26 ސެޕްޓެމްބަރ 2021
ލަންޑަން (ސެޕްޓެމްބަރު 26) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލްއާ ދެކޮޅަށް ކުޅެ، އަލަށް ޕްރޮމޯޓްވި ބްރެންޓްފޯޑަށް ލިބުނީ ހައްގު ޕޮއިންޓެއް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.
ލަންޑަން (ސެޕްޓެމްބަރު 26) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލްއާ ދެކޮޅަށް ކުޅެ، އަލަށް ޕްރޮމޯޓްވި ބްރެންޓްފޯޑަށް ލިބުނީ ހައްގު ޕޮއިންޓެއް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.
ބްރެންޓްފޯޑުގެ ދަނޑުގައި ކުޅުނު މެޗް އެއްވަރުވީ 3-3 އިން އެއްވަރުވެގެންނެވެ.
މިއީ 1946-1947 ސީޒަންގައި ބްރެންޓްފޯޑް އޭރުގެ އިނގިރޭސި ފުރަތަމަ ޑިވިޝަނުން ރެލިގޭޓްވި ފަހުން ފުރަތަމަ ޑިވިޝަން ފުޓުބޯޅައިގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ވެސް ބްރެންޓްފޯޑުންނެވެ. ލިވަޕޫލްގެ އޭރިއާ ތެރެއިން ބްރެންޓްފޯޑުގެ އިވާން ޓޮނޭ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ފާ ޕޯސްޓުގައި ހުރި އެޓީމުގެ ޑިފެންޑަރު އީތަން ޕިނޮކް ގޯލަށް ވައްދާލީ ފަބީނިއޯ އަށް އެ ބޯޅަ ކްލިއާ ކޮށްލާނެ ފުރުސަތެއް ނުދީ އެވެ. އޭގެ ހަތަރު މިނިޓް ފަހުން ކެޕްޓަން ހެންޑަސަަން ނަގައިދިން ބޯޅައެއް ބޮލުން ޖަހައި ލިވަޕޫލަށް ނަތީޖާ އެއްވަރު ކޮށްދިނީ ޑިއޯގޯ ޖޮޓާ އެވެ.
ލިވަޕޫލަަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ 54 ވަނަ މިނިޓުގައި ފަބީނިއޯ ދިން ބޯޅައަކުން މުހައްމަދު ސަލާހެވެ. މިއީ ސަލާހު ޕްރިމިއާ ލީގުގައި ލިވަޕޫލަށް ޖަހައިދިން 100 ވަނަ ލަނޑެވެ. އަދި މިއާއެކު ސަލާހަކީ ކުލަބުގެ ތާރީހުގައި ވެސް އެންމެ މަދު މެޗު ކުޅެގެން 100 ލަނޑު ހަމަކުރި ކުޅުންތެރިޔާއަށެވެ. ރޭގެ މެޗަކީ ސަލާހު ލީގުގައި ޕިވަޕޫލްގެ ޖޯޒީގައި ކުޅުނު 151 ވަނަ މެޗެވެ.
އޭގެ ނުވަ މިނިޓް ފަހުން ބްރެންޓްފޯޑުގެ ޕޮންޓަސް ޔަންސަން ފޮނުވާލި ބޯޅަ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން އެޓީމަށް އެއްވަރު ކޮށްދިނީ މިޑްފީލްޑަރު ވައިޓަލީ ޔަނެލްޓް އެވެ. ނަމަވެސް ލިވަޕޫލްގެ ކާޓިސް ޖޯންސް ވަނީ އޭގެ ހަތަރު މިނިޓް ފަހުން އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ލިވަޕޫލަށް ދެވަނަ ފަހަރަށް ލީޑު ނަަގައިދީފަ އެވެ.
ބްރެންޓްފޯޑުން ދެވަނަ ފަހަރަށް ނަތީޖާ އެއްވަރު ކުރީ މެޗު ނިމެން އަށް މިނިޓަށް ވެފައި ވަނިކޮށް، ފޯވަޑް ޔޮއާނޭ ވިއްސާ އެވެ.
މެޗަށް ފަހު ކްލޮޕް ވަނީ މެޗުން ތިން ޕޮއިންޓް ނުލިބުނު ނަމަވެސް ބްރެންޓްފޯޑުގެ ކުޅުމަށް ތައުރީފުކޮށްފަ އެވެ.
"ބްރެންޓްފޯޑަށް ލިބުނީ ހައްގު ޕޮއިންޓެއް. މި ފެންވަރުގެ ފުޓުބޯޅަ (ބްރެންޓްފޯޑުން) ކުޅެގެން އެކަން ގަބޫލުކުރާކަށް އަހަރެން ފަހެއް ނުޖެހޭނަން،" ކްލޮޕް ބުންޏެވެ.
ޕްރެމިއާ ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު އެވަޓަން އިން އަމިއްލަ ދަނޑުގައި ނޯވިޗް 2-0 އިން ބަލިކުރި އިރު މެޗުގެ ފަހު ވަގުތު އެންޓޯނިއޯ ޖެހި ލަނޑާ އެކު 2-1 އިން ވެސްޓް ހޭމް ޔުނައިޓެޑުން ވަނީ ލީޑްސް ޔުނައިޓެޑް ބަލިކޮށްފަ އެވެ. ލެސްޓާ ސިޓީ އާއި ބާންލީ ކުޅުނު މެޗް 2-2 އިން އެއްވަރުވި އިރު ވަޓްފޯޑާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗް އެއްވަރުވީ 1-1 އިންނެވެ.
މިއީ ލީގުގައި ލިވަޕޫލް މި ސީޒަނުގައި އެއްވަރުވި ދެވަނަ މެޗެވެ. މި މެޗުން ލިބުނު ޕޮއިންޓާއެކު އެޓީމު އެއްވަނައިގައި އޮތީ 14 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ތިންވަނައިގައި އޮތް ޗެލްސީގެ އިތިރުން ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ފަސްވަނައިގައި އޮތް އެވަޓަން އަށް ވެސް ލިބެނީ 13 ޕޮއިންޓެވެ. ބްރެންޓްފޯޑް އޮތީ ކުޅުނު ހަ މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ތާވަލުގެ ނުވަ ވަނައިގަ އެވެ.
ކޯޗާ އަރާރުންވެ، ސަލާހަށް ލިވަޕޫލަށް އެހީއެއް ނުވެވުނު
އެފްރިކަން ކަޕްގެ ކުރިން ސަލާހަށް ކްލޮޕްގެ ތައުރީފް
ސަލާހްގެ ކޮމެންޓަށް ކްލޮޕް ބަސް ބުނެފި
ސަލާހްގެ އަނިޔާ ފަސޭހަވުމުން ކްލޮޕް ހިތްހަމަ ޖެހިފައި
"11 ކުޅުންތެރިން ތިބިއްޔާ ލިވަޕޫލް ދާނީ ކުރިއަށް"
ލިވަޕޫލް ލީޑުގައި، ސަލާހު ވެސް ފަރުވާއަށް ގެންނަނީ
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް
ކްލޮޕް ދެ މެޗަށް ސަސްޕެންޑް ކޮށްފި
މަގާމު ބަދަލު ނުވިއަސް ލިވަޕޫލަށް އުފާވެރި މޮޅެއް
ގަކްޕޯއާއި ސަލާހު ލަނޑުޖަހައި ލިވަޕޫލަށް ބޮޑު އުފަލެއް