Roadha Mihaaru
އުތުރު ކޮރެއާއިން ޖީޕީއެސް ސިގްނަލް ޖޭމްކުރަނީ!

އުތުރު ކޮރެއާއިން ޖީޕީއެސް ސިގްނަލް ޖޭމްކުރާތީ ދަތުރުފަތުރަށް ނުރައްކާވެއްޖެ: ދެކުނު ކޮރެއާ

09 ނޮވެމްބަރ 2024

އުތުރު ކޮރެއާއިން އިއްޔެ އާއި މިއަދު ވެސް ޖީޕީއެސް ސިގްނަލްތައް ޖޭމްކުރަމުން ގެންދާ ކަމަށާއި މިކަމުގެ ސަބަބުން މަދަނީ ކަނޑުދަތުރުތަކާއި ވައިގެ ދަތުރުތަކަށް ނުރައްކާވަމުންދާ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި އެވެ.

އުތުރު ކޮރެއާއިން އިއްޔެ އާއި މިއަދު ވެސް ޖީޕީއެސް ސިގްނަލްތައް ޖޭމްކުރަމުން ގެންދާ ކަމަށާއި މިކަމުގެ ސަބަބުން މަދަނީ ކަނޑުދަތުރުތަކާއި ވައިގެ ދަތުރުތަކަށް ނުރައްކާވަމުންދާ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި އެވެ.

މި ތުހުމަތުކޮށްފައި މި ވަނީ ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމަކުރުމުގައި ރަޝިއާއަށް އެހީވުމަށް އުތުރު ކޮރެއާއިން ސިފައިން ފޮނުވި ކަމުގެ ތުހުމަތާއި އުތުރު ކޮރެއާއިން އެންމެ ޒަމާނީ އަދި ބާރުގަދަ ސޮލިޑް ފިއުލް އައިސީބީއެމް މިސައިލެއް ވެސް ޓެސްޓުކޮށްފައިވާ ކަމަށް ބުނެފައިވާ ވަގުތެއްގަ އެވެ.

މި ނުތަނަވަސްކަމާ އެކު ދެކުނު ކޮރެއާއިން އިއްޔެ ވަނީ ކަނޑުގެ ސަރަހައްދަށް ބެލިސްޓިކް މިސައިލެއް ފޮނުވާލައި އުތުރު ކޮރެއާގެ ކޮންމެ ނުރައްކަލަކާ ކުރިމަތިލައި ރައްދު ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ.

"އުތުރު ކޮރެއާއިން އިއްޔެ އާއި މިއަދު ހެޖޫ އާއި ކައިސޮންގްގައި ޖީޕީއެސް ޖޭމްކުރުމުގެ އަމަލުތަކެއް ހިންގާފައިވޭ،" ސޯލްގެ ޖޮއިންޓް ޗީފް އޮފް ސްޓާފުން ނެރުނު ބަޔާނެއްގައި ބުނެފައި ވެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ދެކުނު ކޮރެއާގެ ދަތުރުފަތުރަށް މިކަމުގެ ސަބަބުން ބައެއް އުނދަގޫތަކާ ކުރިމަތިވާ ކަމަށެވެ.

އަސްކަރިއްޔާއިން ވަނީ ޔެލޯ ސީ ސަރަހައްދުގައި އުޅޭ ދެކުނު ކޮރެއާގެ ކަނޑު ބޯޓުތަކާއި މަތިންދާބޯޓުތަކުން މިކަމަށް ސަމާލުވާން އަންގައިފަ އެވެ.

މިކަން އުތުރު ކޮރެއާއިން ވަގުތުން ހުއްޓާލުމަށާއި އެހެން ނޫން ނަމަ މިކަމުގެ ޒިންމާ ނަގަން ނަގަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ވަނީ ދެކުނު ކޮރެއާ އިން ދީފަ އެވެ. -- އޭއެފްޕީ