30 ޖުލައި 2021
ސޮނީ ޓީވީން މިދިޔަ އަހަރު ނިންމައިލި ސިލްސިލާ "ޕަޓިއާލާ ބޭބްސް" ގައި ބަބީތާގެ ރޯލު ކުޅެގެން އާންމުންގެ ލޯބި ހޯދި ބަތަލާ ޕަރިދީ ޝަރުމާ އަނެއްކާ ވެސް މަކަޔާއި އަންހެން ދަރިއެއްގެ ވާހަކަ ކިޔައިދޭ ސިލްސިލާއަކުން ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވެއްޖެ އެވެ.
ސޮނީ ޓީވީން މިދިޔަ އަހަރު ނިންމައިލި ސިލްސިލާ "ޕަޓިއާލާ ބޭބްސް" ގައި ބަބީތާގެ ރޯލު ކުޅެގެން އާންމުންގެ ލޯބި ހޯދި ބަތަލާ ޕަރިދީ ޝަރުމާ އަނެއްކާ ވެސް މަކަޔާއި އަންހެން ދަރިއެއްގެ ވާހަކަ ކިޔައިދޭ ސިލްސިލާއަކުން ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވެއްޖެ އެވެ.
ކުރިން ޒީޓީވީގެ ތާރީހީ ސިލްސިލާ "ޖޯދާ އަކްބަރު" ވެސް ކުޅުނު 34 އަހަރުގެ ބަތަލާ މި ފަހަރު ފެންނާނީ ސްޓާ ޕްލަސް އިން އަލަށް ފަށަން އުޅޭ "ޗިކޫ ކީ މަންމީ ދޫރު ކޭ" އެވެ. މީގެ ޕްރޮމޯ ވެސް މިހާރު ދައްކަމުން އަންނަ އިރު، މިއީ ނެށުމުގެ ހުނަރު ލިބިފައިވާ ކުއްޖަކާއި މަޔަކާ އޮންނަ ގުޅުން ދައްކުވައިދޭނެ އެއްޗެކެވެ.
ސިލްސިލާ ދައްކަން ފަށާނެ އިރެއް އަދި އިއުލާން ނުކުރެ އެވެ. ސްޓާ ޕްލަސް އިން އެންމެ ފަހުން އަލަށް ފެށި ސިލްސިލާ އަކީ މި މަހުގެ 26 ގައި ފެށި "ޒިންދަގީ މެރެ ގަރް އާނާ" އެވެ.
ޕަރިދީ ކުޅުނު "ޕަޓިއާލާ ބޭބްސް" އަކީ ބޭވަފާތެރި ފިރިއެއްގެ ސަބަބުން އިޝްގީ ލޯބިން މަހުރޫމުވި އަންބަކާއި ފުރާވަރުގެ އަންހެން ދަރިފުޅުގެ ވާހަކަ ކިޔައިދިން ސިލްސިލާއެކެވެ. އޭގައި ޕަރިދީ ކުޅުނު ބަބީތާގެ ރޯލަކީ ބެލުންތެރިންގެ ތައުރީފާއި ލޯބި އޭނާ އަށް ވަރަށް ބޮޑު ލިބުނު ކެރެކްޓާއެކެވެ.
"ނަޒަރު" ގެ ތިން ވަނަ ސީޒަނަކީ "އަންކަހީ ދާސްތާން"
"ޒިންދަގީ މެރެ ގަރް އާނާ" ފަށާނީ މިރޭ
ސްޓާ ޕްލަސް އަށް "ޒިންދަގީ މޭރޭ ގަރް އާނާ"
ޒީޓީވީ އަށް "ބަގިއާ" ހިމަނައިގެން އިތުރު ސިލްސިލާއެއް
ޝިވާންގީއާ އެކު "ބަލިކާ ވަދޫ 2" ގެ ޕްރޮމޯއެއް
އެރިކާ ސޮނީގެ "ކުޗް ރަންގް" އިން ވަކިވެއްޖެ
"ޔޭ ރިޝްތާ" ގެ އާ ފެށުން 27 ގައި
"ޔޭ ރިޝްތާ..."ގެ ބަދަލުތަކާ އެކު އާ ޕްރޮމޯއެއް
ވިވިއަންގެ އާ ސިލްސިލާ އަކީ "ސިރުފް ތުމް"
ކާތިކާއި ނައިރާގެ ފަހު ޝޫޓިން އަންނަ މަހު