28 ޖޫން 2021
މިހާރު ވެސް "ބަގިޔާ" ނަން ހިމަނައިގެން ދެ ސިލްސިލާއެއް ގެނެސްދޭ ޒީޓީވީން އަނެއްކާ ވެސް އެ ނަމާ ގުޅުވައިގެން އިތުރު ސލްސިލާއެއް ގެނެސްދޭން ތައްތާރުވާން ފަށައިފި އެވެ.
މިހާރު ވެސް "ބަގިޔާ" ނަން ހިމަނައިގެން ދެ ސިލްސިލާއެއް ގެނެސްދޭ ޒީޓީވީން އަނެއްކާ ވެސް އެ ނަމާ ގުޅުވައިގެން އިތުރު ސލްސިލާއެއް ގެނެސްދޭން ތައްތާރުވާން ފަށައިފި އެވެ.
މިހާރު ޕްރޮމޯތައް ވެސް ދައްކަމުން އަންނަ ސިލްސިލާގެ ނަމަކީ "ބަގިއާ ލަކްޝްމީ" އެވެ. މީގެ ޓައިޓްލް ރޯލު ކުޅެނީ ކުރިން ވެސް ޓީވީ ސިލްސިލާތަކެއް ކުޅެފައިވާ އައިޝްވާރިއާ ޚާރޭ އެވެ. އޭނާ ކުރިން ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ސާމް ދާން ދަންޑު ބޭޅު" އާއި "ވިޝްކަނިއާ...އޭކް އަނޯކް ޕްރޭމް ކަހާނީ" އަދި ސްޓާ ޕްލަސް އިން ދައްކަމުން އަންނަ ސިލްސިލާ "ޔޭ ޖޭ ޗާހަތޭ" ހިމެނެ އެވެ.
"ބަގިއާ ލަކްޝްމީ" ގެ ފުރަތަމަ ދެ ޕްރޮމޯ އިން އައިޝްވާރިއާ ފެނިގެން ދަނީ "ކުންދަލީ ބަގިއާ" ގެ ބަތަލާ ޝްރަދާ އާރިއާ އާއި "ކުމްކުމް ބަގިއާ" ގެ ބަތަލާ ސްރިތީ ޖާއާ އެކީގަ އެވެ.
ދައްކަން ފަށާނެ ތާރީހެއް އަދި އިއުލާން ނުކުރާ "ބަގިއާ ލަކްޝްމީ" ގެ ބަތަލަކީ ރޯހިތު ސުޗާންތީ އެވެ. "ބިގް ބޮސް 12" ގައި ވެސް ވާދަކުރި އެކްޓަރު އާ ސިލްސިލާ އިން ފެންނާނީ ރިޝީ އޮބެރޯއީ ކިޔާ ކެރެކްޓާއަކުންނެވެ.
ރޯހިތު ކުރިން ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި ކުރީގެ "ސާތު ނިބާނާ ސާތިޔާ" އާއި "ދިލް ޔޭ ޒިއްދީ ހޭ" އަދި މި އަހަރުގެ ކުރީކޮޅު ސްޓާ ޕްލަސް އިން ނިންމައިލި "ޝާދީ މުބާރަކް" ހިމެނެ އެވެ.
"ބަގިއާ ލަކްޝްމީ" އާ ބެހޭ ގޮތުން ރޯހިތު ބުނީ މި ސިލްސިލާ އަކީ ވަރަށް އާ ކަންތައްތަކެއް ބެލުންތެރިންނަށް ފެނިގެންދާ ވަރަށް ތާޒާ ޕްލޮޓެއް އޮތް އެއްޗެއް ކަމަށެވެ. އެހެންވެ ބެލުންތެރިންނަށް އެ ވަރަށް ކަމުދާނެ ކަމަށް ބުންޏެވެ.
"ބަގިއާ ލަކްޝްމީ" އަކީ "ކުމްކުމް ބަގިއާ" އާއި "ކުންދަލީ ބަގިއާ" ގެ ވެސް ޕްރޮޑިއުސަރު އެކްތާ ކަޕޫރްގެ ބާލާޖީން ގެނެސްދޭ ސިލްސިލާއެކެވެ.
"ނަޒަރު" ގެ ތިން ވަނަ ސީޒަނަކީ "އަންކަހީ ދާސްތާން"
"ގަސަމް: ތޭރޭ ޕިޔާރު ކީ" ވެސް ދެވަނަ ސީޒަނަކަށް
ސިލްސިލާ "ބަޅޭ އައްޗޭ ލަގްތޭ ހޭ" ގެ އާ ސީޒަނެއް
ޕަރިދީ އަނެއްކާ ވެސް މައެއްގެ ރޯލަށް
"ޒިންދަގީ މެރެ ގަރް އާނާ" ފަށާނީ މިރޭ
ސްޓާ ޕްލަސް އަށް "ޒިންދަގީ މޭރޭ ގަރް އާނާ"
އެކްތާގެ ސިލްސިލާ "ނާގިން 6" އަށް ތައްޔާރު
"ނާގިން 5"ގެ ސްޕިން-އޮފެއް ފަށަނީ
އެކްތާގެ "ނާގިން 6" ގެ ޓީޒާއެއް ދައްކާލައިފި
ޝިވާންގީއާ އެކު "ބަލިކާ ވަދޫ 2" ގެ ޕްރޮމޯއެއް