Roadha Mihaaru
"ނަޒަރު" ގެ ތިން ވަނަ ސީޒަނަކީ "އަންކަހީ ދާސްތާން"

ސްޓާ ޕްލަސްގެ "ނަޒަރު" ގެ ތިން ވަނަ ސީޒަން "އަންކަހީ ދާސްތާން" ގެ ނަމުގައި

21 ސެޕްޓެމްބަރ 2021

ސްޓާ ޕްލަސް އިން ދެ ސީޒަނަކަށް ގެނެސްދިން މަގުބޫލު ސުޕަނެޗްރަލް ތުރިލާ ސިލްސިލާ "ނަޒަރު" ގެ ތިން ވަނަ ސީޒަނެއް ގެނެސްދޭން ނިންމައި، އޭގެ ޕްރޮމޯ ދައްކަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްޓާ ޕްލަސް އިން ދެ ސީޒަނަކަށް ގެނެސްދިން މަގުބޫލު ސުޕަނެޗްރަލް ތުރިލާ ސިލްސިލާ "ނަޒަރު" ގެ ތިން ވަނަ ސީޒަނެއް ގެނެސްދޭން ނިންމައި، އޭގެ ޕްރޮމޯ ދައްކަން ފަށައިފި އެވެ.

"އަންކަހީ ދާސްތާން" ގެ ނަމުގައި ތިން ވަނަ ސީޒަން ދައްކަން ފަށާނެ ކަމަށް ބެލެވެނީ އަންނަ މަހުގެ 5 އިން ފެށިގެންނެވެ. މީގެ އެޕިސޯޑްތައް ދައްކާނީ ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހު އެކަންޏެވެ.

"ނަޒަރު" ގެ ތިން ވަނަ ސީޒަންގެ އެންމެ މުހިއްމު ކެރެކްޓާ އަކީ ކުރީގެ ދެ ސީޒަނުގައި ވެސް އާދަޔާހިލާފު ބާރުތަކެއް ލިބިފައިވާ ޖިންނި މޮހެނާ ރާތޯޑްގެ ރޯލު ކުޅުނު މޮނަސީލާ އެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހު ކަލާޒް އިން ނިންމައިލި "ނަމަކް އިސް ކާ" އިންނެވެ.

"ނަޒަރު" ކުރީގެ ދެ ސީޒަންގައި ދެން އެންމެ މުހިއްމު ރޯލުތައް ކުޅުނީ ކަލާޒް އިން މި އަހަރުގެ ކުރީކޮޅު ގެނެސްދިން "ނާގިން 5" ގެ ސްޕިން-އޮފް "ކުޗް ތޯ ހޭ: ނާގިން އޭކް ނަޔޭ ރަންގް މޭ" ގައި ވެމްޕެޔާއެއްގެ ރޯލު ކުޅުނު ހާޝް ރާޖްޕޫތާއި ނިޔަތީ ފަތުނާނީ އެވެ.

އެކަމަކު އާ ސީޒަނުން އެ ދެ ތަރިން ފެންނާނެކަން އަދި ކަށަވަރެއް ނުވެ އެވެ.

"ނަޒަރު" ގެ ފުރަތަމަ ސީޒަން 409 އެޕިސޯޑާ އެކު ގެނެސްދިނީ ޖުލައި 30، 2018 އިން ފެބްރުއަރީ 18، 2020 އަށެވެ. ދެވަނަ ސީޒަން 23 އެޕިސޯޑާ އެކު ގެނެސްދިނީ ފެބްރުއަރީ 19، 2020 އިން މާޗް 20، 2020 އަށެވެ.