27 މެއި 2023
އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުން ލިވަޕޫލަށް ފުރުސަތު ގެއްލުމުން ކަންބޮޑުވުން ފާޅުކޮށް، ލިވަޕޫލްގެ މުހައްމަދު ސަލާހް ކުރި ކޮމެންޓަށް ކޯޗު ޔާގެން ކްލޮޕް ބަސް ބުނެފި އެވެ.
އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުން ލިވަޕޫލަށް ފުރުސަތު ގެއްލުމުން ކަންބޮޑުވުން ފާޅުކޮށް، ލިވަޕޫލްގެ މުހައްމަދު ސަލާހް ކުރި ކޮމެންޓަށް ކޯޗު ޔާގެން ކްލޮޕް ބަސް ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ޗެލްސީ 1-3 އިން ބަލިކުރުމުން ލިވަޕޫލަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ނުލިބޭނެކަން ކަށަވަރުވި އެވެ. އެ މެޗު ނިމުނުތާ އިރުކޮޅެއް ފަހުން ސޯޝަލް މީޑިއާ އަށް ސަލާހް ދޫކޮށްލި މެސެޖުގައި ބުނީ ޗެމްޕިއަންސް ލީގުން ފުރުސަތު ގެއްލުމަކީ ކަންބޮޑުވުމެއް ކަމަށާއި އެކަމާ ލިވަޕޫލުން ދައްކާނެ ބަހާނާއެއް ނެތް ކަމަށެވެ.
ސަލާހްގެ ވާހަކައިގައި ލިވަޕޫލްގައި ގިނަ ކަންކަން ރަނގަޅުކުރަން ހުރިކަން ނުސީދާކޮށް ވަނީ ފާހަގަ ކޮށްފަ އެވެ. އަދި، ލިވަޕޫލްގެ ސަޕޯޓަރުންގެ ކިބައިން ސަލާހް މާފަށް އެދުނެވެ.
"ސަލާހް މާފަށް އެދުނީ ލިވަޕޫލުން ކުރި ކަމަކަށް. އެއީ އެހެން ބަޔަކު ކުރި ކަމަކަށް އިޝާރަތްކޮށް ސަލާހް ބުނި އެއްޗެއް ނޫން" ސަލާހް ކުރި ކޮމެންޓާ ގުޅޭގޮތުން ކްލޮޕް ބުނެފައި ވެ އެވެ.
ލިވަޕޫލް މި ސީޒަނުގައި ނިންމާނީ ފަސް ވަނައިގަ އެވެ. އެހެންވެ، އަންނަ ސީޒަނުގައި އެޓީމު ވާދަކުރަން ޖެހޭނީ ޔޫއެފާ ޔޫރޮޕާ ލީގުގަ އެވެ. ކްލޮޕްގެ ފުލް ސީޒަނެއްގައި ޔޫރަޕްގެ ދެ ވަނަ ފަންތީގެ މުބާރާތަށް ލިވަޕޫލް ވެއްޓުނު މިއީ ފުރަތަމަ ފަހަރެވެ.
"ސަލާހްގެ ކުރިމަގާ މެދު އެއްވެސް ކަންބޮޑުވުމެއް ނެތް. ޗެމްޕިއަންސް ލީގުން ފުރުސަތު ނުލިބިގެން އަހަރެން ގާތަށް އައިސް ކަންބޮޑުވުން ފާޅުކޮށް ކްލަބް ބަދަލުކުރަން ބޭނުންވާކަމަށް ބުނެފި ނަމަ އަހަރެން އެ ކުޅުންތެރިއަކު އެހެން ކްލަބަކަށް ގެންގޮސްދޭނަން" ސަލާހް ލިވަޕޫލްގައި މަޑުކުރާނެކަން ޔަގީންކުރަމުން ކްލޮޕް ބުނެފައި ވެ އެވެ.
ކްލޮޕް ބުނީ ޗެމްޕިއަންސް ލީގުން ލިވަޕޫލަށް ފުރުސަތު ގެއްލުނަސް އެ ޓީމު އޮތީ އެއް ރޫހެއްގައި ކަމަށެވެ. ކްލޮޕްގެ ކޯޗުކަމުގައި މިދިޔަ ހަ ވަރަކަށް އަހަރުތެރޭ ލިވަޕޫލުން ވަނީ ތިން ފަހަރު ޗެމްޕިއަންސް ލީގު ފައިނަލުގައި ކުޅެ އެއް ފަހަރު ޗެމްޕިއަންކަން ހޯދައިފަ އެވެ.
ސީޒަނުގެ ފަހު މެޗުގައި ލިވަޕޫލް މާދަމާ ރޭ ނުކުންނާނީ ޕްރިމިއާ ލީގުން ރެލިގޭޓްވެފައިވާ ސައުތެމްޓަނާ ދެކޮޅަށެވެ.
ކޯޗާ އަރާރުންވެ، ސަލާހަށް ލިވަޕޫލަށް އެހީއެއް ނުވެވުނު
އެފްރިކަން ކަޕްގެ ކުރިން ސަލާހަށް ކްލޮޕްގެ ތައުރީފް
ބްރެންޓްފޯޑަށް ލިބުނީ ހައްގު ޕޮއިންޓެއް: ކްލޮޕް
ސަލާހްގެ އަނިޔާ ފަސޭހަވުމުން ކްލޮޕް ހިތްހަމަ ޖެހިފައި
"11 ކުޅުންތެރިން ތިބިއްޔާ ލިވަޕޫލް ދާނީ ކުރިއަށް"
ލިވަޕޫލް ލީޑުގައި، ސަލާހު ވެސް ފަރުވާއަށް ގެންނަނީ
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް
ކްލޮޕް ދެ މެޗަށް ސަސްޕެންޑް ކޮށްފި
މަގާމު ބަދަލު ނުވިއަސް ލިވަޕޫލަށް އުފާވެރި މޮޅެއް
ގަކްޕޯއާއި ސަލާހު ލަނޑުޖަހައި ލިވަޕޫލަށް ބޮޑު އުފަލެއް