އެކުގައި، އެ ގައުމުގެ އަސްކަރިއްޔާ އިން ބޭއްވި ތަމްރީންތައް ކުރިއަށް ދާ ގޮތް ބައްލަވައިލައްވަނީ. --އޭއެފްޕީ

މާޗް 19، 2023؛ އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް އުން އޭނާގެ ދަރިކަނބަލުންނާ އެކުގައި، އެ ގައުމުގެ އަސްކަރިއްޔާ އިން ބޭއްވި ތަމްރީންތައް ކުރިއަށް ދާ ގޮތް ބައްލަވައިލައްވަނީ. --އޭއެފްޕީ

ބެލެސްޓިކް މިސައިލް ބޭނުންކޮށްގެން އުތުރު ކޮރެއާ އިން އަސްކަރީ ތަމްރީންތަކެއް ބޭއްވި އިރު، އެމެރިކާ އާއި ދެކުނު ކޮރެއާގެ ސިފައިން ގުޅިގެން ބާއްވާ އަސްކަރީ ތަމްރީންތަކެއް ވެސް ދެކުނު ކޮރެއާ ސަރަހައްދުގައި މިހާރުވެސް އެބަ ކުރިއަށް ދެ އެވެ. މި ތަމްރީންތަކުގައި ދެ ގައުމުގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިން ބައިވެރިވާއިރު، އެމެރިކާގައި ބޭނުންކުރާ ދުރު ރާސްތާގެ ބޮންއަޅާ ބޯޓުތައް ވެސް ބައިވެރިވެ އެވެ.

އުތުރު ކޮރެއާގެ އަސްކަރީ ތަމްރީންތައް އިއްޔެ ކުރިއަށް ދިޔަ އިރު، އެ ގައުމުގެ ރައީސް ކިމް ޖޮންގް އުން އޭނާގެ ހަގު ދަރިކަނބަލުންނާ އެކު، އެ ހަރަކާތްތައް ބައްލަވައިލެއްވުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރެއްވި އެވެ. އެ ތަމްރީންތައް ބައްލަވައިލެއްވުމަށް ފަހު ރައީސް ކިމް ވިދާޅުވީ ދުޝްމަނުން ދީފާނެ ހަމަލާއަކުން ތައްޔާރުވުމަށް، އުތުރު ކޮރެއާގެ ނިއުކްލިއާ ލަޝްކަރު އޮތީ ފުރިހަމަ އަށް ތައްޔާރުވެގެންނެވެ.

މާޗް 19، 2023؛ އުތުރު ކޮރެއާ އިން ބޭއްވި އަސްކަރީ ތަމްރީންތަކުގައި ކުރު ރާސްތާގެ މިސައިލެއް އުދުއްސައިލަނީ. --އޭއެފްޕީ

މާޗް 19، 2023؛ އުތުރު ކޮރެއާ އިން ބޭއްވި އަސްކަރީ ތަމްރީންތަކުގައި ކުރު ރާސްތާގެ މިސައިލެއް އުދުއްސައިލަނީ. --އޭއެފްޕީ

ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު އުތުރު ކޮރެއާ އިން މި ބޭއްވި އަސްކަރީ ފަރިތަކުރުންތަކަކީ، ދެކުނު ކޮރެއާ އާއި އެމެރިކާ ގުޅިގެން މިހާރު ފަށާފައިވާ އަސްކަރީ ފަރިތަކުރުންތައް ކުރިއަށް ދަނިކޮށް، ހަފުތާއެއްގެ ތެރޭގައި އުތުރު ކޮރެއާ އިން ބޭއްވި ހަތަރު ވަނަ ފަރިތަކުރުންތަކެވެ. އުތުރު ކޮރެއާ އިން ބުނި ގޮތުގައި އެ ގައުމުން ބާއްވާ އަސްކަރީ ފަރިތަކުރުންތަކުގެ ބޭނުމަކީ، އެމެރިކާގެ އެހީގައި ދެކުނު ކޮރެއާ އިން އަސްކަރީ ގާބިލުކަން އިތުރު ކުރަމުން އަންނަ އިރު، އެފަދަ ގާބިލުކަން އުތުރު ކޮރެއާ އަށް ވެސް ލިބިގެންވާ ކަން ސާބިތުކޮށްދިނުމެވެ.

އުތުރު ކޮރެއާ އިން ބުނާ ގޮތުގައި އެމެރިކާ އިން ދެކުނު ކޮރެއާއާ ގުޅިގެން މަސައްކަތް ކުރަމުން ދަނީ ކޮރެއާ ސަރަހައްދުގެ ހަމަޖެހުން ނަގައިލުމަށެވެ. އަދި އެކަމުގެ ސަބަބުން ކޮރެއާ ސަރަހައްދުގެ ސުލްހައާއި ސަލާމަތަށް ނުރައްކާވަމުންދާ ކަމަށް ވެސް އުތުރު ކޮރެއާ އިން ބުނެ އެވެ.