24 ސެޕްޓެމްބަރ 2021
ޒުވާން އެކްޓަރު ވިކީ ކޯޝަލްގެ ފިލްމު "މިސްޓަ ލޭލޭ" ގައި ރަންބީރް ކަޕޫރްގެ އައިޓަމް ލަވައެއް ހިމަނަން ނިންމައި އެ ލަވައިގެ ޝޫޓިން ވެސް ނިންމާފައިވާ ކަމަށް ބޮލީވުޑް ހަންގާމާ އިން ބުނެފި އެވެ.
ޒުވާން އެކްޓަރު ވިކީ ކޯޝަލްގެ ފިލްމު "މިސްޓަ ލޭލޭ" ގައި ރަންބީރް ކަޕޫރްގެ އައިޓަމް ލަވައެއް ހިމަނަން ނިންމައި އެ ލަވައިގެ ޝޫޓިން ވެސް ނިންމާފައިވާ ކަމަށް ބޮލީވުޑް ހަންގާމާ އިން ބުނެފި އެވެ.
މި ފިލްމަކީ ރަންބީރާ ގާތް ގުޅުމެއް އޮންނަ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އުފައްދައި، ޝިޝާންކް ކައިތާން ޑައިރެކްޓްކުރާ ފިލްމެކެވެ. ހަންގާމާ އިން ބުނި ގޮތުގައި ރަންބީރާ އެކު ލަވައިގެ ޝޫޓިން ފެށީ ބުދަ ދުވަހު އެވެ. ފޯރިގަދަ ނެށުންތަކެއް ފެންނަ ލަވައިގެ ކޮރިއޯ ހެދީ މަޝްހޫރު ކޮރިއޮގްރާފަރު ގަނޭޝް އަޗާރިއާ އެވެ. އަދި ލަވަ އަށް ރަންބީރް ސްޓައިލްކޮށް ދިނީ މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްއުތުރާ އެވެ.
ވިކީގެ ފިލްމެއްގެ ލަވައެއް ކުޅެން ރަންބީރް އެއްބަސްވި ދެ ތަރިން އެކީގައި 2018 ގެ "ސަންޖޫ" ގައި މަސައްކަތްކޮށްފައިވެ އެވެ. އެ ފިލްމުގައި ވިކީ ކުޅުނީ ސަޕޯޓިން ރޯލެކެވެ.
ކުރިން ވަރުން ދަވަނާ އެކު ހަދާ ގޮތަށް އިއުލާންކުރި "މިސްޓަ ލޭލޭ" ވިކީއާ އެކު ގެނެސްދޭ އިރު، މި ފިލްމުގެ ބަތަލާއިންނަކީ ކިއާރާ އަދުވާނީ އާއި ބޫމީ ޕިޑްނޭކަރެވެ. އެކަމަކު ފިލްމުގެ ކާސްޓް ބަދަލުކުރަން ޖެހުނު ފަހުން ފިލްމާ ގުޅޭ އެއްވެސް ވާހަކައެއް ދަރުމާ އިން ރަސްމީކޮށް ހާމައެއްނުކުރެ އެވެ.
މީގައި ރަންބީރްގެ އައިޓަމް ލަވައެއް ހިމަނަން ނިންމި އިރު، ކުރިން ވެސް އޭނާ އެފަދަ ލަވައެއް ކުޅުނެވެ. އެއީ ސަލްމާން ޚާން ޕްރޮޑިއުސްކޮށް 2011 ގައި ގެނެސްދިން ފެމިލީ ކޮމެޑީ "ޗިލާރު ޕާޓީ" ގަ އެވެ. އެ ފިލްމަށް ރަންބީރް ކުޅުނު އައިޓަމް ލަވަ އަކީ "ޓައި ޓައި ޕިސް" އެވެ.
ރިލީޒްކުރާނެ އިރެއް އަދި ނޭނގޭ "މިސްޓަ ލޭލޭ" އަކީ ދަރުމާގެ ފިލްމުތައް ކަމަށްވާ "ދަޅަކް" އާއި "ބަދުރީނާތު ކީ ދުލްހަނިޔާ" ގެ އިތުރުން "ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ" ގެނެސްދިން ޝިޝާންކްގެ ހަތަރު ވަނަ ފިލްމެވެ.
އާޔޫޝް ފުރަތަމަ ބެކް ޑާންސަރެއްގެ ގޮތުގައި
ނީޓޫގެ "ޖުގް ޖުގް ޖިޔޯ" އަންނަ އަހަރު
ރިޝީ މަރުވި ފަހުން ނީޓޫ ކުޅުނު ފިލްމު ހާއްސަވާނެ
އަޔާންގެ "ބުރައްމަސްތުރާ" ނިންމަން ހަންގޭރީ އަށް
އަނުޝްކާގެ ފިލްމީ ކެރިއަރުގައި ނަސީބު ގަދަ
"ޔެ ޖަވާނީ ހެ ދީވާނީ" ގެ ސީކްއެލްއެއް ހަދާނެ
"ބުރައްމަސްތުރާ" ގެ ފަހު މަންޒަރުތައް ނަގަނީ
ރިޝީގެ ވަކިވުމަށް ފަހު ނީޓޫގެ ފުރަތަމަ ފިލްމު ނިންމާލައިފި
ރަންބީރް، ރަންވީރު އަދި ވިކީ އަށް ޑްރަގްސްގެ ތުހުމަތު
ރިތިކާއި ކަރީނާ އަލުން އެކީގައި ފެނިދާނެ